Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ

މުހިންމު މަސައްކަތަކަށް، މާލެ އަދި ހުޅުމާލެއިން ހޮނިިހިރު ދުވަހު އެއްގަޑި އިރަށް ކަރަންޓު ކަނޑާލަަނީ

މާދަމާ ހެނދުނު 6:00 އިން 10:00 އަށް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން އިއުލާންކުރި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 16:00
ސްޓެލްކޯގެ ލޯގޯ

ސްޓެލްކޯގެ ލޯގޯ

މުހިންމު މަސައްކަތެއް ކުރުމަށް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހޮނިހިރު ދުވަހު އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މާދަމާ ހެނދުނު ހުޅުމާލޭގައި ހުންނަ އިންޖީނުގޭގެ މަސައްކަތްތަކެއް ކުރުމަށް ތާވަލުކޮށްފައިވާކަމަށެވެ. އެހެންކަމުން މާދަމާ ހެނދުނު 6:00 އިން 10:00 އަށް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑޭ ސަރަހައްދުތަކުން ކަރަންޓު ކެނޑޭނީ ގަޑިއިރެއްހާ އިރަށްކަމަށެވެ. އެހެން ނަމަވެސް ކަރަންޓު ކަނޑާލާ ހާލަތުގައި ވެސް ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިންމު ހިދުމަތްތައް ދޭ މުއައްސަސާތައް ނުވަތަ "ކްރިޓިކަލް އިންފްރާސްޓްރަކްޗާ" އަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް ސްޓެލްކޯއިން ފާހަގަކުރި އެވެ.

ކަރަންޓު ކެނޑުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމަތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ، މިހާރު ހުރި އިންޖީނުތައް ނިއްވާލައިގެން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާގޮތުގައި ނުކުރެވޭކަމަށެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް، ހުޅުމާލޭ އިންޖީނުގޭގެ ހުރިހާ ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހޭނެ ކަމަށެވެ.

ބޮޑު މަސައްކަތެއް ކުރަން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކަނޑާނެކަން ސްޓެލްކޯ އިން އިއުލާންކުރިއިރު، މިދިޔަ ޖޫން 1 އާއި މި މަހުގެ 9 ވަނަ ދުވަހު މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑިފައިވެ އެވެ. އޭގެ ފަހުން ސްޓެލްކޯ އިން ބުނެފައި ވަނީ މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި ކަންކަން ހައްލު ކުރަމުން އަންނަ ކަމަށެވެ.

ސްޓެލްކޯމާލެ-ހުޅުމާލެހުސެއިން ފަހުމީކަރަންޓް ކެނޑުންއިންޖީނުގެކްރިޓިކަލް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
04 ޑިސެމްބަރު 2025

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ
04 ޑިސެމްބަރު 2025

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު