Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަަގޭ ރިޕޯޓް

މާލީ ބަޔާން ހާމަ ކުރުން: ރަނގަޅު ފެށުމަކަސް، ހިތްހަމައެއް ނުޖެހުނު

އާއިލާ ބޭފުޅުންގެ މައުލޫމާތު ވެސް ހާމަ ކުރަން ޖެހޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2019 | ހޮނިހިރު 13:41
މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް އާންމުކޮން ފެންނާނެ ހެން ހާމަ ކުރުމަކީ މީގެ ކުރިން ކޮށްއުޅުނު ކަމެއް ނޫނެވެ. ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ގިނަ އަޑުތަކެއް އުފުލުމަށް ފަހު ވެރިކަމަށް ވަޑައިގެން ބޭފުޅުން ސަރުކާރާ ހަވާލުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ވަނީ މާލީ ބަޔާންތައް ހާމަކުރައްވާފައެވެ. ރައީސުލް ޖުމްޙޫރިއްޔާއިން ފެށިގެން ރައީސުލް ޖުމްޙޫރިއްޔާގެ ނައިބާއި ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިންގެ މާލީ ބަޔާން ވެސް ހާމަ ކުރެއްވި އެވެ. ނަމަވެސް އެކަން ހާމަ ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭ މީހާ ވެސް ހިތްހަމަ އެއް ނުޖެހެ އެވެ. އަދިވެސް ދައްކަނީ މާލީ ބަޔާން ފުރިހަމަ ނޫން ވާހަކަ އެވެ.

ކުރީގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ބައެއް ވަޒީރުންގެ މާލީ ބަޔާންތައް ފެނި ބައެއްް މީހުންގެ ފާޑުކިޔުން އަމާޒުވި އެވެ. މިސާލަކަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރީ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި މިހާރުގެ ޓްރާންސްޕީޓް މިނިސްޓަރ އައިޝަތު ނަހްލާ މާލީ ބަޔާނުގައި އެކަމާނާގެ މިލިއްކިއްޔާތުގައި މުދާތަކެއް ނެތުމުން އެކަމާ ބައެއްް މީހުން ފާޑު ކިޔެވެ. ނަމަވެސް އެެއީ ބިނާކުރުވަނިވި ފާޑު ކިޔުމަކަށް ނުވެދާނެ އެވެ. ސަބަބަކީ ގާސިމް އަނބިކަނބަލުންނަށް ވީތީ މިލްކިއްޔާތުގައި ގިނަ މުދާތަކެއް ކޮންމެހެން ހުންނާކަށް ނުޖެހޭނެ އެވެ. އަމިއްލަ މިލިކިއްޔާތުގައި އެތައް ބައިވަރު މުދަލެއް ނެތަސް އައިޝާގެ ފިރިކަލުންނަކީ އެހާ ތަނަވަސް ބޭފުޅެކެވެ.

މާލީ ބަޔާންތައް ރަނގަޅު ކުރުމަށް އެހެން ނަމަވެސް ކުރެވިދާނެ ބައިވަރުކަންކަން އެބަ ހުއްޓެވެ. މާލީ ބަޔާންތަކުން ނިކުންނަ ޖެހޭ ނަތީޖާއަކީ އާއިލާގެ މަސްލަހަތު ހިމެނޭ ވިޔަފާރީތައް ބޭނުން ކޮށްގެން ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުދިނުން ކަމަށް ވަންޏާއި އެއް ބޭފުޅެއްގެ އެކަނި މާލީ ބަޔާން ހާމަ ކުރުމަކުން ނުފުދެ އެވެ. ވަޒީރަކު ނަމަ ނުވަތަ ރައީސަކު ނަމަ ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅެއްގެ މާލިއްޔަތުގައި ހުރި މުދަލުގެ ހުލާސާއެއް ނަމަވެސް އެ ބަޔާނުގައި ހިމެނުން ރަނގަޅު ކަމެއް ކަމަށް ވެދާނެ އެވެ. ހަމަ އެކަނި އެންމެ ބޭފުޅެއްގެ ބަޔާން އެގޮތައް ހާމަ ކުރުމުން އަނބިކަނބަލުން ނުވަތަ ފިރިކަލުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މުދަލަކަށް ނުވަތަ ކުންފުންޏަކަށް ނާޖައިޒް ފައިދާއެއް ލިބުނަސް ނޭނގިދާނެ އެވެ. އެހެން ކަމުން އަނބިދަރިންގެ މާލީ ބަޔާންތައް ވެސް އޭގައި ހިމަނަލައިގެން ފުރިހަމަ ކޮށްލުން މުހިންމެވެ.

ސަރުކާރުގެ އިސްވެރިންގެ ބަޔާންތައް މި ފަހަރު ހާމަ ކޮށްފައިވަނީ ގާނޫނަކުން އެކަން ލާޒިމްކޮށްގެން ކަމަށްނުވާތީ އެކަމަށްޓަކައި ސަރުކާރުގެ އިސްވެރިންނަށް ތައުރީފު އޮހެ އެވެ. މި ކަމަކީ ރާއްޖޭގެ ކޮރަޕްޝަނާއިދެކޮޅަށް ކުރެވޭ މަސައްކަތުގައި ހަގީގީ އިހްލާސްތެރި މަސައްކަތްތަކެއްގެ ފެށުން ކަމަށް ވެދާނެ އެވެ. ނަމަވެސް މިކަން ގާނޫނަކުން ލާޒިމް ކުރުމަށް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުން އެއީ ކުރަން ޖެހޭ ކަމެކެވެ.

ހަމަ މިއާއެކު ތިން ވަނަ ފަރާތަކުން އެ މާލީ ބަޔާންތައް ހާމަ ކުރުމުން ވެސް މުހިންމެވެ. އޭރުން އެކަމުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ނެތިގެން ދާނެ އެވެ. ވަޒީރުންނާއި ރައީސް އޮފީހުގެ މިނިސްޓަރުންގެ ބަޔާންތައް ރައީސް އޮފީހުން ހާމަ ކުރުމުން އެ ބަޔާންތަކާމެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބިގެންދެ އެވެ. އެއީ ސައްހަ ބަޔާންތަކެއް ނަމަވެސްމެ އެވެ. އެހެން ކަމުން ސަރުކާރުން ކޮށްލާ ކުޑަ ކަމަކުން އާންމުންގެ އިތުބާރު ހޯދިދާނެ އެވެ. އޮޑިޓް ކުރާ މުވައްސަސާއެއް މެދުވެރިކޮށް އެ ،މާލީ ބަޔާންތަކުގެ މައުލޫމާތު ކަށަވަރު ކުރުމާއެކު ހިއްސާ ކޮށް ހާމަ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ އެވެ.

މިހާރު ހާމަކޮށްފައިވާ މާލީ ބަޔާނުގައި ހިމެނޭ މައުލޫމާތުތައް އެކަނި ހިމަނައިގެން އަންނަ އަހަރު މި ބަޔާންތައް ހާމަ ކުރިނަމަވެސް ޔަގީން ކުރެވޭނެ މައުލޫމާތުތަކެއް އެބަ ހުއްޓެވެ. ވަޒީރުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު އިތުރު ފްލެޓެއް ބައްލަވައިގެންފައި އޮތަސް އަދި ވިޔަފާރީއެއް ފަށާފައި އޮތަސް އޮންނާނީ އެނގޭށެވެ. އެހެން ކަމުން ޝަކުވާތަކެއް ހުއްޓަސް މި ބަޔާންތައްވެސް މުޅިއަކުން ގޯހެއް ނޫނެވެ.

ދެން އޮތީ މި ބަޔާންތައް އާންމުކުރުމުން ދައުލަތުގެ އެހެނިހެން މަގާމުތަކުގައި ތިބި މީހުނަށް ރައްދުވާ މަލާމާތެވެ. ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުންގެ މާލީ ބަޔާންތައް ހާމަ ނުކުރާ ވާހަކަ އެވެ. މިނިވަން މުވައްސަސާތަކާ އެހެނިހެން އިސްވެރިން ވެސް ލަދު ކަނޑާލާފައި މާލީ ބަޔާންތައް ހާމަ ނުކުރަނީ ކީއްވެތޯ ކުރާ ސުވާލެވެ. މާލީ ބަޔާންތަކާއެކު އިވުނީ ތައުރީފަށް ވުރެ ބޮޑަށް އެކަން ތަފްސީލްވާނެ ގޮތާ ގުޅޭ ގޮތުން މީހުންގެ ހިޔާލެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު