Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީގެ މުސްތަޤުބަލު

"ހުރިހާ ކަމަކީ ފައިސާނަމަ، އަހަރެން ހުންނާނީ ސައުދީ ލީގުގައި!"

މެސީ ބުނީ، އޭނާ އަށް ޔޫރަޕުގެ އެހެން ކުލަބުތަކުން ވެސް ހުށަހެޅުން ލިބިފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2023 | ބުރާސްފަތި 04:54
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ހުރިހާ ކަމަކީ ފައިސާ ނަމަ، އޭނާ ހުންނާނީ ސައުދީ ޕްރޯ ލީގުގައި ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނީ ޕީއެސްޖީ ދޫކޮށް އެމެރިކާގެ އިންޓަ މިއާމީ އަށް ބަދަލުވުމަށް ނިންމުމަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، އެއްވެސް އިރެއްގައި ފައިސާ އަކީ އޭނާ އަށް މާ ބޮޑު އެއްޗެއް ނޫން ކަމަށެވެ. މެސީ ބުނީ، ޕީއެސްޖީ ދޫކޮށްލަން ނިންމުމަށްފަހު، ބާސެލޯނާއާއެކު އެއްބަސްވުމުގެ އެއްވެސް ވާހަކައެއް މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. ބާސެލޯނާ އިން އޭނާ އަށް ޕްރޮޕޯސަލް އެއް ފޮނުވި ކަމަށާއި، ނަމަވެސް އެއީ ރަސްމީ އެއްޗެއް ނޫން ކަމަށް މެސީ ވަނީ ބުނެފަ އެވެ. ހަމައެއާއެކު އޭނާ އަށް ލިބޭނެ މުސާރައެއް ވެސް މަޝްވަރާކޮށްފައި ނުވާނެ ކަމަށް މެސީ ބުންޏެވެ. އޭނާ ބުނީ މިއީ ފައިސާއާ ގުޅުން ހުރި ކަމެއް ނޫން ކަމަަށާއި، އެ ނޫން ނަމަ އޭނާ ހުންނާނީ ސައުދީ ލީގުގައި ކަމަަށެވެ. މެސީ އެހެން ބުނީ ސައުދީގެ އަލް ހިލާލުން އޭނާ އަށް ހުށަހެޅި ޕްރޮޕޯސަލަށް އިޝާރަތްކޮށެވެ. އެ ކުލަބުން ވަނީ މެސީ އަށް އަހަރަކު 400 މިލިއަން ޔޫރޯ އަށްވުރެ ބޮޑު އަދަދެއް ލިބޭ ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. ނަމަވެސް މެސީ ނިންމީ އިންޓަ މިއާމީ އަށް ބަދަލުވުމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މެސީ ބުނީ، އޭނާ އަށް ޔޫރަޕުގެ އެހެން ކުލަބުތަކުން ވެސް ހުށަހެޅުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ހުށަހެޅުމަކާ މެދު އޭނާ ވިސްނާފައި ނުވާ ސަބަބަކީ، ޔޫރަޕުގައި އޭނާ ކުޅެން ބޭނުންވަނީ ބާސެލޯނާ އަށް ކަމަށްވުމުން ކަމަށް މެސީ ވަނީ ބުނެފަ އެވެ. އިތުރަށް މެސީ ބުނީ އޭނާ ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކުރި ކަމެއް ޔަގީން ނުވާ ކަމަށެވެ. ހަމައެކަނި އިނގެނީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އޭނާއާ ދެއްކި ވާހަކަ ކަމަށް މެސީ ބުންޏެވެ. ނަމަވެސް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާއާ ގިނަ ފަހަރު ވާހަކަ ނުދައްކާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިންޓަ މިއާމީ އަކީ ޔޫރަޕުން ބޭރުގައި މެސީ ކުޅޭނެ ފުރަތަމަ ކުލަބެވެ. އެކުލަބަށް މެސީ ބަދަލުވާނެކަން މިހާރު ވަނީ މުޅިން ކަށަވަރުވެފަ އެވެ. ނަމަވެސް އެއްބަސްވުން އެކުލަވާލާނެ މުއްދަތެއް ބުނެފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
08 އެޕްރީލު 2017

އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ

08 އެޕްރީލު 2017
އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު