Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ބެންޒެމާ ރެއާލް ދޫކޮށްލުން، ޕެރޭޒަށް ބޮޑު ހިތްދަތި ކަމެއް!

7 ޖޫން 2023 | ބުދަ 06:44

ބެންޒެމާ ރެއާލާ ގުޅުނީ ވަރަށް ޒުވާން އުމުރުގައި، ނަމަވެސް މިއަދު ރެއާލް ދޫކޮށް ބެންޒެމާ ވަނީ ކުލަބުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2023 | ބުދަ 06:44
ރެއާލްގެ ރައީސް ޕެރޭޒް އަދި ބެންޒެމާ

ރެއާލްގެ ރައީސް ޕެރޭޒް އަދި ބެންޒެމާ

ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ އެ ޓީމު ދޫކޮށްލަން ނިންމުމަކީ ލިބުނު ބޮޑު ހިތްދަތި ކަމެއް ކަމަށް އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ވިދާޅުވެއްޖެ އެވެ.

ޕެރޭޒް މިހެން ވިދާޅުވީ ބެންޒެމާ ރެއާލަށް އަލްވަދާއު ކިޔުމަށް ބޭއްވި ޚާއްސަ އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ. ޕެރޭޒް ވިދާޅުވީ ބެންޒެމާ ރެއާލް ދޫކޮށްލަން ނިންމާފައިވާ ޚަބަރު ލިބުމާއެކު، އޭނާ އަށް ބޮޑު ހިތްދަތި ކަމަކާއި ހިތާމަވެރިކަމެއް ލިބުނު ކަމަށެވެ. ޕެރޭޒް ވިދާޅުވީ އެކަމުގެ ހިތާމަ އޮންނާނީ ހަމައެކަނި ރެއާލްގެ ސަޕޯޓަރުންގެ ކިބައިގައި ނޫން ކަމަށާއި، އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ލިބުނު ހިތާމައެއް ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފާއިތުވި ދުވަސްތަކުގައި ބެންޒެމާ ވަނީ ފުޓުބޯޅައިގައި އެކި ޖާދޫ ދައްކައިފަ އެވެ. އެކަން ފާހަގަ ކުރައްވައި ޕެރޭޒް ވިދާޅުވީ، ބެންޒެމާ ރެއާލާ ގުޅުނީ ވަރަށް ޒުވާން އުމުރުގައި ކަމަށެވެ. ނަމަވެސް މިއަދު ރެއާލް ދޫކޮށް ބެންޒެމާ ވަނީ ކުލަބުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ކަމަށް ވެސް ޕެރޭޒް ވިދާޅުވި އެވެ.

މީގެ އިތުރުން ޕެރޭޒް ވިދާޅުވީ ބެންޒެމާ ރެއާލް ދޫކޮށްލަން ނިންމުމާއެކު، އެކަމުގެ ހިތާމަ ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ވާހަކައެއް އޮތް ކަމަށެވެ. އެއީ ބެންޒެމާ ކަހަލަ މޮޅު ކުޅުންތެރިޔަކު ރެއާލަށް ކުޅުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި، އެކަމާ އުފާ ކުރަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރެއާލްގައި ބެންޒެމާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އަކީ ރެއާލް އާއެކު އެންމެ ގިނަ ތަށި ކާމިޔާބު ކުރި އެއް ކުޅުންތެރިޔާ އެވެ.

ރެއާލް ދޫކޮށް މިހާރު ބެންޒެމާ ވަނީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވެފަ އެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް