Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާޒީ އަހްމަދު ރަޝީދު

ފޯޖު ކުރި ކަމަށް ބުނި ސޮޔަކީ ސައްހަ ސޮޔެއް: މެމްބަރު އަހްމަދު ރަޝީދު

މައްސަލައިގައި ވޯޓު ނަގާނީ މިމަހު 24 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 11 ޖުލައި 2017 | އަންގާރަ 08:07
އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ ވަގު ސޮޔެއް ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެއީ ސައްޚަ ސޮޔެއް ކަމަށް އޭނާ އެއްބަސްވެވަޑައިގެންފިއެވެ.

ޕީޕީއެމް އެމްޑީއޭއިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ އެވަގުތު މަސީހްގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގެން ކަމަށެވެ. އަދި އެކަންކުރެއްވީ ބަފަޔަކު ފަދަ ބޭފުޅަކު އެދުމުން ކަމެއް ކޮށްދޭ އުސޫލުން ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ފަހުން ވިސްނާލުމުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފަހުން އެނގިވަޑައިގަތުމުން އެކަން ނުކުރެއްވޭނެކަން އެންގެވި ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެމްބަރު ރަޝީދު ވިދާޅުވީ ސޮއި އަނބުރާ ގެންދެވުމަށް ނިންމެވީ އެކަން އަހްމަދު ފާރިޝް މައުމޫނަށް ދެންނެވި ކަމަށެވެ.

ނަމަވެސް މި މައްސަލަ އެޖެންޑާކޮށްފައި ވަނީ މެމްބަރު އަހްމަދު ރަޝީދުގެ ސޮޔާ އެކުގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ނެގުން މި ޖުލައި މަހުގެ 24 ވަނަ ދުވަހު ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

މަޖިލީހަށް މައްސަލަ ހުށަހެޅުމާއި އެކު މި މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޤާރީ) ވަނީ އެންޑޯސްމަންޓް ލިސްޓުގައިވާ އެބޭފުޅާގެ ސޮއަކީ ވަގު ސޮއެއް ކަމަށް ވިދާޅުވެފައެވެ. ފުލުހުން އެ މައްސަލަ ބަލާނެ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ.

ޤާރީ މިފަދައިން ވިދާޅުވިތާ ގިނަ އިރުތަކެއްނުވެ، އެންޑޯސްމަންޓް ޝީޓުގައި ޤާރީ ސޮއިކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއަކާއި، ސޮއިކުރެއްވުމަށް ފަހު ނަމާދު ކުރައްވައި ދުޢާކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

ފޮޓޯތައް އާންމުވުމާ އެކު ސޮއި ފޯޖުކުރި ވާހަކަ އޮބި، ޤާރީއަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެފައެވެ.

މައްސަލަ އެންޑޯސްކުރި މެންބަރުންގެ ތެރޭގައި، އެމްޑީއޭ ފިޔަވައި މަޖިލިހުގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، މަޖިލީހުގައި ތިބި އަމިއްލަ މެންބަރުން ވެސް ހިމެނެއެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމަށް އެންޑޯސްކުރި މެންބަރުންގެ ތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމްގެ 11 މެންބަރުން ހިމެނެއެވެ. އޭގެ ތެރެއިން ގާރީ ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ ޕީޕީއެމުން ވަކިވެފައެވެ.

މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފަހުން ހުށަހެޅުމާ އެކު، ޤަވާއިދަށް ބަދަލުގެނެސް އެފަދަ މައްސަލަ ހުށަހެޅޭނީ 42 މެންބަރުންގެ އެންޑޯސްމަންޓާއި އެކު ކަމަށް ނިންމުމުން، އެ އަދަދަށްވުރެވެސް ގިނައިން ސޮއި ހުށަހަޅައި، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިހާރު ވޯޓަކަށް ނުދިޔަ ނަމަވެސް މަސީހުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
ފައިސާ ގޯނި ބެހިކަމަށް ބުނި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި

ފައިސާ ގޯނި ބެހިކަމަށް ބުނި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި

26 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

18 އެޕްރީލު 2017
 ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު