Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިންގެ ކަޚޯވްކާ ޑޭމް ހަލާކުކޮށްލުން

ޔޫކްރެއިންގެ ކަޚޯވްކާ ޑޭމް ހަލާކުކޮށްލުމުން ބޮޑުވި ފެންގަނޑު ހިނދެން ފަށައިފި

ކަޚޮވްކާ ޑޭމްއާ 100 ކިލޯމީޓަރު ދުރުގައިވާ ސަރަހައްދުތަކަށް ވެސް ވަނީ ފެނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 12 ޖޫން 2023 | ހޯމަ 06:42
ޔޫކްރެއިން ކަޚޯވްކާ ޑޭމް ހަލާކުކޮށްލުމުން ކޮންސަރޓް ހޯލެއްގައި ފެންބޮޑުވެފައި

ޔޫކްރެއިން ކަޚޯވްކާ ޑޭމް ހަލާކުކޮށްލުމުން ކޮންސަރޓް ހޯލެއްގައި ފެންބޮޑުވެފައި

ޔޫކްރެއިންގެ ޚަރސޯން ސަރަހައްދުގައި ހަދާފައިވާ ކަޚޯވްކާ ޑޭމް އަށް ބަޔަކު ހަމަލާދީ ހަލާކުކޮށްލުމުގެ ސަބަބުން ބޮޑުވި ފެންގަނޑު ދެބައިކުޅަ އެއްބަޔަށް ހިނދިއްޖެއެވެ. ނަމަވެސް މިހާރު ތަޣައްޔަރުވެފައިވާ ފެންގަނޑުގެ ސަބަބުން ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތައް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް މާހިރުން ބުނެއެވެ.

ޑޭމްގެ ބައެއް ހަލާކުކޮށްލުމުގެ ސަބަބުން ރަށުގެ ވަރަށް ބޮޑުބަޔަކަށް ފެންގަނޑު ފެތުރިގެންގޮސް އެތައްހާސް ގެއެއް ވަނީ ފެނު އަޑިޔަށް ގޮސްފައެވެ. ނަމަވެސް މިހާރު ފެންގަނޑު ދިހަވަރަކަށް އިންޗި ހިނދިފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެތައްހާސް ގެއެއްގައި ފެންބޮޑުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ހަމަ މިއާއެކު އެތައްހާސް ބަޔަކަށް ބޯފެން ލިބުންވަނީ ބަންދުވެފައެވެ.

ރަޝިޔާއިން ކޮންޓްރޯލް ކުރަމުންދާ ޔޫކްރެއިންގެ ސަރަހައްދުގައިވާ ޑްނިޕްރޯ ކޯރުގެ ފެންގަނޑު ހިފެހެއްޓުމަށް ހަދާފައިވާ ޑޭމް އަށް ހަމަލާދީ ހަލާކުކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއާއެކު ކޯރުގެ ދެ ފަރާތުގައިވާ ސަރަހައްދުތަކަށް ވަރަށް ބާރަށް ފެންގަނޑު ފެތުރިގެން ދިޔައެވެ.

ޑޭމް ގޮއްވާލީ ރަޝިޔާއިން ކަމަށް ޔޫކްރެއިނުން ބުނާއިރު ރަޝިޔާއިން މިކަން ދޮގުކުރެއެވެ. އަދި ބުނެފައިވަނީ އެކަމުގެ ފަހަތުގައިވަނީ ޔޫކްރެއިން ކަމުގައެވެ. މީޑިޔާ ރިޕޯޓްތައް ބުނަނީ މިއިން އެއްކޮޅަކުން ބުނާ ބަސް ވެސް ޔަގީން ކުރެވިފައިނުވާކަމަށެވެ. ނަމަވެސް ޑޭމް ކޮންޓްރޯލް ކުރަނީ ރަޝިޔާގެ ބާރުތަކުން ކަމަށްވާއިރު ބޮޑަށް ބުރަވެވެނީ އެކަންކުރީ ރަޝިޔާއިން ކަމަށެވެ. އެއީ ޔޫކްރެއިނުން މިހާރު ފަށާފައިވާ ރައްދު ހަމަލާތަކުގެ ކަންކަން ހުއްޓުވުމަށެވެ.

ޑޭމް ހަލާކު ކޮށްލުމާއެކު ކަޚޮވްކާ ރިޒަވޮޔަރގައި ހުރި ވަރަށް ގިނަ އަދެއްގެ ފެން ވަނީ މުޅިން ފައިބައިގެން ގޮސް ހުސްވެފައެވެ. ޔޫކްރެއިންގެ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް ވިދާޅުވީ ހާލަތުވަރަށް ގޯސް ކަމަށާއި ސާފު ބޯފެން ފޯރުކޮށް ދިނުމުގެ މައްސަލައަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހިފައިވާ ކަމުގައެވެ. އޭނަ ވިދާޅުވީ ނުސާފު ފެނުގެ ސަބަބުން ޖެހޭ ބަލިތައް ފެތުރިގެންދާ މިންވަރު ވަރަށް ގާތުން ބަލަން ޖެހޭ ކަމަށާއި މިހާރުވެސް ވަރަށް އިސްކަމެއް ދީގެން ފެނުގެ ސާމްޕަލް ޓެސްޓު ކުރުމުގެ ކަންތައް ކުރިޔަށް އެބަގެންދާ ކަމުގައެވެ.

ބޭރުގެ އެކި ފަރާތްތަކުން ވެސް އަންނަނީ ޔޫކްރެއިނަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމުގެ މައްސަލައަށް ބަލައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއީ "ސެނިޓޭޝަން ކްރައިސިސް" އެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.

މިވަގުތު ސީރިއަސް ބަލިމަޑުކަމެއް އަދި ފެތުރެމުން ނުދިޔަ ނަމަވެސް ކަޚޮވްކާ ޑޭމްއާ 100 ކިލޯމީޓަރު ދުރުގައިވާ ޚަރސޯން އަށް ވެސް ވަނީ ފެނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އަދި މިހުރިހާ ހިސާބުތަކުގައި ވެސް ވަނީ ކޯރުގެ ފެން ބުއިމަށް ބޭނުން ކުރުން މަނާކޮށްފައެވެ. ގެތަކާއި ނަރުދަމާ ނިޒާމުތަކުގައި ފެންބޮޑުވެފައިވުމުގެ ސަބަބުން ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ވަނީ ތަޣައްޔަރުވެފައެވެ. އެހެން ކަމުން ފެންވެރުމަށާއި ކެއްކުމަށް އަދި ޖަނަވާރުތަކަށް ދިނުމަށް ވެސް އެ ފެން ރައްކާތެރި ނޫން ކަމަށް ވަނީ އަންގާފައެވެ.

ޔޫކްރެއިންގެ އިންޓީރިއަރ މިނިސްޓްރީން ބުނީ ޚަރސޯންގެ ޔޫކްރެއިނުން ކޮންޓްރޯލްކުރާ 32 ސެޓްލްމަންޓެއްގައި ފެންބޮޑުވި ކަމަށާއި ރަޝިޔާއިން ކޮންޓްރޯލްކުރާ ފަޅީގެ 14 ސެޓްމަންޓްގައި ފެން ބޮޑުވި ކަމަށެވެ. މީގެ އިތުރުން އެހެން ސަރަހައްދަކުން ވެސް 31 ސެޓްލްމަންޓެއްގައި ވަނީ ފެންބޮޑުވެފައެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫކްރެއިންގެ އިންތިޚާބު:ރައީސްކަމަށް ކޮމޭޑިއަން ޒެލެންސްކީ؟

ޔޫކްރެއިންގެ އިންތިޚާބު:ރައީސްކަމަށް ކޮމޭޑިއަން ޒެލެންސްކީ؟

22 އެޕްރީލު 2019
ޔޫކްރެއިންގެ އިންތިޚާބު: ޕްރުޝެންކޯ އާއި ޒެލެންސްކީ ދެވަނަ ބުރަށް

ޔޫކްރެއިންގެ އިންތިޚާބު: ޕްރުޝެންކޯ އާއި ޒެލެންސްކީ ދެވަނަ ބުރަށް

01 އެޕްރީލު 2019
ޔޫކްރެއިންގެ ރިޔާސީ އިންތިޚާބު ވޯޓްލުން ފަށަނީ

ޔޫކްރެއިންގެ ރިޔާސީ އިންތިޚާބު ވޯޓްލުން ފަށަނީ

31 މާރިޗު 2019
ޔޫކްރެއިންގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޕްރޮޝެންކޯ ކުރިމަތިލައްވަނީ

ޔޫކްރެއިންގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޕްރޮޝެންކޯ ކުރިމަތިލައްވަނީ

30 ޖެނުއަރީ 2019
ބްރެޒިލްގެ ޑޭމްއެއް ފަޅައިގެންދިއުން: އުއްމީދު ކުޑަވެ ރުޅިގަދަވެފައި

ބްރެޒިލްގެ ޑޭމްއެއް ފަޅައިގެންދިއުން: އުއްމީދު ކުޑަވެ ރުޅިގަދަވެފައި

28 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު