Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުން

ނަޝީދު މަޖިލިސް ހިންގަވަނީ އިދިކޮޅަށް ފަހިވާގޮތަށް: އެމްޑީޕީ

5 ޖޫން 2023 | ހޯމަ 13:45

ރިޔާސަތާއި އިދިކޮޅުން ފަރާތްތަކުން އަމަލުކުރި ގޮތާމެދު އިންތިހާއަށް ކަންބޮޑުވުން އެބައޮތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖޫން 2023 | ހޯމަ 13:45
2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ

2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވާ މަސައްކަތްކުރައްވަމުން ގެންދަވަނީ ރާވައިގެން އިދިކޮޅަށް ފަހިވާގޮތަށްކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބުނެފިއެވެ.

ހޯމަ ދުވަހު ކުރިޔަށްދިޔަ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ޖަލްސާ ކުރިޔަށްދިޔަ ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ހުރި ކަންބޮޑުވުންތައް ހާމަކުރައްވާ އެމްޑީޕީ ޕީޖީގެ މީޑިޔާ ކޯޑިނޭޓަރ އަދި ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ޖަލްސާ ކުރިޔަށްދިޔައީ އިދިކޮޅުން ބޭނުންވިގޮތަށްކަމަށެވެ. އެމައްސަލައިގައި ރިޔާސަތާއި އިދިކޮޅު ފަރާތްތަކުން އަމަލުކުރި ގޮތާމެދު އިންތިހާއަށް ކަންބޮޑުވުން އެބައޮތްކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއްޖެނަމަ ދެ ގޮތަކަށް ދިފާއުވުމުގެ ހައްގު އޮންނަކަމަށާއި އެއް ގޮތަކީ އަނގަބަހުން ޖަވާބުދާރީވުން ކަމަށާއި އަނެއް ގޮތަކީ ލިޔުމުން ޖަވާބު ދިނުންކަމަށެވެ. ފުރަތަމަ ދުވަހު ބަންޑާރަ ނައިބު އިޚުތިޔާރުކުރެއްވީ ލިޔުމުން ޖަވާބުދާރީވާން ކަމަށާއި ނަމަވެސް ރިޔާސަތުން އެފުރުސަތު ނުދިންކަމަށެވެ.

އޭގެފަހުން ބަންޑާރަނައިބު މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ނިންމެވުމުން ޖަލްސާގައި ފެނިގެންދިޔައީ އެދުވަހު ބަންޑާރަނައިބު ވަޑައިނުގެންނެވި ސަބަބު ހާމަކުރުމަށް އިދިކޮޅުން އެދުނު އެދުމަށް ޖަވާބުދާރީވުމަށް މަޖުބޫރުވާގޮތަށް ރިޔާސަތުން އަމަލުކުރެއްވިތަންކަމަށް މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވިއެވެ.

މުހައްމަދު އަބްދުﷲ ޝަފީގް އިތުރަށް ވިދާޅުވީ އެމްޑީޕީ ޕީޖީން ގަބޫލުކުރާގޮތުގައި ރިޔާސަތުން ކަންތައް ކޮށްފައިވަނީ ވަރަށް ބޭއިންސާފުކޮށެވެ. މީގެއިތުރުން މަޖިލީހުގައި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުސޫލުތަކާއި ޚިލާފަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން ވަޒީރުންގެ ޓީމުގައި ވަޑައިގަންނަވާ 3 ނޫނީ 4 ބޭފުޅުންނަށްވެސް އެތެރެއަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވާކަމަށާއި ނަމަވެސް ހޯމަ ދުވަހު އެފުރުސަތު ދެއްވީ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ވަޑައިގެންނެވި 2 ބޭފުޅުންނަށް ކަމަށެވެ. އަދި ނިޒާމީ މައްސަލަ ނަގައިގެން އިދިކޮޅު މެމްބަރުން ބޭނުންވާ ޝުއޫރުތައް ފާޅުކުރުމުގެ ފުރުސަތު ރިޔާސަތުން ފަހިކޮށްދިންކަމަށާއި ނަމަވެސް އެމްޑީޕީގެ މެމްބަރުންނަށް އެފުރުސަތު ނުދޭކަމަށް ވިދާޅުވިއެވެ.

ހުސްވަގުތުކޮޅަށްފަހު ރިޔާސަތު ބަދަލުވެގެންގޮސްފައިވާއިރު ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު ރިޔާސަތުގައި އިންނަވާ އަމަލުކުރެއްވީ ރައީސްގެ އެންގެވުމަށްކަމަށް މުހައްމަދު އަބްދުﷲޝަފީގް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ބަންޑާރަ ނައިބުގެ ޓީމުން ވަޑައިގެންނެވި ބޭފުޅުންނަށް މައިނޯރިޓީ ލީޑަރުގެ ފަރާތުން ފުރައްސާރަކުރިކަމަށާއި އެކަން ކުށްވެރިކުރާކަމަށްވެސް މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވިއެވެ.

ހޯމަ ދުވަހު އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެވެ. މަޖިލީހުގެ ޖަލްސާ ފެށުމާއި އެކު އިދިކޮޅު ބައެއް މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާގައި އަޑު ގަދަކުރައްވާފައެވެ. އަދި ދެ ފަހަރެއްްގެ މަތިން މަޖިލީހުގެ ޖަލްސާ މެދުކަނޑާލިއެވެ. 

މައްސަލަ ހުށަނޭޅި ގަޑިއެއްހާރު ހޭދަކުރަން ޖެހުނު އިރު މެންދުރުގެ ކެއުމަށް ފަހު ޖަލްސާގައި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަން ފެށުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ވަނީ އަޑުގަދަކުރައްވާ މަޖިލީހުގެ ނިޒާމް ގެއްލުވާލާފައެވެ. އެއާއެކު ރިޔާސަތު ބަލަހައްޓަވަން އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.

ނަމަވެސް ދެން ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮންނާނީ ކޮން އިރަކު ކަމެއް ހާމައެއް ނުކުރައްވައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް