Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓު ބިލުގައި ކުނީގެ ބިލް ހިމެނުން

ކަރަންޓު ބިލުގައި ކުނީގެ ބިލު ހިމަނައިގެން ފޮނުވުމަށް ފަހުގެ ތައްޔާރީތައް މިދަނީ ވަމުން: ސްޓެލްކޯ

މީޓަރ އެކްސްކްލޫޝަން ފޯމް ނުފުރާނަމަ ކުނީގެ ފީ ބިލްގައި ހިމެނުން އެކަށީގެންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2023 | ހޮނިހިރު 06:58
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)

މިދިޔަ މަހުގެ ކަރަންޓު ބިލްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކުނީގެ ޚިދުމަތުގެ ބިލް ހިމަނައިގެން ކަސްޓަމަރުންނަށް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަކަށް ބަލައި، ލިފްޓްތަކާ ސާވިސް މީޓަރުތަކުގެ އިތުރުން، ކުނި ނުއުފެދޭ ތަންތަނުގެ ކަރަންޓު ބިލްތަކުގައި ކުނީގެ ޚިދުމަތަށް ނަގާ އަގު ހިމަނާފައިނުވާނެ ކަމަށެވެ. ނަމަވެސް، އެއްވެސް ސަބަބަކާއިހުރެ މިފަދަ ތަނެއްގެ މައުލޫމާތު ހިއްސާނުކުރެވި ވާނަަމަ، އޭގެ މައުލޫމާތު ވެމްކޯ ވެބްސައިޓްގައިވާ ކަމާއިގުޅޭ ފޯރމް މެދުވެރިކޮށް ވެމްކޯއަށް ހިއްސާ ކުރުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.

ސްޓެލްކޯއިން ބުނީ އެ މައްސަލައެއް ސަމާލުކަމަށް ގެނައުމުން ވެމްކޯއިން އެކަމަށް އެޓެންޑްވެ، ތަން ދިރާސާކުރާނެ ކަމަށެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން އެ ބިލް އިސްލާހު ކުރާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ގޭބީސީތަކުން މީޓަރ އެކްސްކްލޫޝަން ފޯމް ނުފުރާނަމަ ކުނީގެ ފީ ބިލްގައި ހިމެނުން އެކަށީގެންވާކަމަށް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވެސް ވިދާޅުވެފައިވެއެވެ. ޔޫސުފް ސިރާޖު ވިދާޅުވީ ގެނެވުނު ބަދަލާއެކު ކޮންމެ މީޓަރަކަށް ކުނި ފީ އިތުރުވެގެން އަންނާނެކަމަށާއި، މީޓަރ އެކްސްކްލޫޝަން ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ނުކުރާނަމަ، ކަރަންޓު ބިލް އަންނައިރު ކުނީގެ ފީ އެ ބިލަކާއެކު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މީޓަރު ޓައިކުރުމަށް އެދުމަކީ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ވެމްކޯއިން ދޭ ކުނީގެ ޚިދުމަތުގެ ބިލް ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރޭގައި ހިމެނުމާއެކު ސްޓެލްކޯއިން ކޮންމެ ބިލަކުން 2.50 ރުފިޔާ، އިދާރީ ފީއެއްގެ ގޮތުގައި ނަގާނެ އެވެ.

ބިލް ޓައިކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިގެންދިޔައިރު ވެމްކޯއިން ބުނަމުންދިޔައީ 01 އޭޕްރީލް 2023ން ފެށިގެން ވެމްކޯގެ ބިލު، ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރޭގައި ހިމެނޭނެކަމަށެވެ. ނަމަވެސް ގިނަ މަޝްވަރާތަކަކަށްފަހު, ބިލު އެއްކޮށްލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ ދެ މަސް ފަހުންނެވެ.

ސްޓެލްކޯކަރަންޓް ވެމްކޯ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު