Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަން

ފައިސާ ގޯނި ބެހިކަމަށް ބުނި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި

މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތަކުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2017 | ބުދަ 17:10
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް

ފައިސާ ގޯނި ހިފައިގެން ހިނގި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ ތަހުގީގު ނުކުރަން ފުލުހުން ނިންމައިފިއެވެ.

ރިޝްވަތު ދިން ކަމަށް ދޭހަވާގޮތަށް، ފައިސާ ގޯނި ހިފައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާތަށް ހިނގި ކަމަށް ވިދާޅުވެ، މުޙައްމަދު އިސްމާއިލް ދެއްކެވި ވާހަކަ ތަހުގީގުކޮށްދިނުމަށް އެދި އާންމު ފަރާތަކުން މި އޭޕްރީލް މަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައާއި ގުޅިގެން، އެފަރާތަށް ފުލުހުން ފޮނުވި ޖަވާބުގައި ވަނީ، މި މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ކަން އެ ކޮމިޝަނުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން، އާންމު ފަރާތުން ހުށަހެޅި މައްސަލަ އެ ކޮމިޝަނާއި ހިއްސާކޮށްފައިވާނެ ކަމަށާ، އެ މައްސަލައިގެ ތަހުގީގު ފުލުހުން ނުކުރުމަށް ނިންމާފައިވާ ކަމަށްވެސް މި ޖަވާބުގައި ބުނެފައިވެއެވެ.

ނިމިގެންދިޔަ 2016 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު، އެމްއެމްޕީއާރްސީ އިން ގެއްލިފައިވާ 1.22 ބިލިއަން ރުފިޔާއާ ގުޅޭ ގޮތުން ހުށަހެޅުނު ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަމުންދަނިކޮށް، ނިޒާމީ ނުކުތާއެއް ނަންގަވާ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ގޯނި ހިފައިގެން، ފައިސާ ބަހަން ވަޑައިގެންނެވި ކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވެފައިވަނީ؛ "މިތަނުގައި އެކި ބޭފުޅުން ވަގުންގެ ވާހަކައާއި އެކި ފައިސާގެ ވާހަކަދައްކާކަށް މާ ރަނގަޅެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން ހިނގީ އަޅުގަނޑޭ. ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފިއޭ،" މިގޮތަށެވެ.

ރައީސް ޔާމީނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ މެމްބަރު މުހައްމަދު އިސްމާއިލް މިފަދައިން އިޢުތިރާފު ވެވަޑައިގެންނެވި ނަމަވެސް، މި މައްސަލަ ތަޙުޤީޤުކޮށް އޭނާއާމެދު މިހާތަނަށް ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭނާ މިވާޙަކަ ދެއްކެވުމުގެ އިތުރުން ލައިވް ޓީވީގައިވެސް ފައިސާ ބެއްސެވި ކަމަށް ވާހަކަ ދައްކަވާފައިވެއެވެ.

މުހައްމަދު އިސްމާއީލްގެ މައްސަލަ ނުބަލަން ފުލުހުން ނިންމި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުނޫޒް ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އޭނާގެ މައްޗަށް ރިޝްވަތު ދެއްވަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން މައްސަލަ ތަހުގީގުކޮށްފައިވެއެވެ. އަދި މިވަގުތު ގާސިމް ހުންނެވީ ޖަލުގައި ބަންދުވެސް ކޮށްފައެވެ.

ގާސިމްގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްޗަށްވެސް ރިޝްވަތުގެ ތުހުމަތު ކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މުހައްމަދު އިސްމާއީލްގެ ފައިސާ ގޯނީގެ މައްސަލަ ނުބަލަން ފުލުހުން ނިންމި ޚަބަރާއެކު ސޯޝަލް މީޑިއާގައި "ތިޔައީ ބަލާނެ މައްސަލަ އެއްނޫންކަން އޭރުވެސް އެނގޭ" ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު