Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެރެލާގައި ފެންބޮޑުވުން

ކެރެލާގައި ފެންބޮޑުވި ސަރަހައްދުތަކަށް ބޮޑުވަޒީރު މޯދީ ވަޑައިގެންފި

 324 މީހުން ވަނީ މަރުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 އޯގަސްޓު 2018 | ހޮނިހިރު 07:45
ބޮޑުވަޒީރު ނަރެންދުރަ މޯދީ 18 އޯގަސްޓް 2018 ވަނަ ދުވަހު ކޮޗިންއަށް ވަޑައިގަންނަވަނީ

ބޮޑުވަޒީރު ނަރެންދުރަ މޯދީ 18 އޯގަސްޓް 2018 ވަނަ ދުވަހު ކޮޗިންއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކެރެލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ލިބިފައިވާ ގެއްލުންތައް އަމިއްލަފުޅަށް ބައްލަވާލެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސްޓޭޓަށް ހުކުރު ދުވަހު ވަޑައިގެންފިއެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިއީ ގަރުނެއްހާ ދުވަހުގެ ތެރޭގައި އެގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ފެންބޮޑުވުމުގެ ހާދިސާއެވެ.

ހަފްތާއެއްހާ ދުވަހު ކުރި ވިއްސާރައިގައި ކެރެލާގައި ފެންބޮޑުވެ ބިންގަޑު ކަނޑައިގެންގޮސް 324 މީހުން މަރުވެ 200،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ބޭނުންކޮށްގެން މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. އަދިވެސް ވާރޭ ވެހޭނެ ކަމަށް ލާފާކުރެވިފައިވާއިރު އެ ސަރަހައްދަށް ވަނީ ރެޑް އެލަރޓް ނެރެފައެވެ. ހޮނިހިރު އަދި އާދީއްތަ ދުވަހު ވައިބާރު ވާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.

ޖޫން މަހު ފެށުނު މި އަހަރުގެ ވިއްސާރަ މޫސުމުގައި އިންޑިއާގެ އެކި ހިސާބުތަކުން 1،000 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކުއްލި އެހީގެ ގޮތުގައި ބޭނުންވާ ސާމާނު ހެލިކޮޕްޓަރުގައި އެތައް ސަރަހައްދަކަށް ގެންދެވިފައިވާއިރު ޚާއްސަ ރޭލެއްގައި ބޯފެން ވަނީ ފޮނުވާފައެވެ.

ކެރެލާގެ 14 ޑިސްޓްރިކްޓެއްގައި ސްކޫލްތައް ބަންދުކޮށްފައިވާއިރު ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކުގެ ސަބަބުން ޓޫރިސްޓުން ޒިޔާރަތްކުރު ވަނީ މަނާކުރެވިފައެވެ.

ބޮޑުވަޒީރު މޯދީ ކެރެލާއަށް ކުރައްވާ ޒިޔާރަތުގައި ހުކުރުދުވަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރިވަނަންތަ ޕޫރަމަށެވެ، އެ އަށް ފަހު ހޮނިހިރު ދުވަހު އެމަނިކުފާނު ދަތުރުފުޅު ފެއްޓެވީ ކޮޗިންއަށެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2017
މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު