Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލް ޖޫރިމަނާކުރުން

ގަވާއިދާއި ޚިލާފަށް ކުނި މެނޭޖްކޮށްގެން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކުރީ ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު - އީޕީއޭ

މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނި އަޅާ މައްސަލަ އާއްމުން ވަނީ އީޕީއޭ އަށް ހުށަހަޅާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ޖޫން 2023 | ހޮނިހިރު 18:00
މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން

ގަވާއިދާއި ޚިލާފަށް ކުނި މެނޭޖްކޮށްގެން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކުރީ ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހުގައި ކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

މި ހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު މާލޭ އެދުރުހިޔާ ކައިރީގައި އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ގިނަ އަދަދަކަށް ކުނި އަޅަމުންދާތީ 45,500.00ރ (ސާޅީސް ފަސްހާސް ފައްސަތޭކަ ރުފިޔާ) އިން އެ ކައުންސިލް ޖޫރިމަނާކުރުމަށް އީޕީއޭއިން ވަނީ ނިންމާފައެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ސިޓީ ކައުންސިލާއި މެދު ފިޔަވަޅު އެޅުމުގެ ކުރިން އެ ކައުންސިލާއި ބައްދަލުކޮށް އެކަން ހުއްޓާލުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ޖޫރިމަނާކުރިކަމުގައިވީ ނަމަވެސް އަދިވެސް އެކަން ހުއްޓުނުކަމަށް ބުނެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް މާލެ ސިޓީ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާ މައްސަލަ އީޕީއޭ އަށް ގިނަ އަދަދެއްގެ ޢާންމުންވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަންގަވަންޖެހޭ ހުއްދަތައް ނެގުމަށާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ވެސް އީޕީއޭއިން އަންގާފައިވާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

މި މައްސަލައިގައި އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އެކި ތާރީޚްތަކުގައި އީޕީއޭގެ މުވައްޒަފުން އެ ސަރަޙައްދަށް ގޮސް ބަލާ ކަށަވަރުކޮށްފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް މާލެ ސިޓީ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ އެޖެންސީން އެ މައްސަލަ ބަލާފައިވާނެ ކަމަށެވެ. އެގޮތުން އީޕީއޭ އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާއި ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުން އެ އެޖެންސީއަށް އެނގުނު ގޮތުގައި މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ލިބޭކަން އެނގިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަންތަނަށްގޮސް ކުނި ނަގައި ސާފުކުރަމުން ގެންދާކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ. އަދި އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި (ރޭގަނޑު) މާލެ ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އަށް ރިޢާޔަތްކޮށް މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖޫރިމަނާކުރަން އީޕީއޭއިން ވަނީ ނިންމާފައެވެ. އީޕީއޭއިން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ ޖުމްލަ 45,500.00ރ (ސާޅީސް ފަސްހާސް ފައްސަތޭކަ ރުފިޔާ) އިންނެވެ. މާލެ ސިޓީ ކައުންސިލް ޖޫރިމަނާކުރީ 08 ޖޫން 2023ގައެވެ. ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ވަނީ އަންގާފައެވެ.

އަދި ހަމައެހެންމެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްދޭނަމަ ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ ދަށުން ވަނީ އަންގާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު