Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމިފްކޯއަށް މަސްކިރުން

މަސްކިރި މިންވަރު އިތުރުވެ މަސްވެރިންގެ އާމްދަނީ މައްޗަށް!

8 ޖޫން 2023 | ބުރާސްފަތި 03:41

އަހަރުގެ މިހާތަނަށް 38،239 ޓަނުގެ މަސް ކިރާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ޖޫން 2023 | ބުރާސްފަތި 03:41
މިފްކޯގެ ޖަރީޒާ 103 އަށް މަސްކިރަނީ

މިފްކޯގެ ޖަރީޒާ 103 އަށް މަސްކިރަނީ

މިއަހަރުގެ މިހާތަނަށް މިފްކޯއިން 38،239 ޓަނުގެ މަސް ކިރައިފިއެވެ.

މިފްކޯއިން ވަނީ ޖޫން 2ގެ ނިޔަލަށް މިއަހަރު މިފދްކޯއިން މަސްކިރާފައިވާ މިންވަރާއި، މަސްވެރިންނަށް ދީފައިވާ ފައިސާގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އަހަރުގެ މިހާތަނަށް 38،239 ޓަނުގެ މަސް ކިރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 35 އިންސައްތަ އިތުރު އަދަދެއް ކަމަށް މިފްކޯއިން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ކިރާފައިވަނީ 28،273 ޓަނުގެ މަހެވެ.

މިފްކޯއިން ވަނީ އެކި ތަންތަނުން މަސްކިރި މިންވަރުވެސް ހާމަކޮށްފައެވެ. މިގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން 4،676 ޓަނުގެ މަސް ކިރާފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެތަނުން މަސްކިރި އަދަދަށްވުރެ 16 އިންސައްތަ އިތުރު އަދަދެކެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން 29،299 ޓަނުގެ މަސް ކިރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 35 އިންސައްތަ އިތުރު އަދަދެކެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިހާތަނަށް 4،335 ޓަނުގެ މަސް ކިރާފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 70 އިންސައްތަ އިތުރު އަދަދެއް ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މިފްކޯއިން ބުނީ މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު މަސްވެރިންނަށް ދީފައިވާ ފައިސާވެސް އިތުރު ކަމަށެވެ. މިގޮތުން މިހާތަނަށް 636،969،593 (ހަސަތޭކަ ތިރީސް ހަމިލިއަން ނުވަލައްކަ ފަސްދޮޅަސް ނުވަހާސް ފައްސަތޭކަ ނުވަދިހަ ތިނެއް) ރުފިޔާ މަސްވެރިންނަށް ދީފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އައިއިރު މަސްވެރިންނަށް ދީފައިވަނީ 457،007،020 (ހަތަރުސަތޭކަ ފަންސާސް ހަތްމިލިއަން ހަތްހާސް ވިހި) ރުފިޔާއެވެ.

ސަރުކާރުން ދަނީ މަސް ކިރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގް ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފަށަން ވަނީ ނިންމާފައެވެ. އަދި އޯގަސްޓު މަސްތެރޭގައި މިފްކޯގެ މަސްބަނދަރު ބޭނުންކުރަން ފަށަން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް