Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތްތައް

މަދަނީ ޖަމްޢިއްޔާތަކަކީ އެ މުޖުތަމައެއް ހަރަކާތްތެރިކުރުވާ މައި އިންޖީނު: ރައީސް ސާލިޙު

ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށް ވެސް މުހިންމު ދައުރެއް އަދާކުރެވޭނީ މަދަނީ ޖަމްޢިއްޔާތަކަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޖޫން 2023 | ހުކުރު 06:29
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ވާހަކަފުޅުދައްކަވަނީ

މަދަނީ ޖަމްޢިއްޔާތަކަކީ އެ މުޖުތަމައެއް ހަރަކާތްތެރިކުރުވާ މައި އިންޖީނު ކަމަށާއި، އެ އިންޖީނު ހިނގާ ވަރަކަށް އެ މުޖުތަމައެއްގެ ހަކަތަ އިތުރުވެ ބުންވަރު ގަދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސާލިޙު ވިދާޅުވީ ކޮންމެ މުޖްތަމައެއްގައި ވެސް މަދަނީ ޖަމްޢިއްޔާތަކަކީ އެ މުޖުތަމައެއް ހަރަކާތްތެރިކުރުވާ މައި އިންޖީނު ކަމަށާއި، އެ އިންޖީނު ހިނގާ ވަރަކަށް، އެ މުޖުތަމައެއްގެ ހަކަތަ އިތުރުވެ ބުންވަރު ގަދަވާނެ ކަމަށެވެ. އެ މުޖުތަމައެއްގެ އިގްތިސާދީ މިސްރާބު އަމާން އައްސޭރިއަކަށް ސީދާކޮށްދިނުމުގައި ވެސް މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ ޑިމޮކްރެސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މަދަނީ ޖަމްޢިއްޔާތަކަށް ކަމަށާއި، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޙަރަކާތްތައް އެބައެއްގެ ތެރޭގައި ހިންގައިދޭ މައި ތަނބަކީ ވެސް މަދަނީ ޖަމްޢިއްޔާތައް ކަމަށެވެ.

ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދޭން ޖެހޭކަން ފާހަގަކުރައްވައި ރައީސް ސާލިޙު ވިދާޅުވީ އެ ނުރައްކާ ކުޑަކުރުމަށް، ރާއްޖޭގެ މާހައުލީ ނިޒާމު ހަލާކުވިޔަ ނުދީ ދިރުވައި ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމަށާއި، ކުރިމަގުގެ ޖީލުތަކަށްޓަކައި ވެސް، މި ވެށި ހިމާޔަތްކުރުމަކީ ވާޖިބެއް ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރެވިއްޖެ ނަމަ، އަމާޒަށް ވާސިލުވުން ވަރަށް ފަސޭހަވާނެ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ދޭންޖެހޭ އެއް ކަމަކީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުން ކަމަށާއި، އެކަމަށްޓަކައި އެންމެން ބައިވެރިވެގެން ޚާއްސަ މަސައްކަތްތަކެއް ފެށުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަދަނީ ޖަމްއިއްޔާތަކުގެ އެވޯޑް ހާސިލްކުރި 10 ޖަމްޢިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި އެވޯޑް ހާސިލުކުރާ ޖަމްޢިއްޔާތަކުގެ ތެރޭގައި، މުޖްތަމައުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ އަދި އެހާމެ އަގު ހުރި ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކެއް އެބަހުރި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ ވަރަށް ގިނަ އަހަރުތަކެއްވީ ޖަމްއިއްޔާތައް ހިމެނޭކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ އޭގެތެރޭގައި މީގެ 43 އަހަރު، 39 އަހަރު، 27 އަހަރު އަދި 25 އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ ޖަމްއިއްޔާތައް އެބަހުރި ކަމަށެވެ. އަދި ވަރަށް އަގުހުރި ޚިދުމަތްތަކެއް ދެމުން އަންނަ ވަރަށް ހަގު ޖަމްއިއްޔާތައް ވެސް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ޖަމްޢިއްޔާތަކަަށް ދެވުނު އެވޯޑުތަކަށް އިޝާރަތްކުރައްވައި ރައީސް ސާލިޙު ވިދާޅުވީ މި އެވޯޑްގެ އެންމެ މުހިންމު ބޭނުމަކީ، އިޖްތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުވުމަށް މަދަނީ ޖަމްޢިއްޔާތަކުން އަމިއްލަ އިސްނެގުމަށް ކުރާ ކަންކަމުގެ އަގުވަޒަންކުރުން ކަމަށާއި، މުޖުތަމަޢު ބާރުވެރިކުރުވުމުގައި އެފަދަ ޖަމްޢިއްޔާތަކުން އަދާކުރާ މުހިންމު ދައުރާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުމަކީ ވެސް މި އެވޯޑްގެ ވަރަށް މުހިންމު މަގުސަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު