Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިއާދަކުރަނިވި ހަކަތަ

ދުނިޔެއަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކަރަންޓުގެ ދާއިރާއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުން - ޝައުނާ

ސޯލާއަކީ ބޮޑެތި ފައިދާތަކެއް ލިބޭ އެއްޗެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖޫން 2023 | ބުދަ 17:13
އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓަރުންގެ ކޮންފަރެންސްގައި މިނިސްޓަރު، ޝައުނާ ވާހަކަފުޅުދައްކަވަނީ

އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓަރުންގެ ކޮންފަރެންސްގައި މިނިސްޓަރު، ޝައުނާ ވާހަކަފުޅުދައްކަވަނީ

މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ދުނިޔެއަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކަރަންޓުގެ ދާއިރާއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް (އާރްއީއައިސީ 2023) ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގައި ކަރަންޓުގެ ދާއިރާއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަގުފަހިކޮށްދޭ ޓެކްނޮލޮޖީއަކީ އިއާދަކުރަނިވި ހަކަތަ، އަދި ވަކިން ޚާއްސަކޮށް އިރުގެ ހަކަތަ ކަމަށެވެ. އަދި އިމްޕޯޓުކުރާ ފޮސިލް ފިއުލާ އަޅައިބަލާއިރު ސޯލާއަކީ ބޮޑެތި ފައިދާތަކެއް ލިބޭ އެއްޗެއް ކަމަށެވެ. ރާއްޖޭގައި އިރުގެ އަލި ގިނައިން ލިބޭކަމަށާއި، ސޯލާ އިންސްޓޯލްކުރުމުން ހަކަތައިގެ ރައްކާތެރިކަން އިތުރުވެގެންދާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ހުރިހާ ސަބަބުތަކަކަށްޓަކައި، އިއާދަކުރަނިވި ހަކަތަ ގެނައުމުގެ އެންމެ ބޮޑު މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ. އަދި ބޭރުގެ ތެލުގެ ބަދަލުގައި، ރާއްޖޭގެ އިރުގެ އަލިން ހަކަތަ ލިބޭ ގައުމަކަށް ވުމަށްޓަކައި، އުންމީދީ ޕްލޭންތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން އެބަޖެހޭ ކަމަށެވެ. އަދި ޕަބްލިކް ސެކްޓަރ ފަންޑިންގއަކީ ހަމައެކަނި އުންމީދުތައް ހަގީގަތަކަށް ހެދުމަށް ފުދޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންވީމައި، ހަކަތައިގެ ބަދަލު ކުރިއަށް ގެންދިޔުމަށްޓަކައި، ޕްރައިވެޓް ސެކްޓަރަށް އެނބުރެންޖެހޭ ކަމަށެވެ. އަދި ޕްރައިވެޓް އިންވެސްޓްމަންޓަށް ބޭނުންވާ ފަހި މާހައުލެއް ގާއިމުކުރުމަށް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފެނުނު ކަމަކީ، ޕީޕީއޭ ޓެރިފް މިހާރު ހުރީ ޑީސަލް ކަރަންޓުގެ ނޮމިނަލް ކޮސްޓްގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ ކަމަށެވެ. އޭގެ މާނައަކީ އިންވެސްޓަރުންނާއި ޔުޓިލިޓީ ކުންފުނިތަކަށް ފައިދާއަކަށް ބަދަލުކުރެވޭއިރު، ސަރުކާރުން ސަބްސިޑީގެ ބުރަ ކުޑަކޮށް، ގައުމީ މާލީ ހާލަތު ރަނގަޅުކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިއާދަކުރަނިވި ހަކަތައަކީ އަގާއި، ފައިދާއާއި، ސަބްސިޑީއާއި، ހަކަތައިގެ ރައްކާތެރިކަމާއި، ސާފު ވައިގެ ޒަރިއްޔާއިން ފޯރުކޮށްދޭ ހަކަތައެއް ކަމަށެވެ. އަދި ހަމައެކަނި ކަރަންޓުގެ ދާއިރާ ޑިކާބޮނައިޒް ކުރުމަކީ އަޅުގަނޑުމެން ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވަނީ މުޅި އިގްތިސާދު ޑިކާބޯނައިޒް ކުރައްވަން ކަމަށެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
05 އެޕްރީލު 2017

އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު

05 އެޕްރީލު 2017
އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު
04 އެޕްރީލު 2017

ސަރުކާރުން މަޝްވަރާ އަށް ގޮވާލަނީ ބޭރު ދުނިޔެއަށް އޮޅުވާލުމަށް: ހަސަން ލަތީފު

04 އެޕްރީލު 2017
ސަރުކާރުން މަޝްވަރާ އަށް ގޮވާލަނީ ބޭރު ދުނިޔެއަށް އޮޅުވާލުމަށް: ހަސަން ލަތީފު
25 މާރިޗު 2017

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

25 މާރިޗު 2017
އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
23 ފެބުރުއަރީ 2017

މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ

23 ފެބުރުއަރީ 2017
މުޅި ދުނިޔެއަށްވެސް ރައީސް ނަޝީދު ދައްކަވަނީ އާދަޔާ ޚިލާފު ނަމޫނާ ހިތްވަރުފުޅެއް: އެމްޑީޕީ
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު