Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައްޑޫ ބިން ހިއްކުން

އިންޒާރު: ބިން ހިއްކާ ސަރަހައްދަށް އާންމު ރައްޔިތުން ނުވަދޭ!

11 ޖޫން 2023 | އާދީއްތަ 08:51

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް ޖުމްލަ 228 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 11 ޖޫން 2023 | އާދީއްތަ 08:51
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

އައްޑޫގެ ބިން ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއެއް ފަށާފައިވާއިރު، ނުރައްކާތެރި ހާދިސާއެއް ހިނގާފާނެތީ ބިން ހިއްކާ ސަރަހައްދަށް ރައްޔިތުން ވަދެ ނޫޅޫމަށް ވެން އޯޑުން އިލްތިމާސްކޮށްފި އެވެ.

އައްޑޫ ސިޓީގައި ޓީއެސްއެޗްޑީ އެޗްއޭއެމް 318 އިން ބިން ހިއްކުމުގެ ހަރަކާތްތައް ފެށިފަހުން އާންމު ރައްޔިތުން މަސައްކަތް ހިނގާ ސަރަހައްދަށް ވަންނަމުންދާއިރު، އެކަމުގެ ސަބަބުން އެބޭފުޅުންނަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތު ބޮޑު ކަމަށް ވެން އޯޑުން ވަނީ ބުނެފައެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތުގައި އެއްތައް ވައްތަރެއްގެ ބަރު ޕްލާންޓާއި މެޝިންތައް ބޭނުން ކުރެވޭއިރު މިކަމަގެ ސަބަބުން ކުރައްކާތެރި މަސައްކަތުގެ މާހައުލެއް އުފެދެއެވެ. ވެން އޯޑް މަޝްރޫއު ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ތަޖުރިބާކާރު އަދި ރަނގަޅަށް ތަމްރީނު ލިބިފައި ތިބި މުވައްޒަފުން ކަމަށާއި، ނުރައްކާތެރި ހާލަތްތަކަށް ހޭލުންތެރި ބަޔަކަށްވާއިރު، އެކްސިޑެންޓްތަކާއި އަނިޔާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ކޮންޓްރޯލް ފިޔަވަޅު އެނގޭ ބައެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން ނުރައްކާތެރި ހާލަތްތަކަށް ހޭލުންތެރިކަން ނެތް އަދި، ތަޖްރިބާ ނުލިބި ތިބި ބަޔަކު ހުއްދައެއް ނެތި މިސަރަހައްދަށް ވަނުމަކީ އަމިއްލައަށްވެސް އަދި އެހެންމީހުންވެސް ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށާއި މިކަމަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް ވެން އޯޑުން ވަނީ އިލްތިމާސްކޮށްފައެވެ.

އެކުންފުނިން އިތުރަށް ބުނެފައިވަނީ މިއީ ބޮޑު ސަރަހައްދެއްގައި ހިނގާ ބިޔަ މަޝްރޫއުއަކަށްވާއިރު، މަސައްކަތް ހިނގާ މުޅި ސަރަހައްދުގެ ވަށައިގެން ފެންސް ނުވަތަ ބެރިކޭޑް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގަސްތުގައިވިޔަސް އަދި އޮޅިގެންވެސް މީހުން ވަނުން ހުއްޓުވުމަށްޓަކައި އެތައް ތަނެއްގައި ސައިން ބޯޑުތަކާއި ހުރަސްތައް ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން ރޯޑް ބެރިއަރސް، ޓްރެފިކް ކޯންސް، އިންޒާރު ޓޭޕް ޖަހާފައިވާ ވާތައް އަދި އެކި އެކި މުހިއްމު ތަންތަނުގައި ޖަހާފައިވާ ބައެއް ސައިންބޯޑްތައް ހިމެނެއެވެ.

ވެން އޯޑުން ބުނީ ވޭތިވެދިޔަ ހަފްތާތަކުގެ ތެރޭގައި އާންމުން މަސައްކަތް ހިނގާ ސަރަހައްދުގައި ހިނގާބިނގާވެ އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެގޮތުން ބައެއް ބޭފުޅުން މަސް ބޭނުމާއި މިނޫންވެސް ނުރައްކާތެރި ގޮތަށް ނަގާފައިވާ ޕޯސްޓްތައް ސޯޝަލް މީޑިއާއިން ފެނިފައިވާއިރު، މިގޮތަށް ވަދެ އުޅޭ ބޭފުޅުން ފެނުމުން ވެން އޯޑްގެ މުވައްޒަފުން، އެބޭފުޅުން މަސައްކަތް ހިނގާ ސަރަހައްދުން ބޭރަށް ދިއުމަށް ނަސޭޙަތްތެރިވެފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން މިމަޝްރޫއުއަކީ ކާމިޔާބު މަސައްކަތަކަށް ހެދުމަށް މަޝްރޫއުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް އެއްވެސް އަނިޔާއެއް ނުލިބި ވީހާވެސް ރައްކާތެރި ގޮތެއްގައި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެން އޯޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޖޫން 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙްއެވެ. މި މަސައްކަތަށް ހޭދަވާނީ ގިނަވެގެން 2 މަސް ދުވަސް ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބިން ހިއްކައި ނިމޭނެކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް ޖުމްލަ 228 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެއެވެ. އެގޮތުން، ހިތަދޫއަށް 80 ހެކްޓަރުގެ ބިން، މަރަދޫ އަދި މަރަދޫފޭދޫ އަށް 76 ހެކްޓަރުގެބިން، ހުޅުދޫ އަދި މީދޫއަށް 32.3 ހެކްޓަރުގެ ބިން، އިންޓަގްރޭޓަޑް ޓޫރިޒަމަށް ޚާއްސަ ކުރެވިގެން ތަރައްޤީކުރާ ހަންކެޑެއަށް 4.7 ހެކްޓަރުގެ ބިން އަދި ފަތުރުވެރިކަމަށް ޚާއްސަކޮށް އައްޑޫސިޓީ ފަޅުތެރެއިން 8.3 ހެކްޓަރުގެ 3 ރަށާއި 5 ހެކްޓަރުގެ 2 ރަށެއް އިތުރުކުރެވޭނެއެވެ.

މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 1.6 ބިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުތަކަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި ދިވެހި ދައުލަތުގެ ބަޖެޓުންޚަރަދުކޮށްގެން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާއި އެމްޓީސީސީ އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.

އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިން އިތުރުކުރެވޭ ސަރަޙައްދުގައި ހުރި 70,000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ވަނީނިންމާލެވިފައެވެ. މި މަސައްކަތަކީ މިހާތަނަށް ދުނިޔޭގައި ހިންގުނު ދެވަނައަށް އެންމެ ބޮޑޫ ކޮރަލް ރީލޮކޭޝަންގެ މަސައްކަތެވެ. ހަމައެއާއެކު، މި މަޝްރޫޢުގެ ތެރެއިން މޫދުވިނަރިލޮކޭޓްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އީ.އައި.އޭ ގައިވާ ގޮތުގެ މަތިން މޮނިޓަރިންގ އަދި ތިމާވެއްޓަށްކުރާ ހުރިހާއަސަރުތައް ވީހާވެސް ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2018

މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!

01 އެޕްރީލު 2018
މުދާ އުފުލުމަށް ގެނައި ބަދަލާއި އެކު، ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ އިންޒާރު!
04 މާރިޗު 2018

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

04 މާރިޗު 2018
އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟
04 މާރިޗު 2018

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!
18 ޖެނުއަރީ 2018

ޤަތަރުގެ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީއަކީ ކާކު؟

18 ޖެނުއަރީ 2018
ޤަތަރުގެ ޝައިޚް ޢަބްދުﷲ ބިން ޢަލީ އަލްޘާނީއަކީ ކާކު؟
19 ނޮވެމްބަރު 2017

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟
13 ނޮވެމްބަރު 2017

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

13 ނޮވެމްބަރު 2017
ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ
08 ޖުލައި 2017

ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

08 ޖުލައި 2017
ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!
02 ޖޫން 2017

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް
15 މެއި 2017

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

15 މެއި 2017
ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!
26 ފެބުރުއަރީ 2017

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް