Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓޫޑެންޓް ލޯނަށް ޝަކުވާ ހުށަހެޅުން

ސްޓޫޑެންޓް ލޯނަށް ޝަކުވާ ހުށަހެޅޭނީ 11 ޖޫންގެ ނިޔަލަށް، މިހާތަނަށް 30 ހުށަހެޅުން ލިބިފައިވޭ

ލޯނުގެ ފުރުސަތު ހުޅުވާލީ 15 ފެބްރުއަރީގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ޖޫން 2023 | ހޮނިހިރު 18:00
ސްޓޫޑެންޓް ލޯނު

ސްޓޫޑެންޓް ލޯނު

ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ފަރާތްތަކަށް، ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލުމުން، ހުކުރު ދުވަހުގެ ނިޔަލަށް 30 ހުށަހެޅުން ލިބިފައިވާކަަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ މަރިޔަމް މުހައްމަދު ވިދާޅުވީ ލިބިފައިވާ ހުރިހާ ހުށަހެޅުމަކީ ޝަކުވާތައް ނޫންކަމަށެވެ. އޭގެ ތެރޭގައި ޝަކުވާތަކުގެ އިތުރުން ލޯނު ލިބުނު ދަރިވަރުންގެ ސުވާލުތައްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ޖޫން 1ގައި އެ މިނިސްޓްރީން ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު، ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހުށަހަޅާ ހުރިހާ ޝަކުވާއެއް ބެލުމަށްފަހު، ވަކިވަކިން އެ ޝަކުވާތަކަށް ޖަވާބުދެއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝަކުވާ ހުށަހެޅުމަށްޓަކައި ދީފައިވަނީ 7 ދުވަހުގެ މުއްދަތުކަމަށް އޭނާ ވިދާޅުވިއެވެ. 11 ޖޫން ވާ ހޯމަ ދުވަހުގެ 01:00ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

ފައިނަލް ނަތީޖާ އިއުލާންކުރުމަށް ނިންމާފައިވަނީ 11 ޖޫންގައެވެ. މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށް ލޯނު ދޭން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއެވެ. ރައީސް އެކަން އިއުލާންކުރެއްވީ މިދިޔަ ބުދަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ، މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ޖަލްސާގައި ވާހަކުފުޅުދައްކަވަމުންނެވެ.

އެގޮތުން މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުތު ހަމަވި 1225 ކުދިންނަށްވެސް އެ ލޯނު ދޭން ވަނީ ނިންމާފައެވެ. މިއަހަރު މި ދޭ 1225 ލޯނާއެކު، މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯނުގެ ޖުމުލަ އަދަދު 3211އަށް ވަނީ އަރާފައެވެ.

މި އަހަރު ލޯނުގެ ފުރުސަތު ހުޅުވާލީ 15 ފެބްރުއަރީގައެވެ. ލޯނު ބޭނުންކުރުމަށް 18 މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީސްޓޫޑެންޓް ލޯން

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު