ރައީސްގެ އަނބިކަނބަލުން ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުންނާއެކު ފިޔަވައްޗަށް ޒިޔާރަތްކުރައްވައިފި
12 ޖޫން 2023 | ހޯމަ 09:19މި ޒިޔާރަތުގައި ފިޔަވަތި ބައްލަވާލައްވާފައިވޭ


ފިޔަވައްޗަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އާއިއެކު ހުޅުމާލޭގައި ހުންނަ ދައުލަތުގެ ފަރާތުން ބަލަހައްޓާކުޑަކުދިން ތިބޭ މަރުކަޒު "ފިޔަވަތި"އަށް ޒިޔާރަތްކުރައްވައިފިއެވެ.
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސްގެ އަނބިކަނބަލުނާއި، ސޭޝެލްސްގެ ރައީސްގެ އަނބިކަނބަލުން ފިޔަވައްޗަށް ކުރެއްވި މިޒިޔާރަތުގައި ވަނީ ފިޔަވަތި ބައްލަވާލައްވައި، އެތާނގެ ކުޑަކުދީންގެ އާޓް ޑިސްޕްލޭތައް ބައްލަވާލައްވާފައެވެ.
މިވަގުތުވެސް ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން ގެންދާ 80 ކުޑަކުދިން އެބަތިއްބެވެ.





