Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންގހަ

ރަނިލް ވިކްރަމަސިންގހަ: 6 ފަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އެއްވެސް ދައުރެއް ފުރިހަމައެއް ނުކުރެއްވޭ، މިފަހަރު ރައީސްކަމަށް

އެންމެ ފަހުން ލަންކާގެ ބޮޑުވަޒީރުކަމާ ވިކްރަމަސިންގހަ ހަވާލުވެވަޑައިގެންފައިވަނީ މެއި މަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ޖުލައި 2022 | ބުދަ 12:18
ލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންގހަ

ލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންގހަ

ލަންކާގެ އައު ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގެންނެވި ރަނިލް ވިކްރަމަސިންގހައަކީ 6 ފަހަރު އެގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކުފާނު އެންމެފަހުން ލަންކާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާފައި ވަނީ މިހިނގާ މެއި މަހުއެވެ. އެއީ އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާދިނުމާ ގުޅިގެންނެވެ. ހަވަނަ ފަހަރަށް ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވަޑައިގެން ގާތްގަޑަކަށް ދެ މަސް ދުވަސް ފަހުން އެމަނިކުފާނަށް މިވަނީ ގައުމުގެ ރައީސްކަމުގެ މަގާމު ލިބިވަޑައިގަންނަވާފައެވެ.

އެކި ފަހަރުމަތިން ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާފައި ވީނަމަވެސް އެއްވެސް ފަހަރަކު އެމަނިކުފާނަށް ދައުރު ހަމަކުރެއްވިފައެއްނުވެއެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ލަންކާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފައިވަނީ 1993 ވަނަ އަހަރު ރައީސް ރަނަސިންހަ ޕްރެމަދާސާގެ ވެރިކަމުގައެވެ. އެގޮތުން 1993 ވަނަ އަހަރުން 1994 ވަނަ އަހަރަށް ބޮޑުވަޒީރު ކަމުގެ މަގާމު އަދާކުރެއްވުމަށްފަހު، ދެވަނަ ފަހަރަށް އެމަގާމު އަދާކުރައްވާފައި ވަނީ 2001 ވަނަ އަހަރުން 2004 ވަނަ އަހަރަށެވެ. އެއީ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކެގެ ވެރިކަމުގައެވެ.

ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމު ތިންވަނަ ފަހަރަށް ވިކްރަމަސިންހަ ހަވާލުވެވަޑައިގެންފައި ވަނީ ރައީސް މައިތިރިޕަލަ ސިރިސެނާގެ ވެރިކަމުގައި، 2015 ވަނަ އަހަރުއެވެ.

އޭގެ ފަހުން 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ސިރިސޭނާ އެމަނިކުފާނު ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރެއްވުމަށްފަހު، ހަމަ އެއަހަރުގެ ޑިސެމްބަރު މަހު ވަނީ އަލުން އެމަގާމަށް އައްޔަނުކުރައްވާފައެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޔޫއެންޕީގެ ކެނޑިޑޭޓަށް ކާމިޔާބުނުކުރެެއްވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ޖުލައި 20 ވަނަ ދުވަހު ލަންކާގެ މަޖިލީހުގައި ކުރިއަށްދިޔަ ވޯޓުލުމަށްފަހު، މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން 134 މެމްބަރުންގެ ވޯޓާއެކު ރައީސްކަމުގެ މަގާމު ލިބިވަޑައިގެންނެވިއިރު، މީގެ ކުރިން ދެފަހަރު މަތިން ރައީސްކަމަށް ކުރިމަތިލެއްވިނަމަވެސް އެމަނިކުފާނަށް ވަނީ އެކަމުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައެވެ.

ލަންކާގެ އައު ރައީސްކަމުގެ މަގާމަށް އައްޔަނުކުރެވުނުއިރު ވިކްރަމަސިންގހަ ހުންނެވީ ގައުމުގެ ވަގުތީ ރައީސްކަމުގެ ހުވާވެސް ކުރައްވައިގެންނެވެ. ޖުލައި 14 ވަނަ ދުވަހު ރައީސް ގޮތަބަޔާ ރާޖަޕަކްސް މަގާމުން އިސްތިއުފާދެއްވުމާއެކު ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް ވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ވިކްރަމަސިންގހައަށް ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން މޭމަހު އެމަނިކުފާނަށް ވަނީ ގައުމުގެ ފިނޭންސް މިނިސްޓަރުކަމުގެ މަގާމުވެސް ލިބިވަޑައިގެންފައެވެ. އެހެންކަމުން ވިކްރަމަސިންގހަ ވެގެންގޮސްފައިވަނީ ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭނުންވާ އެހީތައް ހޯދުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅާއަށެވެ. އެމަނިކުފާނުގެ މަސައްކަތްތަކާއި އެމަނިކުފާނަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އާންމުގެ ގިނަ ބައެއްގެ ތާއީދު އޮތްނަމަވެސް، އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލައި ގިނަ އަދަދެއްގެ ބަޔަކުވެސް މިވަގުތު ލަންކާގައި އެބަތިއްބެވެ.

އެގޮތުން ޖުލައި 19 ވަނަ ދުވަހު އެމަނިކުފާނު ލަންކާގެ ރައީސްކަމަށް ކުރިމަތިލައްވާކަން އިއުލާންކުރުމާއެކު އެކަމާ ދެކޮޅަށް މަގުތަކަށް ނުކުމެ އަޑުއުފުލި މީހުންގެ އަދަދު މަދެއް ނޫނެވެ. އަދި އޭގެ ކުރިން ކުރިއަށްދިޔަ ހޫނު މުޒާހަރާތަކުގައި އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅަށް ވަދެ ގެކޮޅުގައި ހުޅުޖަހައި ރޯކޮށްލާފައިވެއެވެ. މީގެ އިތުރުން މުޒާހާރާގެ ބައިވެރިން ވަނީ ބޮޑުވަޒީރުގެ އޮފީހަށް ވެސް ވަދެގެންފައެވެ.

މުޒާހަރާތައް ހޫނުވުމުން، ގައުމުގައި ސުލްހަ ގާއިމުކުރެއްވުމަށް، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދެއްވުމަށް މަގާމުން އިސްތިއުފާދެއްވާނެ ކަމަށްވެސް ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެމުންދާ މަޝްވަރާތަކުގެ މެދުތެރެއިން، އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވުމަށް ގިނަ ސިޔާސީ ލީޑަރުން ވަނީ ދެކޮޅުހައްދަވާފައެވެ.

މިފަހުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދެއްވި ޚިތާބުގައި ވިކްރަމަސިންގހަ ވަނީ، އެމަނިކުފާނު މިހާރު ހަވާލުވެވަޑައިގަންނަވާފައި މިވަނީ ވަރަށް އުނދަގޫ މަސައްކަތަކާކަމަށާއި، ގޮންޖެހުންތަކާ ކުރިމަތިލައްވައި ގައުމު ސަލާމަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. ދި މިމަސައްކަތުގައި އެމަނިކުފާނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އަމިއްލަފުޅަށް ހުށަހަޅުއްވާފައި ނުވާނެކަމަށާއި، މި މަގާމާ ހަވާލުވެވަޑައިގެންފައި މިވަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދައުވަތަކަށްކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ. އަދި މިދަނޑިވަޅުގައި މިމަގާމާ ހަވާލުވެވަޑައިގަންނަވާފައި މިވަނީ ހަމައެކަނި ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެކަނި ނޫންކަމަށާއި، ލަންކާއިން ފޯރުކޮށްދޭ ހިލޭ ތައުލީމުގެ ސަބަބުން ޔުނިވަރސިޓީ އޮފް ކޮލޮމްބޯގެ ފެކަލްޓީ އޮފް ލޯއިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ގައުމީ ލީޑަރެއްގެ ހައިސިއްޔަތުން ކަމަށްވެސް ވިކްރަމަސިންގހަ ވިދާޅުވިއެވެ.

ގައުމުގެ ރައީސްކަމުގެ މަގާމު ލިބިވަޑައިގަތުމުން ވިކްރަމަސިންގހަ ވަނީ، ގައުމުގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދޭން އެބަ ޖެހޭކަމަށް ވިދާޅުވެ، ގައުމުގައި އުފެދިފައިވާ ބައިބައިވުންތައް ނައްތާލަން ޖެހޭކަމަށް ވިދާޅުވެފައެވެ. މިގޮތަށް ބައިބައިވެގެން ދެން ތިބެވޭނީ 48 ގަޑިއިރަށް ކަމަށާއި، އޭގެ ފަހުން އެންމެ އެއްގަލަކަށް އަރައި މަޝްވަރާތައްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ ވިކްރަމަސިންގހަ ވަނީ، އެމަނިކުފާނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ހުށަހަޅުއްވާފައެވެ.

އިތުރަށް ކިޔާލަން

29 މެއި 2018

ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟

29 މެއި 2018
ޓްރަމްޕާއި ކިމްގެ ބައްދަލުވުން: މިފަހަރު ކަންކަން ވާނީ ކިހިނެއްބާ؟
06 މެއި 2018

މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން

06 މެއި 2018
މިފަހަރު ހަވާފަޓާސް ބަރިއެއްހެން ބޮޑު ދެފަނޑިޔާރާއި މައުމޫން
24 އެޕްރީލު 2018

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!
15 މާރިޗު 2018

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

15 މާރިޗު 2018
މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
26 ނޮވެމްބަރު 2017

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
12 ނޮވެމްބަރު 2017

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

12 ނޮވެމްބަރު 2017
ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު
20 ސެޕްޓެމްބަރު 2017

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!
02 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު