Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަންނުވެރި ޒުވާނުން އުފެއްދުން

މާކެޓް އޮތް ދާއިރާތައް ބަލައި ފަންނުވެރި ޒުވާނުން އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުން: ޕޮލިޓެކްނިކް

7 ޖޫން 2023 | ބުދަ 22:15

ޗައިލްޑް ކެއަރ ސެންޓަރެއް ވެސް ގާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖޫން 2023 | ބުދަ 22:15
ފަލަސުރުޚީ ޕްރޮގްރާމްގެ ތެރެއިން

ފަލަސުރުޚީ ޕްރޮގްރާމްގެ ތެރެއިން

ރާއްޖޭގައި މާކެޓް އޮތް ދާއިރާތައް ބަލައި، އެ ދާއިރާތަކުން ފަންނުވެރި ޒުވާނުން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ޑިރެކްޓަރު ސަންފާ އަރުޝިދާ ވިދާޅުވީ މިހާރު ވެސް ގިނަ ކޯސްތައް ހިންގަމުންދާ ކަމަށާއި، މިހާރު 600ށްވުރެ ގިނަ ދަރިވަރުން އެކި ކޯސްތައް ފުރިހަމަކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ދަރިވަރުން ނެރުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވައި ސަންފާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކާއި، ޑިވަލޮޕްމެންޓަށް މުހިންމު ދާއިރާތައް ބަލަމުންދާ ކަމަށާއި، އެ ދާއިރާތަކަށް ދަރިވަރުން ތަމްރީން ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ދާއިރާތަކާއި ގުޅޭ ހުނަރުވެރި، ފަންނުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަންފާ ވިދާޅުވީ ވޯލްޑް ބެންކްގެ އެހީއާއެކު ޚާއްސަ ލެބެއް ތަރައްގީ ކުރަމުންދާ ކަމަށާއި، އެއީ މުޅިން އައު ތަޖުރިބާއަކަށްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޗައިލްޑް ކެއަރ ސެންޓަރެއް ވެސް ޕޮލިޓެކްނިކްގައި ގާއިމްކުރުމުގެ މަސައްކަތް ކުރާ ކަމަށާއި، އެ ތަން ވެގެންދާނީ ކިޔަވަން އަންނަ ދަރިވަރުންގެ ދަރިންނަށް ޚިދުމަތް ދެވޭނެތަނަކަށް ކަމަށެވެ. އެ ސެންޓަރު ތަރައްގީ ކުރެވިގެންދާނީ ތަމްރީން ހިންގޭ ގޮތަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި އާރލީ ޗައިލްޑްހުޑް ޑިވަލޮޕްމެންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަންފާ ވިދާޅުވީ ސްޓޭކް ހޯލްޑާސްއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އަހަރުން އަހަރަށް ކޯސް ހަދާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް