Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކާކްހޯވްކާ ޑޭމަށް ދިން ހަމަލާ

ކާކްހޯވްކާ ޑޭމަށް ދިން ހަމަލާއާއެކު އެސަރަހައްދުގައި ބަލިމަނޑުކަމެއް ފެތުރިދާނެކަމުގެ ބިރު

8 ޖޫން 2023 | ބުރާސްފަތި 07:37

ބޯ ފެނާއި އެހީތެރިކަން ނުލިބި އެތައް ބަޔަކު ފެނުގެ އަޑިއަށް ގޮސްފައިވާ އެމީހުންގެ ގޭގެ ފުރާޅުގައި ތާށިވެފައިވަކަން ޒެލެންސްކީ ފާހަގަކުރެއްވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 ޖޫން 2023 | ބުރާސްފަތި 07:37
ކާކްހޯވްކާ ޑޭމަށް ދިން ހަމަލާއާއެކު އެސަރަހައްދުގެ ގެތަށް ފެނުގެ އަޑިއަށް

ކާކްހޯވްކާ ޑޭމަށް ދިން ހަމަލާއާއެކު އެސަރަހައްދުގެ ގެތަށް ފެނުގެ އަޑިއަށް

ޔޫކްރެއިންގެ ޑްނީޕްރޯ ކޯރުގައި އޮންނަ ކާކްހޯވްކާ ޑޭމަށް ދިން ހަމަލާއާއެކު އެސަރަހައްދުގައި ފެން ބޮޑުވެ، އެސަރަހައްދުގައި ބަލިމަނޑުކަމެއް ފެތުރިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން، ކާކްހޯވްކާ ޑޭމަށް ދިން ހަމަލާއާއެކު އެސަރަހައްދުގައި ފެން ބޮޑުވެ، އެތައް ބަޔަކަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ދާން މަޖުބޫރުވެފައެވެ.

މިކަމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ފެން ބޮޑުވުމުގެ ސަބަބުން، ރަޝިއާއިން ހިފާފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ކިހާ އަދަދެއްގެ މީހުން މަރުވާނެކަން ބުނަން ނޭނގޭކަމަށް ވިދާޅުވެ، މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުން އަވަސް އަދި ސާފު ރިއެކްޝަނެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެސަރަހައްދުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަމަށް ޒެލެންސްކީ ވަނި ވިދާޅުވެފައެވެ. އަދި ބޯ ފެނާއި އެހީތެރިކަން ނުލިބި އެތައް ބަޔަކު ފެނުގެ އަޑިއަށް ގޮސްފައިވާ އެމީހުންގެ ގޭގެ ފުރާޅުގައި ތާށިވެފައިވަކަން ޒެލެންސްކީ ފާހަގަކުރެއްވިއެވެ.

ޔޫކްރެއިނުން ވަނީ ޑޭމަށް ދިން ހަމަލާގެ ސަބަބުން ބޮޑުވަމުންދާ ފެންޑަނގުގެ އަސަރު މިހާރު ވެސް 80ށް ވުރެ ގިނަ އާބާދީތަކަށް ކޮށްފައިވާކަމަށް ބުނެފައެވެ. އަދި ބޮޑުވަމުންދާ ފެންގަނޑަށް ތަފާތު ކެމިކަލްތަކާއި ބެކްޓީރިއާ ދޫވެ، ތަފާތު ބަލިތައް ފެތުރުމުގެ ބިރުވެރިކަންވެސް އެބަ އޮތްކަން އެގައުމުން ފާހަގަކުރެއެވެ.

ޔޫކްރޭނުން ވަނީ ޑޭމަށް މިިދިން ހަމަލާގެ ސަބަބުން ލައްކައެއްހާ މީހުންނަށް ބޯފެން ނުލިބި، އެތައް ހާސް ހެކްޓަރުގެ ދަނޑުވެރިކަމުގެ ބިންތައް ޗަސްކޮށްފައިކަމަށް ބުނެފައެވެ. އަދި ޑޭމް މެދުވެރިކޮށް ފެން ފޯރުކޮށްސެމުންދިޔަ 500،000 ހެކްޓަރުގެ ބިމަށް ފެންނުލިބި އެސަރަހައްދުތައް ސަހަރާތަކަށް ބަދަލުވެގެންދާނެ ކަަމަށް އެގައުމުން ބުނެއެވެ.

ކާކްހޯވްކާ ޑޭމަށް ހަމަލާތައް އަމާޒުވެ، ޑޭމް ގޮއްވާލާފައި ވަނީ އަންގާރަ ދުވަހުއެވެ. މިހަމާލާ އާއެކު ރަޝިއާ އާއި ޔޫކްރެއިނުން ދަނީ އެއްގައު އަނެއް ގައުމަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. ޔޫކްރެއިނުން މިއީ ރަޝިއާއިން ދިން ހަމަލާއެއް ކަމަށް ތުހުމަތުކުރާއިރު، ރަޝިއާއިން ވަނީ މިއީ ޔޫކްރެއިނުން ހިންގި ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެފައެވެ. ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވަނީ މިއީ އިންސާނީ އަދި ތިމާވެށިގެ ކާރިސާއެއް ކަމަށް ސިފަކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް