Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަތުރުވެރިކަމުން ލިބޭ ތަޖުރިބާތައް

ޖަރުމަންވިލާތުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ޖޫން 4 ގެ ނިޔަލަށް އެމީހުން ވަނީ ރާއްޖެއިން ލިބެންހުރި ޚިދުމަތްތައް ތަޖުރިބާކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 ޖޫން 2023 | ހުކުރު 02:46
ޖަރުމަންވިލާތުގެ ނޫސްވެރިންގެ ޓީމު

ޖަރުމަންވިލާތުގެ ނޫސްވެރިންގެ ޓީމު

ރާއްޖޭއިން ފަތުރުވެރިންނަށް ލިބެންހުރި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި ދެމެހެއްޓެނިވި ޚިދުމަތްތައް ތަޖުރިބާކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަކަށް ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމު ރާއްޖެ އައިސްފައިވަނީ މޭ މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ޖޫން 4 ގެ ނިޔަލަށް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި ރާއްޖޭގެ މެހެމާންދާރީ މި ޓީމުން ތަޖުރިބާކުރިއެވެ.

މި ޓީމުގެ ފެމިލިއަރައިޒޭޝަން ދަތުރު ފެށީ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023ގައި ބައިވެރިވުމަށްފަހުއެވެ. މި ދަތުރުގައި މި ޓީމު ތިބީ ލެ މެރިޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ޑަބްލިއު މޯލްޑިވްސްގައެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ތަޖުރިބާ ކުރުމުގެ ފުރުސަަތު މި ޓީމަށް ލިބުނެވެ. 30 މެއި އިން 02 ޖޫން އަށް ބޭއްވި ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރަންސް 2023 އަކީ  ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން، ޓްރެވަލް ލިޔުންތެރިން، ނޫސްވެރިން، ބްލޮގަރުން، އިންފްލުއެންސަރުން އަދި މީޑިއާގެ ތަޖުރިބާކާރުން އެއްތަންވެ، ރާއްޖެއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ގަތާލުމަށް، ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. މި ކޮންފަރެންސް ނިމުމުން، މި ކޮންފަރެންސްގެ ބައިވެރިން ހޮވުމަށް ބޭއްވި ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނެވެ. މީގެ ތެރޭގައި މަންޓާ އާއި ވޭލް ޝާކާއެކު ސްނޯކްލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑްބެންކް ޕިކްނިކް ފަދަ ހަރަކާތްތައް ހިމެނުނެވެ.

މި ޓީމުގައި ހިމެނެނީ 4 ޕަބްލިކޭޝަނެއް ތަމްސީލުކުރާ 4 ނޫސްވެރިންނާއި، ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގެ 1 ޕީއާރު ރެޕްރެޒެންޓޭޓިވްއެވެ. މި ފެމިލިއަރައިޒޭޝަން ދަތުރަކީ 'އެފޯޑެބަލް ލަގްޒަރީ'، ލޯކަލް ޓޫރިޒަމް, އަދި ދިވެހިރާއްޖޭގައި ކުރިއަށްދާ ދެމެހެއްޓެނިވި ހަރަކާތްތަކުގެ މައްޗަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ދަތުރެކެވެ. ދިވެހިރާއްޖެއިން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ޖަރުމަނުވިލާތުގެ ކިއުންތެރިންނާއި ބެލުންތެރިންނާ ހިއްސާކުރާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ބްރޭންޑާ މެދު މި މާކެޓުގައި އޮތް ހޭލުންތެރިކަން އިތުރުވެ، ރާއްޖެ އަކީ ދެމެހެެެއްޓެނިވި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެއެވެ. މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރުކުރާ އެކި ކޮންޓެންޓުގެ ޖުމްލަ އިމްޕްރެޝަންސް 2,568,000 އަށް ވުރެ ގިނަވާނެކަމަށް ބެލެވެއެވެ.

މި މީޑިއާ ދަތުރަކީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް ކަނޑައަޅާފައިވާ، އެމްއެމްޕީއާރުސީގެ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ޚިދުމަތްތައް މި ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި މާކެޓްކުރުމަށެވެ. ޖަރުމަނުވިލާތަކީ  ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު