Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް ހޮޓްސްޕާ

ޓޮޓެންހަމްގެ އައު ކޯޗަކަށް ޕޮސްޓެކޯގްލޫ ހަމަޖައްސައިފި

6 ޖޫން 2023 | އަންގާރަ 16:42

ޕޮސްޓެކޯގްލޫ ވަނީ އެންމެ ފަހު ދެ ސީޒަނުގައި ސެލްޓިކްއަށް ފަސް ތަށި ކާމިޔާބުކޮށްދީފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 6 ޖޫން 2023 | އަންގާރަ 16:42
ޕޮސްޓެކޯގްލޫ

ޕޮސްޓެކޯގްލޫ

ޓޮޓެންހަމްގެ އައު ކޯޗަކަށް ސެލްޓިކްގެ ކުރީގެ ކޯޗު އެންޖް ޕޮސްޓެކޯގްލޫ ހަމަޖައްސައިފިއެވެ.

އަންގާރަ ދުވަހު ކުލަބުން އާންމުކުރި ގޮތުގައި ޕޮސްޓެކޯގްލޫއާއެކު ހަދާފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ޖުލައި ފުރަތަމަ ދުވަހު ޓީމާ ރަސްމީކޮށް ހަވާލުވާއިރު، އޭނާ ވެގެންދާނީ ޕްރިމިއަރ ލީގުގައި ކޯޗުކަންކޮށްދޭ އޮސްޓްރޭލިއާގެ ފުރަތަމަ ކޯޗަށެވެ.

ސްޕާސްގެ ޗެއާމަން ޑެނިއެލް ލެވީ ބުނީ، ޕޮސްޓެކޯގްލޫއަކީ އެޓޭކިންގ ފުޓުބޯޅަ ކުޅުވަން ރަނގަޅު ކޯޗެއް ކަމާއި، ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެ ކުޅުންތެރިން ތަމްރީނުކުރަން ރަނގަޅު ކޯޗެއްކަމަށެވެ.

މާޗް މަހު ކޮންޓޭ ވަކިވުމާ ގުޅިގެން ކްރިސްޓިއަން ސްޓެލީނީއާއި ރަޔަން މޭސަން ވަނީ ސްޕާސް ޓީމުގެ ވަގުތީ ކޯޗުކަމާ ހަވާލުވެފައެވެ. ކޮންޓޭ ޓީމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އޭނާ ވެގެންދިޔައީ 15 އަހަރު ތެރޭގައި ސްޕާސްއަށް ތައްޓެެއް ހޯދައިދޭން މަސައްކަތްކޮށް، ނާކާމިޔާބުވި ހަތްވަނަ ކޯޗަށެވެ. އެންމެ ފަހުން އެ ޓީމަށް ކާމިޔާބުކުރެވުނީ 2008 ވަނަ އަހަރުގެ ލީގު ކަޕެވެ.

އުމުރުން 57 އަހަރުގެ ޕޮސްޓެކޯގްލޫ ވަނީ އެންމެ ފަހު ދެ ސީޒަނުގައި ސެލްޓިކްއަށް ފަސް ތަށި ކާމިޔާބުކޮށްދީފައެވެ.

މި ސީޒަން ސްޕާސްއިން ނިންމާލަން ޖެހުނީ ތާވަލުގެ އަށްވަނާގައެވެ. އަންނަ ސީޒަން ވެގެންދާނީ 2009/10 ވަނަ ސީޒަނަށްފަހު ޔޫރަޕުގެ މުބާރާތެއްގައި ސްޕާސްއަށް ޖާގަ ނުލިބޭ ފުރަތަމަ ސީޒަނަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް