Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސީހުގެ އިތުބާރު މައްސަލަ

ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

ވަރަށް ގިނަ ހުށަހެޅުންތައް ލިބޭ ކަމަށް ސިނާނު ވިދާޅުވި

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 8 ޖުލައި 2017 | ހޮނިހިރު 13:07
މެމްބަރު ސިނާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

މެމްބަރު ސިނާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަކީ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ބޭނުން ވަގުތެއްގައި، އިތުރު މީހަކު މެދުވެރިކުރުމެއް ނެތި ރައީސް ޔަމީނާ ވާހަކަ ދެކެވޭ، އަދި ބައްދަލު ކުރެވޭ ދެތިން ބޭފުޅުންގެ ތެރޭގައި ސިނާނު ހިމެނިވަޑައިގަންނަވަ އެވެ. މިފަދަ ވަރުގަދަ ބޭފުޅަކު ރައީސް ޔާމީން ދޫކުރައްވައި، އިސްލާހީ މަސައްކަތާ ގުޅިވަޑައިގަތުންވީ ގިނަ ބަޔަކު ހައިރާން ކުރުވި ކަމެކެވެ.

މައްސަލަ ޖެހެން ފެށުން

ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި ސިނާނާ މައްސަލަ ޖެހެން ފެށީ، ސިނާނާއި މެޑަމް ފާތުންނާ މައްސަލަ ޖެހެން ފެށި ހިސާބުންނެވެ. މެޑަމް ފާތުންއާ މައްސަލަ ޖެހެން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

"ސަބަބަކީ ބާސްކެޓް އެސޯސިއޭޝަންގެ ރައީސް ކަމަށް ސިނާނު ހޮވުމުން، ވަގުތުން އެ މަގާމުން އިސްތިއުފާ ދެއްވުން. ސިނާނު ހޮވުމަށް ވަރަށް މެޑަމް ފާތުން ވަރަށް މަސައްކަތް ކުރެއްވި. ނަމަވެސް ސިނާން އިސްތިއުފާ ދެއްވީ މެޑަމް ގާތުން ހޭވެސް އަހާލުމެއް ނެތް،" ސްޕޯޓްސް ދާއިރާގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހިސާބުން ފެށިގެން މެޑަމްގެ ރުހުން ސިނާނަށް ގެއްލެން ފެށިއެވެ. ވަގުތުގެ ބޭނުން ހިފައި، ސިނާނުގެ ހަސަދަވެރިން ދިޔައީ ރޯވެފައި ހުރި އަލިފާންގަނޑަށް ދަރު އަޅަމުންނެވެ. އެހެންވެ، މެޑަމް ފާތުން އާއި ސިނާނާ އޮތް އިތުބާރަށް ބުރޫ އަރައި ގޯހުން ގޯހަށް ކަންކަން ދާންފެށި އެވެ.

ސިނާނުގެ އަރިސް ބޭފުޅުން ބޭރުކުރުން

ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ ކުރޭގެ އެމްޑީ މުހައްމަދު ނިމާލާއި އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލް އަދި އާސަންދައިގެ ކުރީގެ އެމްޑީ މައުމޫން އަބްދުއް ސަމަދު މަގާމުން ދުރުކުރީ، ސިނާނާ އޮތް ގުޅުން ގޯސްވުމުގެ ސަބަބުންނެވެ. އޭރު މުލިއާގޭތެރޭގައި ކައްކަމުން ދިޔަ ގޭސްތައް ދިޔައީ ވަރުގަދަވަމުންނެވެ. "މުލިއާގޭ ލީޑަޝިޕް"ގެ ތިން ކަނބަލުންގެ އިތުރުން، ސިނާނު ބޭރުކޮށްލުމުގައި ބައެއް މިނިސްޓަރުންގެ ދައުރު ވެސް ކުޑައެއް ނޫން ކަމަށް، ސިނާނުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"މުޖޭ އާއި މާންބެގެ އިތުރުން، ސިނާނުގެ އަރިސް ބައެއް ބޭފުޅުން ވެސް މަގާމުން ދުރުކުރި. އެއީ ސިނާނުގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑުވެގެން ދިޔަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކެތްތެރިކަން ކޮޅުންލުން

ސިނާނަކީ ޕީޕީއެމްގައި ހުންނެވި ނަމަވެސް، ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމުގައިވާ މަޖީދު ސަރގެ ބޭފުޅެކެވެ. ނަމަވެސް، ސިނާނަކީ ރައީސް އަބްދުﷲ ޔާމީނާއި މެޑަމް ފާތުން އެންމެ ބޮޑަށް އިތުބާރު ކުރައްވާ އެއް ބޭފުޅާކަން އެނގޭ އެއް ކަމަކީ، ޞަދަގާތް ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އޭނާ ހުންނެވުމެވެ. އަދި ރައީސް ޔާމީނާއި ފާތުން ބޭނުންފުޅު ހިނދެއްގައި ބައްދަލުކުރެއްވޭތީ އެވެ. މިކަން ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް މިއީ ހަގީގަތެވެ.

މިވަރުގެ އަރިސް ބޭފުޅަކު، ރައީސް ޔާމީންގެ މޫނުފުޅުގައި ކޮޅުފައިން ޖައްސަވާފައި ވަޑައިގަންނަވާނީ އާދައިގެ ސަބަބެއް އޮވެގެއް ނޫނެވެ. އޭނާ ފައިސާއަށް ވަޑައިނުގަންނަވާނެ ކަމަށް އެތައް ބަޔަކު ވިދާޅުވެ އެވެ.

"މައްސަލަ ޖެހެމުންދާތާ އެތައް ދުވަހެއް ވެއްޖެ، އަހަރެންގެ އެކުވެރިން ވަޒީފާއިން ވަކި ކުރިޔަސް، އެކަމާ މައްސަލައެއް ނެތް. ދައުލަތް ހިންގުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ބަދަލެއް ގެނެވޭނެ. ނަމަވެސް އަޅުގަނޑުމެން ދާތީއޭ ކިޔާފައި ޗިލެކްސް ތަޅާލުމަކީ އަމިއްލަ ފަރުދަކަށް ދިން ބޮޑު އަނިޔާއެއް. އެ ހިސާބުން ކެތް ނުކުރެވުނު،" ސިނާނު ވިދާޅުވި އެވެ.

ޗިލެކްސް ތަޅާލީ އެތަނުގައި ހުދު ކަހަނބެއް އޮވެގެން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ހުދު ކަހަނބަކީ ސިހުރު ހެދުމަށް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް އެއީ އެފަދަ ކަމަކަށް ބާއްވާފައި އޮތް އެއްޗެއް ނޫން ކަމަށް ސިނާނު ވިދާޅުވި އެވެ.

" ޝައްކު ބަލިވެސް މާބޮޑުވުމަކީ ވެސް މައްސަލައެއ،" މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ސިނާނު ވިދާޅުވި އެވެ.

ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުގެ ތެރެއިން ނިންމި ކަންކަމާއި، ބިން ވިއްކުމާއި، އަބުރުގެ ގާނޫނު ފާސްކުރުން ފަދަ ކަންކަމަކީ ސިނާނު ގަޔާވި ކަންކަމެއް ނޫނެވެ. އިންތިހާއަށް ކޮރަޕްޝަން ހިންގައި، ދައުލަތުގެ މުވައްސަސާތަކުގެ ބާރު ކަނޑާލުމަކީ ވެސް އޭނާ އެންމެ ބޭނުންވި ގޮތެއް ނޫން ކަމަށް ސިނާނު ވިދާޅުވި އެވެ.

"ބިން ފުރާ ރަން އެޅިޔަސް ބަދަލެއް ނުވާނަން"

ކަންކަން ކެތް ނުކުރެވިގެން ގޮސް، އެންމެ ފަހުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސިނާނު ވަނީ ސޮއި ކުރައްވައިފަ އެވެ. ޕީޕީއެމް ދޫނުކުރެއްވި ނަމަވެސް، މިފަދަ ނިންމުމަކީ ސިނާނު ޕީޕީއެމް ދޫކުރެއްވުމެވެ. އަދި ރައީސް ޔާމީން ވެސް ދޫކުރެއްވުމެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމުގެ އިތުރުން އެހެން މެމްބަރުން ހޯއްދެވުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ. ރައީސް ޔާމީނާ އަރިސް ބޭފުޅަކަށް ސިނާނު ހުންނެވިއިރު، އޭނާގެ ހިޔާލު ޕީޕީއެމްއާ އެއްކޮޅަށް އަލުން ބަދަލު ވެދާނެ ހެއްޔެވެ؟

"އަހަރެން ބަދަލެއް ނުވާނެ، ބިން ފުރައި ރަން އެޅައިދިނަސް،" ސިނާނު ވިދާޅުވި އެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި މެމްބަރުންގެ ނިންމުން ބަދަލުކުރެއްވުމަށް ސަރުކާރުން ވަރަށް މަސައްކަތް އެބަ ކުރައްވަ އެވެ. ތަފާތު ހުށަހެޅުންތައް ވެސް އަންނަނީ ހުށަހަޅަމުން ނެވެ.

"ނަމަވެސް އެކަން މާ ބޮޑަށް ލަސްވެއްޖެ. މިފަހަރު މިކަން ވާނެ، ރައީސް ނަޝީދު ބޭނުންފުޅުވެއްޖިއްޔާ. ޕީޕީއެމްގެ އިތުރު މެމްބަރުން ވެސް އެބަ ތިއްބެވި މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ބޭފުޅުން،" ސިނާން ވިދާޅުވި އެވެ.

ސިނާނު ވެސް އަދި ބައެއް އެހެން މެމްބަރުން ވެސް ވިދާޅުވި ގޮތުގައި މިދަރަޖައަށް ސަރުކާރު ބަލިކަށިވެގެން ދިޔައީ ރައީސް ޔާމީންގެ ހިންގުން ދޯދިޔާ ވުމާއި ބޭފުޅުން ގޮވައިގެން އުޅުއްވަން އެނގިވަޑައިނުގެންނެވުމެވެ.

"ސަރުކާރުގެ ހުރިހާ ކަމެއް ދަނީ ބޯކޮޅު ވަތަށް،" ސިނާނު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު