Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެޓީރިއަލް ރިކަވަރީ ފެސިލިޓީ

ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި މޯޕާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް އިފްތިތާޙް ކޮށްފި

ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ވަނީ އެމްއާރްއެފް ގާއިމްކޮށް، ހިންގުމަށް 150،000 ޑޮލަރުގެ ފައިސާގެ އެހީ ދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖޫން 2023 | ހޯމަ 16:43
ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ އިފްތިތާހުކުރުން

ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ އިފްތިތާހުކުރުން

ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) މިއަދު އިފްތިތާހުކޮށް، ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ ބައިވެރިން ގުޅިގެން މުހިންމު މަޝްރޫއެއް ފަށައިފި އެވެ.

އުކާލެވޭ ޕްލާސްޓިކް އެއްކޮށް، ރީސައިކަލްކުރުމާއި ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގްތިސާދެއް ބިނާކުރުމަށް ހުރިހާ ބައިވެރިން ގުޅިގެން މި ކުރެވޭ މަސައްތަކީ، މިއަދު ފާހަގަކުރާ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމަށްވާ ހޭޝްޓެގް ބީޓް ޕްލާސްޓިކް ޕޮލިއުޝަން BeatPlasticPollution# އާ ގުޅިލާމެހިފައިވާ މަސައްކަތެކެވެ. ޕްލާސްޓިކް ކުނިން ތަޣައްޔަރުވުމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަވަސް ހައްލެއް ހޯދަން ޖެހޭކަން މި ހަރަކާތުން ފާހަގަކުރެވެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ޖޫން 5،ގައި އެމްއާރްއެފް އިފްތިތާހުކުރުމަކީ މި އަހަރުގެ ދުވަހާ ގުޅުވައިގެން ތިމާވެށި ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލެވޭ ގޮވާލުންތަކަށް ހަރުދަނާ އިޖާބައަކަށް ވާތީ، މިއީ ވަރަށް މުހިންމު ކަމެކެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އާބަންކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސް އެވެ.

އެމްއާރްއެފް އަކީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމުގައި ވަރަށް މުހިންމު ނިޒާމެކެވެ. މިއީ، ވަށާޖެހޭ އިގްތިސާދެއް ގާއިމުކުރުމާއި، ކުނި މެނޭޖުކުރުމާއި، ތަޣައްޔަރުވުން ހުއްޓުވުމަށާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށާއި، ޕެޓް ފަދަ އަލުން ބޭނުންކުރެވޭ ތަކެތީގެ ބޭނުންތެރިކަން ފުޅާކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެކެވެ. އަދި ކުނި ނެގުން ފަދަ ސިނާއަތްތައް އުފައްދައި މުޖުތަމައުއަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ފަދަ ކަންކަމަށް ވެސް އެމްއާރްއެފްތަކުން ބާރު އަޅަ އެވެ.

ޕެޓް ޕްލާސްޓިކް އަލުން ބޭނުންކުރުމަށް އެއްކޮށް، ތަރުތީބުކޮށް، ބޭލްކޮށް، އެކްސްޕޯޓްކުރުމަށް ފަރުމާކޮށްފައިވާ މޯޕާ އެމްއާރްއެފް އަކީ އެ ޖަމިއްޔާގެ ބައިވެރިން ގުޅިގެން ކުރާ މަސައްކަތުގެ ހެއްކެކެވެ. ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ވަނީ އެމްއާރްއެފް ގާއިމްކޮށް، ހިންގުމަށް 150،000 ޑޮލަރުގެ ފައިސާގެ އެހީ ދީފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ އެމްއާރްއެފްގައި ބޭލާ މެޝިނަކާއި، ޕިކަޕަކާއި، ބަރުދަން ބަލާނެ އާލާތްތަކާއި، ފޯކްލިފްޓެއް ހިމެނޭއިރު، ބޭލްކޮށްފައިވާ ޕްލާސްޓިކް ބަހައްޓާނެ ތަނެއް ވެސް ހުރެ އެވެ.

މޯޕާއާ އެކު ގާއިމްކުރި މި ގުޅުމަކީ، ޕްލާސްޓިކް ކުނިން ތަޣައްޔަރުވުން ހުއްޓުވުމަށާއި ރާއްޖޭގައި ވަށާޖެހޭ އިގްތިސާދެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން ރާއްޖެއަށް ދިން ފުރަތަމަ އެހީ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު