Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެވެށި ގުޅުން ކެމްޕެއިން

ކުޑަކުދިންގެ ކާޓޫން ސީރީޒް "މިޔޯ" ގެ ޝޯއެއް 8 ޖޫންގައި!

މިކާޓޫނު ސީރީސްގައި ޖުމްލަ 12 އެޕިސޯޑް ހިމެނޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 ޖޫން 2023 | ބުދަ 08:44
ކުޑަކުދިންގެ ކާޓޫން ސީރީޒް "މިޔޯ"

ކުޑަކުދިންގެ ކާޓޫން ސީރީޒް "މިޔޯ"

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރު ކޮށްފައިވާ ކުޑަކުދިންގެ ކާޓޫން ސީރީޒް "މިޔޯ" ގެ ޝޯއެއް ދައްކާލަން ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެފި އެވެ.

ޖެންޑަރ މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ކުޑަކުދިންގެ ކާޓޫން ސީރީޒް "މިޔޯ" ގެ ޝޯއެއް ދައްކާލަން ހަމަޖެހިފައިވަނީ 8 ޖޫން 2023 ރޭގަނޑު 08:15 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. ކުރިން މިމަހުގެ އެއްވަނަ ދުވަހު މިޝޯވ ބާއްވަން ނިންމި ނަމަވެސް މޫސުމް ގޯސްވުމުގެ ސަބަބުން ވަނީ ފަސްކޮށްފައެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ، ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފައިވަނީ މެއި 26، 2023 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ކާޓޫނު ސީރީސް އަކީ ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ ދިރިއުޅުމުގެ ރީތި ބައެއް އާދަތަކަށް ކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ގެންޑަރ މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މި ކާޓޫނު ސީރީސްގައި ޖުމްލަ 12 އެޕިސޯޑް ހިމެނެއެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2018

ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި

30 ޖެނުއަރީ 2018
 ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހިންގި ފޭސްބުކް ޕޭޖާ ގުޅިގެން ފުލުހުން ގެއެއް ބަލާ ފާސްކޮށްފި
16 ޑިސެމްބަރު 2017

ރާއްޖެޓީވީން ކުޑަކުދިންނަށް ހާއްސަކޮށްގެން ޖާދޫގެ ޝޯއެއް ބާއްވައިފި

16 ޑިސެމްބަރު 2017
ރާއްޖެޓީވީން ކުޑަކުދިންނަށް ހާއްސަކޮށްގެން ޖާދޫގެ ޝޯއެއް ބާއްވައިފި
07 ނޮވެމްބަރު 2017

ރައީސް މައުމޫނަށް ހަޖޫޖަހާފައިވާ ކާޓޫންތައް ޗެނަލް 13 އިން ދެއްކީ ރަނގަޅަށް ކަމަށް ބްރޯޑްކޮމްއިން ނިންމައިފި

07 ނޮވެމްބަރު 2017
ރައީސް މައުމޫނަށް ހަޖޫޖަހާފައިވާ ކާޓޫންތައް ޗެނަލް 13 އިން ދެއްކީ ރަނގަޅަށް ކަމަށް ބްރޯޑްކޮމްއިން ނިންމައިފި
02 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާ ގައި "ޖަނަވާރުތައް" ކަމަށް ބުނެ ބެހެއްޓި ތަކެތި މީހުންގެ މަލާމާތަށް ފަހު ކޮށިން ނެރެފި

02 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާ ގައި "ޖަނަވާރުތައް" ކަމަށް ބުނެ ބެހެއްޓި ތަކެތި މީހުންގެ މަލާމާތަށް ފަހު ކޮށިން ނެރެފި
01 ސެޕްޓެމްބަރު 2017

މަރާމާތައް ފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ

01 ސެޕްޓެމްބަރު 2017
މަރާމާތައް ފަހު ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވަނީ
20 ޖޫން 2017

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް

20 ޖޫން 2017
ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
11 މެއި 2017

އިންޑިއާ އާއި ރާއްޖޭގެ ސަގާފަތް ދައްކުވާލާ ޝޯއެއް ބާއްވައިފި

11 މެއި 2017
އިންޑިއާ އާއި ރާއްޖޭގެ ސަގާފަތް ދައްކުވާލާ ޝޯއެއް ބާއްވައިފި
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު