Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯގެ އެއްބަސްވުން އައުކުރުމަށް މޮރާޓާ ނިންމައިފި

އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2023 | ހޮނިހިރު 06:33
އެތުލެޓިކޯއިން ކުޅުނު މެޗެއްގައި މޮރާޓާ

އެތުލެޓިކޯއިން ކުޅުނު މެޗެއްގައި މޮރާޓާ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ސްޓްރައިކަރ އަލްވާރޯ މޮރާޓާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމަށް ނިންމައިފިއެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އެތުލެޓިކޯއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު މިހާރު އޭނާ ވަނީ އެއްބަސްވުން އައުކުރުމަށް ނިންމާފައެވެ. އެތުލެޓިކޯގެ އެއްބަސްވުން އޭނާ އައުކުރާނީ ތިން އަހަރަށް ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެއެވެ. އެހެންކަމުން އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މޮރާޓާގެ އެއްބަސްވުން އައުކުރުމަށް އެތުލެޓިކޯއިން ކުރަންޖެހޭ އެންމެހައި ކަންކަން އެ ކުލަބުން މިހާރު ވަނީ ފުރިހަމަކޮށްފައި ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މޮރާޓާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެތުލެޓިކޯއަށް ދެ ފަހަރެއްގެ މަތިން މޮރާޓާ ވަނީ 106 މެޗު ކުޅެދީ، 37 ލަނޑު ޖަހާފައެވެ. މޮރާޓާ އޭނާގެ ސީނިއަރ ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. އޭގެ ފަހުން އޭނާ ވަނީ އިޓާލިއަން ލީގުގެ ޔުވެންޓަސްއާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީއަށް ވެސް ކުޅެފައެވެ. އެތުލެޓިކޯގައި ހުރުމަށްފަހު އެންމެ ފަހުން އޭނާ ޔުވެންޓަސްއަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
23 މާރިޗު 2017

މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި

23 މާރިޗު 2017
މާލޭ ލީގުގެ ކުޅުން އެޕްރީލް ހަތްވަނަ ދުވަހު ފަށަން ނިންމައިފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު