Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެޑޯނާ

ލަވަ ކިޔުންތެރިޔާ މެޑޯނާ މަލާވީގައި ކްލިނިކެއް ހުޅުވައިފި

ކްލިނިކަށް ނަން ދީފައި ވަނީ މެޑޯނާ އެޑަޕްޓްކޮށްގެން ގެންގުޅޭ މަލާވީ އަށް ނިސްބަތްވާ އަންހެން ދަރިފުޅާ ގުޅުވައިގެން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 ޖުލައި 2017 | އަންގާރަ 07:22
ލަވަ ކިޔުންތެރިޔާ މެޑޯނާ

ލަވަ ކިޔުންތެރިޔާ މެޑޯނާ

އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މެޑޯނާ ސައުތު އީސްޓް އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީގައި ކުޑަކުދިންނަށް ޚާއްސަ ސާޖަރީ ކްލިނިކެއް ހުޅުވައިފިއެވެ.

މެޑޯނާ ބުނެފައި ވަނީ އެ ކްލިނިކް އެޅުނީ ދެ އަހަރު ދުވަހުގެ މަސައްކަތުން ކަމަށާއި ޖުލައި މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ކްލިނިކް ހުޅުވުމުން އުފާކުރާ ކަމަށެވެ.

މެޑޯނާ ހުޅުވި ކްލިނިކްގެ ނަމަކީ "ކްލިނިކް ދަ މާސީ އިންސްޓިޓިއުޓް ފޯ ޕީޑިއަޓްރިކް ސާޖަރީ އެންޑް އިންޓެންސިވް" ކެއާއެވެ. މި ކްލިނިކަށް ނަން ދީފައި ވަނީ މެޑޯނާ އެޑަޕްޓްކޮށްގެން ގެންގުޅޭ މަލާވީ އަށް ނިސްބަތްވާ އަންހެން ދަރިފުޅު މާސީ ޖޭމްސްގެ ނަމާ ގުޅުވައިގެންނެވެ.

އެ ކްލިނިކްގައި މީގެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ އޮޕަރޭޝަނެއްކޮށް ކާމިޔާބު ވެސް ކޮށްފައެވެ. ދަ މާސީ އިންސްޓިޓިއުޓް ފޯ ޕިޑިއަޓްރިކް ސާޖަރީ އެންޑް އިންޓެންސިވް ކެއާ ކްލިނިކް ގާއިމުކޮށްފައި ވަނީ މަލާވީގައި ހުންނަ ކްއީން އެލިޒަބަތު ސެންޓްރަލް ހޮސްޕިޓަލްގެ ތެރޭގައެވެ.

ދަ އެސޯސިއޭޓް ޕްރެސް އަށް މެޑޯނާ ބުނެފައި ވަނީ އޭނާ މަލާވީގައި ކްލިނިކެއް އަޅާފައި ވަނީ އެ ގައުމުގައި ބޭނުން ޖެހިފައިވާ ކުދިންނަށް އެހީވުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ މަލާވީއަށް ދިޔަ ފުރަތަމަ ފަހަރު ވެސް އޭނާ އަމިއްލައަށް ވިސްނުނީ ކްލިނެއްގެ މުހިއްމު ކަން ކަމަށް މެޑޯނާ ބުންޏެވެ.

މެޑޯނާ ބުނެފައި ވަނީ އޭނާއަށް އެ ކްލިނިކް ހެދުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މަލާވީގެ ސަރުކާރާއި ހެލްތު މިނިސްޓަރުގެ ފަރާތުން ކަމަށެވެ.

އުމުރުން 58 އަހަރުގެ މެޑޯނާ ދަނީ ތަފާތު އެކި ގޮތް ގޮތުން އިންސާނިއްޔަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އޭނާ މިހާރު ވެސް ދަނީ ހަ ކުޑަކުދިން "އެޑޮޕްޓް" ކޮށްގެން ގެންގުޅެމުންނެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

"މީ ލޯތްބަކީ" ގެ ޕްރޮމޯޝަނަލް ލަވަ ރިލީޒް ކޮށްފި

05 މާރިޗު 2017
"މީ ލޯތްބަކީ" ގެ ޕްރޮމޯޝަނަލް ލަވަ ރިލީޒް ކޮށްފި
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
19 ފެބުރުއަރީ 2017

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

19 ފެބުރުއަރީ 2017
"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި
15 ފެބުރުއަރީ 2017

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު