Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިއްދޫ ޖޫނިއަރ ކޮލެޖް

ޖޫނިއަރ ކޮލެޖުގެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ ދިއްދުއަށް

ޖޫނިއަރ ކޮލެޖް އޮޕަރޭޝަނަލައިޒް ކުރުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މިނިސްޓްރީގެ ޓީމުން، ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖޫން 2023 | ހުކުރު 13:49
ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖް މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ބައްލަވާލައްވަނީ

ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖް މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ބައްލަވާލައްވަނީ

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ.ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްޓަކައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ދިއްދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

ޖޫނިއަރ ކޮލެޖް އޮޕަރޭޝަނަލައިޒް ކުރުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މިނިސްޓްރީގެ ޓީމުން، ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި، މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އެއް އަމާޒުކަމަށާއި، އެންމެ ދަތިވެގެންދިޔަ ކޮވިޑުގެ ދުވަސްވަރުގައި ވެސް ތަޢުލީމަށް ކުރައްވާ ހޭދަ މިސަރުކާރުން ހުއްޓަވައިނުލައްވާކަން ފާހަގަ ކުރެއްވިއެވެ.

އަދި މިޕްރޮޖެކްޓުގެ މަސައްކަތަށް ކައުންސިލާއި މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފެށުނީއްސުރެ ދެއްވަވަމުން ގެންދަވާ އެއްބާރުލުމާ އެހީތެރިކަން ފާހަގަ ކުރައްވާ އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ދިއްދޫއާއި އަތޮޅުގެ އެހެނިހެން ރަށްރަށުގެ ޒުވާނުނުންނަށް މި އިންސްޓިޓިއުޓުން ފެންވަރު ރަގަޅު މަސައްކަތުގެ ތަޢުލީމާއި ހުނަރު ލިބިގެންދިއުމަކީ އެ މަނިކުފާނު ކުރައްވާ ފޮނި އުއްމީދެއްކަމަށާއި، މިކަން ކާމިޔާބުވެއްޖެނަމަ މިއީ މި ސަރަޙައްދުގެ ޒުވާން އާބާދީއަށާއި އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރެއްވިއެވެ.

ދިއްދޫ ކައުންސިލުން އެންމެ އެދޭގޮތަށް އެރަށުގައި ކުރިއަށްދާ ޕްރޮޖެކްޓަކީ ދިއްދޫ ޖޫނިއަރ ކޮލޮޖް ޕްރޮޖެކްޓުކަން، ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ވަޙީދާއި ކައުންސިލުގެ އެހެނިހެން މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތާއި ހަލުވިމިނާ މެދު ހިތްހަމަޖެހޭކަން ފާހަގަ ކުރައްވައި، މި ޕްރޮޖެކްޓް ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް މިނިސްޓްރީގެ ފަރާތުން ކައުންސިލުގެ މަޝްވަރާ އާއި ޚިޔާލު އަބަދުވެސް ހޯއްދަވައި ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާކަން އުފަލާއެކު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ޖޫނިއަރ ކޮލެޖުގައި ކިޔަވައިދޭނެ ދާއިރާތަކާ ގުޅޭގޮތުން، ރަށުގެ މުއައްސަސާތަކާއި ސިނާއީ ދާއިރާތަކުގައި އުޅުއްވާ ފަރާތްތަކާއެކު ފޯކަސް ގްރޫޕް ޑިސްކަޝަނެއް މިނިސްޓްރީގެ ޓީމުގެ ފަރާތުން، ކުރިއަށް ގެންދެވިއެވެ. މިވަގުތު ރަށަށް އެންމެ މުހިއްމުވެފައިވާ، މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދާއިރާތަކާ ގުޅޭ ގޮތުން މި ޑިސްކަޝަންގައި މަޝްވަރާކުރެވުނެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަބްދުﷲ ވަހީދާއި ދިއްދޫ ކައުންސިލުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ.ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިމި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ވެސް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން މި އިންސްޓިޓިއުޓް ހިންގަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކިޔަވައިދޭނެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަދެއެވެ.

މިގޮތުން، "މީރީ" ޕްރޮޖެކްޓުން ވޯލްޑް ބޭންކްގެ އެހީގައި، ސްޓޭޓް-އޮފް-ދި-އާރޓް އައި.ސީ.ޓީ ލެބް ފަދަ ލެބޯޓަރީތަކަށް ބޭނުންވާ އިކުއިޕްމެންޓް އަދި ފަރުނީޗަރު ހޯދުމުގެ ޕްރޮކިޔުމެންޓް މަސައްކަތްތަކުގެ ބައެއް ބިޑް ކުރެވި، އަނެއްބައި މަސައްކަތްތައް ވަނީ އެވޯޑްކުރެވިފައެވެ. ދިއްދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ބައްލަވާލެއްވުމަށް މިނިސްޓަރ ޑރ.އިބްރާހީމް ޙަސަންގެ އަރިހުގައި މިނިސްޓްރީގެ އޮފިޝަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ވަޙީދާއި  ދިއްދޫ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު