Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔޫރޯ ފައިނަލް

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް

ޔޫރޯ އޮންނާނީ 14 ޖޫން އިން 14 ޖުލައިއާ ހަމައަށް ޖަރުމަނުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 މެއި 2024 | އާދީއްތަ 11:02
ކޮކާ ކޯލާއިން ޔުއެފާ ޔޫރޯއާއެކު ކުރިއަށްގެންދާ ޕާޓްނާޝިޕް ވަނީ އިއުލާންކޮށްފައި

ކޮކާ ކޯލާއިން ޔުއެފާ ޔޫރޯއާއެކު ކުރިއަށްގެންދާ ޕާޓްނާޝިޕް ވަނީ އިއުލާންކޮށްފައި

ކުރިއަށް އޮތް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކޮށް، ރާއްޖޭގައި ތިބި ފުޓްބޯޅަ ފޭނުންނަށް ކަމުދާނެ ފަދަ ކަންކަން ގެނެސްދިނުމަށް ކޮކާ ކޯލާއިން ޔުއެފާ ޔޫރޯއާއެކު ކުރިއަށްގެންދާ ޕާޓްނާޝިޕް އިއުލާނުކޮށްފި އެވެ.

ޔޫރަޕުގެ އެންމެ ފޯރިގަދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އޮންނާނީ 14 ޖޫން އިން 14 ޖުލައިއާ ހަމައަށް ޖަރުމަނުގަ އެވެ.

Advertisement - newsAdvertisement

ޔޫރޯ އާ ދިމާކޮށް ކޮކާ ކޯލާއިން ފެށި ހާއްސަ ކެމްޕޭނުގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިޔުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ފުޓްބޯޅައިގެ މި ފޯރިގަދަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާއިން ވަނީ އެ ކުންފުނީގެ މަޝްހޫރު ފުޓުބޯޅަ ތީމްގެ ޕެކޭޖިން ވެސް ތައާރަފްކޮށްފަ އެވެ. މި ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާ ކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ 6 އަދަދުގެ ކޯޑު '2626' އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

- މި ޕްރޮމޯޝަން ކުރިއަށްގެންދާނީ 1 މެއި – 15 ޖޫންގެ ނިޔަލަށް

- ފައިނަލް ބަލަން ދިއުމުގެ ފުރުސަތު 6 ނަސީބުވެރިންނަށް ލިބޭނެ (އިތުރު ބައިވެރިޔަކާ އެކު)

- ކޮންމެ ދެދުވަހުން އެއް ދުވަހަކު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ

- އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ

- ފުރަތަމަ ލަކީޑްރޯ ނަގާނީ 11 މެއިގައި، އަދި އޭގެ ފަހުން ކޮންމެ ދެދުވަހުން އެއް ދުވަހަކު ނަސީބު ވެރިން ހޮވުން އައިސް ޓީވީއިން ލައިވްކޮއް ކުރިއަށްދާނެއެވެ.

ކޮކާ ކޯލާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ކޯޝަލީ ކުސުމަޕަލާ ވިދާޅުވީ ކުރިއަށް އޮތް ޔޫރޯއާ ދިމާކޮށް އެ ކުންފުނިން 'ޔުއެފާ ޔޫރޯ 2024' އާއެކު ގާއިމްކުރި ޕާޓްނާޝިޕަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މި ޕާޓްނާޝިޕްގެ ދަށުން ކޮކާ ކޯލާއިން މަސައްކަތް ކުރާނީ، އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް، ކުރިއަށް އޮތް ޔޫރޯ މުބާރާތުގެ ދުވަސްތަކުގައި ތަފާތު ތަޖުރިބާ އެއް ގެނެސްދިނުމަށެވެ.

ޔޫރޯ މުބާރާތް ފެށެން ކައިރިވަމުންދާއިރު ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާ ކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ އެވެ.

ކޮކާކޯލާ އަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ މުބާރާތުގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ ކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.

ޔޫރޯ 2024 (ޖަރުމަނު)ކޮކާކޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

އަހަރެން ކުޅުނީ އިންޖަރީވެފައިހުރެ: ޒަކާ

07 ޖުލައި 2024

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު