Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓުގެ މައްސަލަ

މި ހާލަތަށް ސްޓެލްކޯގެ ކަންކަން ދިއުމަކީ ޤައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް: ޝައުނާ

23 އޯގަސްޓު 2025 | ހޮނިހިރު 16:51

އިރުއިރުކޮޅާ ކަރަންޓް ކެނޑުމަކީ ދައުލަތުގެ އަދި ގައުމުގެ ހާލަތު ވަރަށް ދަށަށް ދިއައީމަ ވާކަމެއް ކަމަށް ޝައުނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އޯގަސްޓު 2025 | ހޮނިހިރު 16:51
ކުރީ ސަރުކާރުގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ

ކުރީ ސަރުކާރުގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ

މިހާރުގެ ހާލަތަށް ސްޓެލްކޯގެ ކަންކަން ދިއުމަކީ ޤައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށް ކުރީ ސަރުކާރުގެ ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ އެފަދައިން ވިދާޅުވީ މާލެ ސަރަހައްދުން ފަހަކަށް އައިސް ކަރަންޓް ކެނޑުމުގެ މައްސަލަ އިތުރުވެފައިވާތީ އެކަމާއި ގުޅިގެން ރާއްޖެޓީވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އިރުއިރުކޮޅާއި ކަރަންޓް ކެނޑުމުން އެނގެނީ ޤައުމުގެ ހާލަތު ދަށަށް ގޮސްފައިވާ މިންވަރު ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. ސްޓެލްކޯ އަކީ ނޭޝަނަލް އިންފްރާސްޓްރަކްޗަރގެ ބައެއްގެ ގޮތުގައި ކަނޑައެޅިފައިވާ އިރު އެތަނުގެ ހާލަތާއި ޤައުމީ ސަލާމަތާއި ގުޅިފައިވާކަން ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ޝައުނާ ވަނީ މާލެ ސަރަހައްދުން ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ އަކީ މެނޭޖްމެންޓްގެ މައްސަލަ އެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ކޭޝް ފްލޯ މެނޭޖް ނުކުރެވި ސްޓެލްކޯ އަށް ބޭނުންވާ ތެޔޮ ގަތުމަށް ބޭނުންވާ ވަރަށް ފައިސާގެ މުއާމަލާތްތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަމަށް ބެލެވޭ ކަމަށް ޝައުނާ ވަނީ ވިދާޅުވެފަ އެވެ. މާލޭގެ ކަރަންޓުގެ ހާލަތު އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގައި ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

"މާލޭގެ ކަރަންޓުގެ މައްސަލަ އަކީ ކޮންމެ ސަރުކާރަކުން ވެސް ވަރަށް އިސްކަން ދީގެން ބަލާނެ ކަމެއް. ޚާއްސަކޮށް ރައީސް އޮފީހުން އެކަމާއި މެދު ކޯޑިނޭޓް ކުރާނެ. ފިނޭންސް މިނިސްޓްރީން އެކަމާއި މެދު ކޯޑިނޭޓް ކުރާނެ. މިހާލަތަށް ސްޓެލްކޯގެ ކަންކަން ދިއުމަކީ ގައުމީ ސަލާމަތަށް ވެސް ނުރައްކާވާނެ ކަމެއް. އިރު އިރުކޮޅާ ކަރަންޓް ކެނޑުމަކީ ދައުލަތުގެ ގައުމުގެ ހާލަތު ވަރަށް ދަށަށް ދިއައީމަ ވާކަމެއް." އޭނާ ވިދާޅުވިއެވެ.

ތިލަފުށީގައި އިންޖީނުގެ އަޅަން ނިންމީ މި ސަރުކާރުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ނަމަވެސް އެއީ އިތުރުފުޅެއްކަން ވަނީ ހާމަވެފައެވެ. ބައެއް މީޑިއާތަކަށް އާދިއްތަ ދުވަހު ދެއްވި ބަސްތީގަތުމެއްގައި ފަހުމީ ވަނީ ތިލަފުށީގައި އިންޖީނުގެ އަޅަން ނިންމީ މި ސަރުކާރުން ކަމަށް ސިފަކުރައްވާ ވާހަކަދައްކަވާފަ އެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ ތިލަފުށީގައި އިންޖީނުގެ އެޅުމަށް ނިންމާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް