Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހަޒާޑްގެ ކުރިމަގު

ހަޒާޑުގެ ވިސްނުން ހުރީ ފުޓުބޯޅަ އިން ރިޓަޔާވުމަށް

ރެއާލާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ވަނީ އެއްބަސްވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޖޫން 2023 | އަންގާރަ 10:35
ރެއާލަށް ކުޅެމުން އައި އެޑެން ހަޒާޑް

ރެއާލަށް ކުޅެމުން އައި އެޑެން ހަޒާޑް

މި ސީޒަނަށް ފަހު ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ އެޑެން ހަޒާޑުގެ ވިސްނުން ހުރީ ފުޓުބޯޅަ އިން ރިޓަޔާވުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޗެލްސީ ދޫކޮށް ހަޒާޑް ރެއާލަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރު އެވެ. ނަމަވެސް ރެއާލާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ހަޒާާޑް ވަނީ އެއްބަސްވުން އުވާލަން އެއްބަސްވެފަ އެވެ. އަދި އެއްބަސްވުމުގައި ބާކީ އޮތް އެއް އަހަރަށް އޭނާ އަށް ލިބޭނެ ކަމަށް ބުނާ ހަތް މިލިއަން ޕައުންޑު ވެސް އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެހެންކަމުން މި ސީޒަނަށް ފަހު ހަޒާޑު ދެން ރެއާލަކުން ނުފެންނާނެ އެވެ. ރެއާލް ދޫކޮށް ހަޒާޑް ވަކި ކުލަބަކަށް ބަދަލުވާން ނިންމާފައިވާކަމެއް އޭރު ހާމަކޮށްފައެއް ނުވެ އެވެ.

އޭގެ ފަހުން ބޭރުގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިހާރު ހަޒާޑުގެ ވިސްނުން ހުރީ ފުޓުބޯޅަ އިން ރިޓަޔާ ވުމަށެވެ. އުމުރުން މިހާރު 32 އަހަރުވެފައިވާ ކުޅުންތެރިޔާގެ ފަރާތުން އެކަމާ ގުޅިގެން ރަސްމީކޮށް ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ. މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތަށް ފަހު ހަޒާޑް ވަނީ ބެލްޖިއަމް ޤައުމީ ޓީމަށް ވެސް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ރެއާލްގައި ހޭދަ ކުރި ހަތަރު ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް 76 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. ރެއާލަށް ބަދަލުވި ނަމަވެސް ހަޒާޑަށް އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ރެއާލަށް ބަދަލުވި ފަހުން އޭނާ އަށް ވަނީ ފިޓްނަސް އަދި އަނިޔާގެ މައްސަލަތައް ކުރިމަތި ވެސް ވެފަ އެވެ. މި ސީޒަނުގައި ހަޒާޑް ރެއާލަށް ކުޅެދީފައި ވަނީ 10 މެޗެވެ. އޭގެ ތެރެއިން ހަ މެޗަކީ ސްޕެނީޝް ލީގުގެ މެޗުތަކެވެ. މި ސީޒަނުގައި އޭނާ އަށް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ. ހަޒާޑް ވަނީ ރެއާލާއެކު ހަ ތަށި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕް ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު