Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮޑުތަކުރުފާނު

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

ބޮޑުތަކުރުފާނާއި އެ މަނިކުފާނުގެ ޖިހާދުގެ ފަހުލަވާނުން ފަސްތާނު ލާފައިވަނީ ބިހުރޯޒު ކަމަނާ މިސްކިތުގެ ގަބުރުސްތާނުގައި

ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2017 | އާދީއްތަ 14:37
ބިހުރޯޒު ކަމަނާ މިސްކިތް

ބިހުރޯޒު ކަމަނާ މިސްކިތް

ފަހުރުވެރި ގައުމީ ދުވަސް ފާހަގަކުރާއިރު، ގައުމީ ދުވަސް ނިސްބަތްވާ ތާރީހީ ޖިހާދުގެ މައުލޫމާތާއި އެ ޖިހާދުގެ ބަތޮލުންގެ ކުޅަދާނަކަމާއި ހުޝިޔާރުކަމާއި ވެވަޑައިގެންނެވި ގުރުބާނީ މި ޖީލުގެ ދަރިންނަށް ފުރިހަމަ އަށް ބުނެއެއް ނުދެވެ އެވެ. ސްކޫލް ޓެކްސްޓް ފޮތްތަކާއި ޖަލްސާތަކުގައި ވެސް ދައްކަނީ ބާވާހަކަތަކެވެ.

ޒަމާން ބަދަލުވި ނަމަވެސް، ގައުމީ ދުވަސް ފާހަގަކުރުމުގެ ވައްޓަފާޅިއަކަށް ބަދަލެއް ނާދެ އެވެ. މިއަދު ވެސް އިވެމުންދަނީ ބައިތު ބާޒީ އާއި ބަހުސް ކުރުމާއި ގައުމީ ލަވައިގެ އަޑެވެ. ފެންނަމުންދަނީ ސަގާފީ ކެއުންތަކާއި ދިވެހި ހެދުމެވެ. މިވަރުން ނުފުދެ އެވެ. ގައުމީ ދުވެހެއް ފާހަގަ ކުރުމުގެ ބޭނުމަކީ މާނައެއް ނެތް ގޮތުގައި ކަންކަން ކުރުމެއް ނޫނެވެ. ގައުމީ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބައިތު ބާޒީ ކުރުމާއި ދިވެހި ހެދުން ލުމެއް ނޫނެވެ. އެންމެ މުހިންމު ބޭނުމަކީ އެ ގައުމެއްގެ ރައްޔިތުން ބަލައިގެންފައިވާ ނުވަތަ ގަބޫލުކުރާ ހަމަތަކާއި އަހްލާގު އާލާކުރުމެވެ. ގައުމިއްޔަތު އަސާސްތައް ދިރުވުމެވެ.

މިކަންކަން މިއަދު ނުކުރެވެ އެވެ. އެންމެ މިސާލަކަށް ބަލާލަމާ ހިނގާށެވެ. ގައުމީ ދުވަސް ފާހަގަކުރުމުގައި އެ ދުވަސް ނިސްބަތްވާ އުތީމު މުހައްމަދު ތަކުރުފާނުގެ ޖިހާދުގެ ވާހަކަ ވަރަށް ފަހުރުވެރިކަމާއެކު ދެއްކި ނަމަވެސް ބޮޑުތަކުރުފާނާއި އެ މަނިކުފާނުގެ ޖިހާދުގެ ބައިވެރިން ފަސްތާނުލާފައިވާ ތަން އެނގެނީ ކިތައް ދިވެހިންނަށް ހެއްޔެވެ؟ އެތަނަށް ހަދަން އުޅޭ ގޮތެއް އެނގި ކަންބޮޑުވޭ ހެއްޔެވެ؟

ޕޯޗްގީޒުންގެ އަޅުވެތިކަމުން ގައުމު ސަލާމަތްކޮށް ދެއްވި އެ ބަތޮލުން ފަސްތާނުލާފައި ވަނީ އެތައް ގަރުނެއްވެފައިވާ ބިހުރޯޒު ކަމަނާ މިސްކިތުގެ ގަބުރުސްތާނުގަ އެވެ. ނަމަވެސް މިއަދު އަޑުއިވެމުން ދަނީ އެ މިސްކިތާއި ޒިޔާރަތާއި ގަބުރުސްތާނު ވެސް ނަގައި އެ ބިމުގައި ބިޔަ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ވާހަކައެވެ.

ތެދެކެވެ. އިސް އުފުލާލުމުން ބޮލުގައި އޮންނަ ތޮފި ނުވަތަ ތާކިހާ ވެއްޓޭވަރުގެ އުސް އިމާރާތްތައް ބިނާކުރެވިދާނެ އެވެ. ނަމަވެސް އެފަދަ ބިނާތަން ހަދަންޖެހޭނީ ގައުމުގެ ތާރީހީ އިމާރާތްތައް ފުނޑާލާފައެއް ނޫނެވެ. ގައުމެއްގެ ހައިސިއްޔަތުން ސުންނާފަތިކޮށްގެން ނުވާނެ ބިނާތަކެއް ހުންނާނެ އެވެ. އެފަދަ ތަންތަނަކީ ގައުމީ ބަތޮލުންގެ ހަނދާންތައް ރަމްޒުކޮށްދޭ ތަންތަނެވެ. ޒިޔާރަތްތަކެވެ. ތާރީހީ ތަންތަނެވެ. ނަމަވެސް މިއަދު މި ސަރުކާރުގެ އަމާޒު ހިފާފައި އެހުރީ އެފަދަ ބައެއް ތަންތަން ނަގައި ޒަމާނީ ބިނާތަކާއި ކުޅިވަރު މައިދާންތައް އެޅުމަށެވެ.

ހިރިގަލުގެ ކަޅުވަކަރު މިސްކިތް ނެގުމަށް ފަހު އެތަނުގައި ހަދަން ރާވާފައި ވަނީ ސްކޭޓްކުރަން އައިސް ރިންގެކެވެ. މަސްޖިދުލް ސުލްތޯން އާދިލާއި ބިހުރޯޒު ކަމަނާ މިސްކިތާއި ޒިކުރާ މިސްކިތް ހުރި ތަނުގައި މަލްޓިޕާޕަސް ޓަވަރެވެ. ތާރީޚީ ބިނާތަކަކީ މި ސަރުކާރުގެ ކުރިމަތީގައި އަގެއް ހުރި ތަންތަނެއް ނޫން ކަމެވެ. އެހެން ނޫންނަމަ ކަޅުވަކަރު މިސްކިތެއް ނުނަގާނެ އެވެ. އެހެން ނޫންނަމަ ބިހުރޯޒު ކަމަނާ މިސްކިތެއް ތަޅައެއް ނުލާނެ އެވެ. އެ މިސްކިތުގައިވާ ވަޅަކީ ވެސް ހާއްސަ ވަޅެވެ. އެއީ ހިރިގަލުގެ އަށް ކަން ވަޅެކެވެ. އެ ވައްތަރުގެ ވަޅަކީ ރާއްޖޭގައި ވެސް، ހާއްސަކޮށް މާލޭގައި ވަރަށް މަދު ވައްތަރެއްގެ ވަޅެކެވެ. ނަމަވެސް އެކަމަށް ވެސް ބެލުމެއް ނެތެވެ.

ބިހުރޯޒް ކަމަނާ މިސްކިތުގެ ޤަބުރުސްތާނުގައި ފަސްތާނު ލާފައިވާ އުތީމު ދެބެންނާއި އެ ދެ ބެއިންގެ ފަހުލަވާނުންގެ ހަށިކޮޅު ނަގައި، އެތަނަށް ކޮންކްރިޓް އަޅައި، އެ ބަތޮލުންގެ ހަނދާންތައް ފޮހެލުމަކީ ޖަރީމާއެކެވެ. ގައުމީ ދުވަސް ފާހަގަކުރާއިރު، މި ޖަރީމާއާ ދެކޮޅަށް އަޑު ނުއުފުލާ ނަމަ ގައުމީ ރޫހެއް ނެތީވެ. މިވަރުގެ ޖަރީމާއަކާ ދެކޮޅަށް ނުތެދުވާނަމަ ގައުމީ ދުވަހުގެ ބަތޮލުގެ ޒިކުރާ އާކުރަން، ގައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް ވެސް އެބަ އޮތް ހެއްޔެވެ؟

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

15 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

ސާފް ޗެމްޕިއަންޝިޕް ގައުމީ ޖޯޒީގައި ކުޅެލުމަކީ ބެންޖޯގެ ހުވަފެނެއް

17 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު