Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރުންގެ ގޮނޑި ގެއްލުން

އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

ޕީޕީއެމްގެ މެމްބަރުންގެ ގޮނޑިތައް ގެއްލުމަކީ އެ ބެފުޅުންނަށް މައްސަލައެއް ނޫން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 ޖުލައި 2017 | އަންގާރަ 08:25
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ޖަލްސާއެއްގައި

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ޖަލްސާއެއްގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ އެކު، ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނުކަމުގައިވީ ނަމަވެސް އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް-އެމްޑީއޭ ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުއްވިއިރު، އެ ހުށައެޅުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ތާއީދުކުރުމަށް ނިންމީ ޤައުމުގެ މަސްލަހަތަށްޓަކައި ކަމަށެވެ. އެހެންކަމުން ބަންޑާރަ ނައިބު ހުށައެޅުއްވި ގޮތަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމައިގެން، ޕީޕީއެމްގެ މެމްބަރުންގެ ގޮނޑިތައް ގެއްލުމަކީ އެ ބެފުޅުންނަށް މައްސަލައެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ޕާޓީގެ މޮޓޯއަކީ އެންމެ ފުރަތަމަ ޤައުމޭ. އަޅުގަނޑުމެން ޕާޓީގެ މީހަކު ހިމެނުމަކުން، ނުވަތަ ސުޕްރީމް ކޯޓުން ނެރޭ ހުކުމަކުން އޭނާގެ ގޮނޑި ގެއްލިދާނެތީވެ އަޅުގަނޑުމެންގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މެމްބަރަކު ކަންބޮޑުވެވަޑައެއް ނުގަންނަވާ. އަޅުގަނޑުމެންގެ ޕާޓީގެ މޮޓޯއާ އެއްގޮތަށް އެ ބޭފުޅުންގެ ގޮނޑިގެއްލިގެން ވެސް އެ ބޭފުޅުން ބޭނުންވޭ މި ޤައުމު ސަލާމަތްކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ހުށައެޅުއްވި ގޮތަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމަވައިފި ނަމަ ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ އަށް މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ އެވެ. އެ ބޭފުޅުންނަކީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި، މިލަންދޫ ދާއިރާގެ މެމްބަރު ހުސެއިން މުފީދު އަބްދުﷲ އާއި، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި، ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދާއި، މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލްގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.

ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، ހޯމަ ދުވަހު މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަންދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ. އެއީ އިންތިޚާބުކޮށްދިން ރައްޔިތުންނާއެކު ހެދިފައިވާ އިޖުތިމާއީ އަގުދާ ޚިލާފުވުން ކަމަށް އަނިލް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު