Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދަނޑުވެރިން ރޯދައަށް ތައްޔާރުވުން

އަގު އެއްހަމައެއްގައި ހިފެހެއްޓި، ހުސްނުވެ ކަރާ އަދި މިރުސް ލިބޭނެ

ދަނޑުވެރިން ތިބީ ތައްޔާރަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 މާރިޗު 2022 | ބުރާސްފަތި 18:47
ދަނޑުވެރިން ވަނީ ގިނަ ބާވަތްތައްކެއް ރޯދައަށް ޚާއްސަކޮށް ހައްދާފައި

ދަނޑުވެރިން ވަނީ ގިނަ ބާވަތްތައްކެއް ރޯދައަށް ޚާއްސަކޮށް ހައްދާފައި

ރަމަޟާން މަހަކީ ވަރަށް ޚާއްސަ މަހެކެވެ. އެމަސް ޚާއްސަވާ ގިނަ ސަބަބުތަކެއް ހުރިއިރު، އެތައް ދުވަހެއް ކުރިން އެކިގޮތް ގޮތުން ރޯދައަށް ތާއްޔާރުވާ މީހުން މި މުޖުތަމައުގައި މަދެއް ނޫނެވެ. މިގޮތުން އެތައް ދުވަހެއް ކުރިން ރޯދައަށް ތައްޔާރުވާ އެއްބަޔަކީ ދަނޑުވެރިންނެވެ. ރޯދައަށް ޚާއްސަކޮށް ބައެއް ބާވަތްތައް ގިނައިން ހައްދައެވެ. މިގޮތުން މިއަހަރުގެ ރޯދަ މަހަށް ޚާއްސަކޮށް ވެސް ދަނޑުވެރިން ވަނީ އެކިއެކި ބާވަތްތައް ހައްދާފައެވެ.

ވާދަވެރިކޮށް ދަނޑު ހައްދަމުންދާ އއ.ތޮއްޑޫ، ކ.ކާށިދޫ، ށ. ފީވަށް، ރ.ފައިނު، ލ. އިސްދޫ އަދި ތ.ކަނޑޫދޫ ދަނޑުވެރިން ބުނާގޮތުގައި މިއަހަރުގެ ރޯދައަށް ވެސް ގިނަ އަދަދެއްގެ ބާވަތްތައް މާރުކޭޓަށް ފޯރުކޮށްދޭނެއެވެ. ރޯދައަށް ޚާއްސަކޮށް ދަނޑުތައް ހައްދާފައިވެއެވެ. އޭގެ ތެރޭގައި ކަރާ، ކިއުކަންބާ، މެލަން، އަދި ކެއުމަށް ބޭނުންކުރާ އެކިބާވަތްތަކުގެ ފަތް ހިމެއެވެ. މިގޮތުން ކޮޕީފަތް، ލެޓުސް، ކެބެޖް، ޗައިނީޒް ކެބެޖް ކުއްޅަފިލާފަތް ފަދަ ފަތުގެ ބާވަތްތައް ހިމެނޭ ކަމަށް ދަނޑުވެރިން ބުނެއެވެ. އަދި މިރުސް ދަނޑުތަކާއި، ކަރާ ދަނޑުތަކުގައި މިބާވަތްތައް ހެދެމުން އަންނައިރު، ރޯދައަށް ދޮންވެ ފައްކާވާނެ ކަމަށް ދަނޑުވެރިން ބުނެއެވެ.

ދަނޑުވެރިން ހައްދާ ބާވަތްތަކަށް ބަލާއިރު، ކޮންމެ ރޯދަމަހެއްގައި ވެސް އެންމެ ޑިމާންޑް ބޮޑުވަނީ ކަރަލާއި، މިރުހަށެވެ. އެގޮތުން ކަރާ ހެއްދުމަށް މަޝްހޫރު ރަށެއް ކަމަށްވާ ތޮއްޑޫ ދަނޑުވެރިއެއް ބުނީ މުޅި ރޯދަ މަހަށްވާ ވަރަށް ކަރާ ލިބޭނެ ކަމަށެވެ. އަދި ރޯދަ މަހުގެ މެދުތެރެއިން ކަރާ ހުސްވާ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން މިފަހަރު އެރަށުގައި ކަރާ ހައްދާފައިވަނީ އެކިއެކި ތަރީހުތަކަށް ބަހާލައިގެން ކަމަށާއި، ބައެއް ދަނޑުތަކުގެ ކަރާތައް ދޮންވާނީ ރޯދަމަހުގެ ފަހު 15 ގެ ފަހުން ކަަމަށެވެ. އެހެންކަމުން ކަރަލުގެ އަގު މާ ބޮޑަށް މަތިނުވެ އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމަށް އެދަނޑުވެރިޔާ ބުނެފައިވެއެވެ.

ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް އާމިނަތު ފަޒްލާ ވިދާޅުވީ މިއަހަރުގެ ރޯދަ މަހަށް ތޮއްޑޫއިން 100އަށް ވުރެ ގިނަ ދަނޑު ދޫކޮށްފައިވާ ކަމަށެވެ. ދަނޑުވެރިންނާއި މަޝްވަރާކުރުމަށްފަހު ދަނޑުވެރިން އެދޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާދީފައިވާއިރު، ކަރާ ދަނޑުތައް ހެއްދުމަށް ފެބްރުއަރީ މަހުގެ ތެރޭގައި އެކި ތާރީހުތައް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޯދަ މަހު ހުސްނުވެ ކަރާ ލިބޭނެކަމުގެ ޔަގީންކަން ފަޒްލާ ވެސް ދެއްވިއެވެ.

ލޯކަލް މާރުކޭޓުގައި މިހާރު ކަރާ ކިލޯއެއްގެ އަގުހުރީ 25 ރުފިޔާއާ 30 ރުފިޔާ ދެމެދުގެ އަގެއްގައެވެ. އަންނަ ހަފްތާ ތެރޭގައި އަތޮޅުތެރޭގައި ހައްދާ ފައިވާ ކަރާ ލިބޭނެ ކަމަށް ބެލޭވޭއިރު، 30 ރުފިޔާއަށް ވުރެ މައްޗަށް ނުޖެހޭނެ ކަމަށް ދަނޑުވެރިން ބުނެއެވެ.

މީގެ އިތުރުން ކަނޑޫދޫ ދަނޑުވެރިއަކު ބުނީ މިރުސް އަގުބޮޑު ނުވާނެ ކަމަށާއި، މީގެ ކުރީ އަހަރުތަކުގައި ވެސް މިރުހުގެ އަގު ބޮޑުކޮށްފައިވަނީ މާރުކޭޓުގައި މަސައްކަތް ކުރާ ވިޔަފާރިވެރިން މިރުސް ލިބުން ދަތިވުމާއެކު އަގުބޮޑު ކުރުމުން ކަމަށެވެ. އަދި ވިޔަފާރިވެރިން ދަނޑުވެރިންގެ އަތުން މިރުސް ގަނެފައިވަނީ ވެސް ހެޔޮ އަގުގައިކަން އޭނާ ފާހަގަކުރިއެވެ. އަދި ބުނީ މިއަހަރުގެ ރޯދަ މަހު ހުސްނުވެ މިރުސް ލިބޭނެ ކަމަށާއި، ރަށުގެ ގިނަ ބަޔަކު މިރުސް ހައްދާފައިވާ ކަމަށެވެ.

ކާށިދޫ، ފީވަށް، ފައިނު އަދި އިސްދޫގެ ބައެއް ދަނޑުވެރިން ދަނީ ސަޕްލައިކުރާ މީހުންނާއި ވާހަކަދައްކައި، ބައެއް ރިސޯޓުތަކަށް ދަނޑުވެރި އުފެއްދުންތައް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ރޯދައަށް ދަނޑުވެރިން ތައްޔާރުވަމުންދާއިރު، އެމީހުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެއީ ރަށުން މާލެއަށް ފޮނުވާ ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ ރަނގަޅު ނިޒާމެއް އަދިވެސް ގާއިމްވެފައި ނެތް ކަމުގެ ޝަކުވާއެވެ. ލޯކަލް މާރުކޭޓް ސަރަހައްދު ގައި ބާރުބޮޑުވެ، ތަކެތި ބަހައްޓައިގެން ވިއްކުމަށް ބޭނުންވާ ފަހި ފުރުސަތު ނުލިބޭ ކަމަށް ދަނޑުވެރިން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ރޯދަ މަހު ވެސް އެ މައްސަލަ ދިމާވެ ބައެއް ބާވަތްތައް ނުއަގުގައި ވިއްކާ ހުސްކޮށްލަން ޖެހޭ ފަހަރު އަންނަ ކަމަށް ދަނޑުވެރިން ބުނެއެވެ. މީގެ އިތުރުން ދިވެހި އުފެއްދުންތައް ގެނެސް މާރުކޭޓްގައި ވިއްކުމުގެ މަސައްކަތް ކުރާއިރު، ބޭރުން ގެންނަ ކަރާ އަދި އެހެނިހެން ބާވަތްތައް ދިވެހި ބާވަތްތަކަށް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ބިނދޭސީން ވިޔަފާރި ކުރަމުންދާ ކަމަށް ވެސް ދަނޑުވެރިން ބުނެފައިވެއެވެ. އަދި މިހާރު ވެސް ލޯކަލް މާރުކޭޓުގައި ބޭރުގެ ގައުމުތަކުން ގެނެސްފައިވާ ކަރާ، އޮޅުވާލައިގެން 25 ރުފިޔާއަށް ވިއްކަމުންދާ ކަމަށް ދަނޑުވެރިން ތުހުމަތުކޮށްފައިވެއެވެ.

އެހެންކަމުން މިއަދު ދަނޑުވެރިން ބޭނުންވަނީ މިފަދަ މައްސަލަތަކަށް ހައްލު ގެނައުމަށެވެ. ޒަމާންތަކެއްވީއިރު މި މައްސަލަތަކަށް ހައްލެއް ގެނެސްދެވިފައިނުވާއިރު، މިކަމުގެ ސަބަބުން ދަނޑުވެރިންނަށް ލިބެންޖެހޭ ހަމައަގު ނުލިބޭކަން އެމީހުން ދަނީ ފާހަގަ ކުރަމުންނެވެ. މިމައްސަލައާ ގުޅޭގޮތުން މާލެސިޓީ ކައުންސިލުން ބުނީ ރޯދައަށް ޚާއްސަކޮށް މާލޭގައި އިތުރު މާރުކޭޓްތަކެއް ވެސް ގާއިމް ކުރަމުންދާ ކަމަށާއި، ލޯކަން މާރުކޭޓުގައި ވެސް ދިވެހި ވިޔަފާރިންނަށް ފަސޭހައިން މުދާ ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ދަނޑުވެރިންނާއި، ތަކެތި ވިއްކާ ފަރާތްތަކުގެ ޝަކުވާ އަޑު އަހާނެ ކަމަށާއި، އެދެވޭ ބަދަލެއް ގެނެސްދޭނެ ކަމަށެވެ.

ދަނޑުވެރިކަމަކީ ބުރަ މަސައްކަތަކަށްވާއިރު، ތަކުލީފު ތަކާއެކު މުދާ ވިއްކާކަށް އެއްވެސް ދަނޑުވެރިޔަކު ބޭނުމެއް ނުވާނެއެވެ. ފަސޭހަ އިންތިޒާމެއްގެ ތެރެއިން މުދާ ވިއްކޭނެ ގޮތް ވެއްޖެނަމަ ގިނަ ދަނޑުވެރިން ތިބޭނީ ހިތްހަމަޖެހިފައެވެ. އެހެން މީހުންނެކޭ އެއްފަދައިން ދަނޑުވެރިން ވެސް ބުރަ މަސައްކަތުގެ ނަތީޖާ ފޮނި ގޮތެއްގައި ބޭނުންވާނެއެވެ.

ރަމަޟާން 1443

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

23 ފެބުރުއަރީ 2023
އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

އަންގާރަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނީ 5.5 މިލިއަން ރުފިޔާ

28 އެޕްރީލު 2022
މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

މިސްކިތުގެ ހުރުމަތްތެރިކަމަށް ރައްކާތެރިވުން

28 އެޕްރީލު 2022
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ

28 އެޕްރީލު 2022
ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

ބުދަ ދުވަހުގެ ނިޔަލަށް 1323 މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފި

28 އެޕްރީލު 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު