Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ޕީއެސްޖީއާއެކު މެސީއާއި ރާމޯސްގެ ފަހު މެޗު ބައްޔަކުން ނިމިއްޖެ

ފަހު މެޗުގައި ރާމޯސް ގޯލެއް ޖެހި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ޖޫން 2023 | އާދީއްތަ 03:00
ފެހު މެޗުގައި މެސީ

ފެހު މެޗުގައި މެސީ

ޕީއެސްޖީއާއެކު މެސީއާއި ސާޖިއޯ ރާމޯސްގެ ފަހު މެޗު ބައްޔަކުން ނިންމާލަން ޖެހިއްޖެއެވެ.

މިސީޒަންގެ ނިޔަލަށް އެއްބަސްވުން ހަމަވެ, ކްލަބްގައި މަޑުނުކުރަން ނިންމާފައިވާ ދެ ލެޖެންޑުން ޕީއެސްޖީގެ ޖަރޒީގައި ކުޅުނު ފަހު މެޗަކީ ހޮނިހިރު ދުވަހުގެރޭ ކްލެމެންޓް ފޯޓްއާ ދެކޮޅަށް ލީގުގައި ކުޅުނު ފަހު މެޗެވެ. އެ މެޗުން ޗެމްޕިއަން ޕީއެސްޖީ ބަލިވީއެވެ. ޕީއެސްޖީ ބަލިވީ 3-2 ނެވެ. ސާޖިއޯ ރާމޯސް ވަނީ އޭނާގެ ވަދާއީ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައެވެ. ދެވަނަ ގޯލް ޕެނަލްޓީއަކުން ޖެހީ އެމްބާޕޭއެވެ. ކްލެމެންޓް ފޯޓުން ޕީއެސްޖީގެ މައްޗަށް ކުރިހޯދީ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. އޭގެތެރެއިން ދެ ލަނޑު ޖެހީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު ޖެހީ ގަސްޓިއެންއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަކޮށްދިނީ މެހުދީ ޒެފާންއެވެ. ޕީއެސްޖީގެ މައްޗަށް ކުރިހޯދައިދިނީ ކިޔޭއެވެ.

މެޗު ފެށުމުގެ ކުރިން ވެސް މެސީއަށް ޕީއެސްޖީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވިއެވެ. އަދި މެޗުގައި އޭނާއަށް ލިބުނު ފުރުޞަތުތައް ވެސް ބޭނުން ނުކުރެވުނެވެ. މެޗުގައި ޕީއެސްޖީގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ އެކްލަބުގެ ގޯލް ކީޕަރު ރިކޯގެ ހަނދާން އައުކޮށްފައެވެ. މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކީޕަރަށް ޚާއްޞަ ބެނާއެއް މެޗު ފެށުމުގެ ކުރިން އަދި އޭނާ ބޭނުންކުރާ ޖަރޒީގެ ނަމްބަރަށް ނިސްބަތްވާގޮތަށް 16 ވަނަ މިނެޓުގައި ވެސް ދައްކާލިއެވެ.

ޕީއެސްޖީލިއޮނެލް މެސީސާޖިއޯ ރާމޯސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު