Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޮވާން އެކްސްޕޯޓް ކުރުން

ގޮވާން އެކްސްޕޯޓް ކުރުމަށް ވެފައިވާ އެއްބަސްވުން އާ ނުކުރާނެކަމުގެ އިޝާރާތެއް ރަޝިޔާއިން ދީފި

މި އެއްބަސްވުން އަނެއްކާވެސް އާކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖޫން 2023 | ހޯމަ 16:34
މިހާރުވެސް ގޮވާން އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ކައިރިނުކުރެވި 90 ބޯޓު އެބައޮތް ކަމަށް ޔޫކްރެއިނުން ބުނޭ

މިހާރުވެސް ގޮވާން އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ކައިރިނުކުރެވި 90 ބޯޓު އެބައޮތް ކަމަށް ޔޫކްރެއިނުން ބުނޭ

ބްލެކް ސީ ހުރަސްކޮށް ގޮވާމުގެ ބާވަތްތައް ބޭރުކުރުމުގެ މައްސަލައިގައި ރަޝިއާ އިން މާޔޫސްވެފައިވާ ކަމަށާއި އެ ގައުމުގެ ޑިމާންޑްތައް ފުރިހަމަ ނުވެއްޖެ ނަމަ އެއްބަސްވުން އާ ނުކުރާނެ ކަމަށް ރަޝިއާގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

2022 ވަނަ އަހަރުގެ ޖުލައި މަހު އދ އާއި ތުރުކީ ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ މަގްސަދަކީ ރަޝިއާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި ޔޫކްރެއިންއިނަށް ވަރަށް ބޮޑަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދިނުމެވެ. އޭގެ ސަބަބުން ކަޅު ކަނޑުގެ މުހިންމު ބަނދަރުތަކުން އެމޯނިއާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތަކާއި ކޮމާޝަލް ފާޓިލައިޒާ އެކްސްޕޯޓް ކުރެވޭނެ އެވެ.

ރަޝިއާއިން އެންމެ ފަހުން މި މަސައްކަތް އަލުން ފަށަން އެއްބަސްވީ މިދިޔަ މެއި މަހުގެ ތެރޭގައި ނަމަވެސް، އެއްބަސްވުމުގެ ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އަމިއްލަ އަށް ގޮވާތަކެތި އެކްސްޕޯޓް ކުރުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ރަޝިއާއިން ވަނީ އެދިފައެވެ. މި އެއްބަސްވުން އަނެއްކާވެސް އާކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މިދިޔަ ހުކުރު ދުވަހު ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ވާޝިނިން ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި އދ. ގެ އެންމެ އިސް ވިޔަފާރީގެ އޮފިޝަލް ރެބެކާ ގްރިންސްޕަންއާ މަޝްވަރާ ކުރައްވައިފައެވެ.

ވާޝިނިން ވިދާޅުވީ ރަޝިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ފާޓިލައިޒަރު އެކްސްޕޯޓު ކުރުމަށް އަދިވެސް ހުރަސްތަކެއް އެބަހުރި ކަމަށާއި ޓޮގްލިއަޓީ-އޮޑެސާ އެމޯނިއާ ޕައިޕްލައިންގައި އަދިވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

އަދި ރަޝިއާއިން މި މަސައްކަތް ފުޅާކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އަމިއްލަ މަސްލަހަތާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މެއި މަހުގެ ތެރޭގައި އާކުރުމަށް ފަހު އެ ގައުމުން ބުނެފައި ވަނީ ސްވިފްޓް އިންޓަނޭޝަނަލް ޕޭމަންޓާ ރަޝިއާގެ އެގްރިކަލްޗަރަލް ބޭންކް އަލުން ގުޅާލުން ފަދަ ޑިމާންޑްތައް ފުއްދައިގެން ނޫނީ އަލުން އިނީޝިއޭޓިވް އާ ނުކުރާނެ ކަމަށެވެ.

އެންމެ ފުރަތަމަ 120 ދުވަހަށް އަމަލުކުރަން ފެށި މި އެއްބަސްވުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގައި އިތުރު 120 ދުވަހަށް އިތުރުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭރު ރަޝިއާއިން އެއްބަސްވީ 60 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މި މަހުގެ 17 ވަނަ ދުވަހު ރަޝިއާއިން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

ޕެރަލަލް އެގްރީމެންޓެއްގެ ގޮތުގައި ރަޝިޔާއާއި އދއިން ވަނީ ރަޝިޔާގެ ކާބޯތަކެއްޗާއި ފާޓިލައިޒަރ އެކްސްޕޯޓްކުރުމަށް މަގުފަހިކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
08 ޖުލައި 2017

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

08 ޖުލައި 2017
ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ
05 ޖުލައި 2017

މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި

05 ޖުލައި 2017
މޯދީއާއި ނަތަންޔާހޫ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފި
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު