Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެއިންޓްރަކްޓް ފްރޭންކްފާޓް

އެއިންޓްރަކްޓް ފްރޭންކްފާޓުގެ އެއްބަސްވުން ގޮޓްޒާ އައު ކޮށްފި

އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖޫން 2023 | ހޮނިހިރު 05:09
ފްރޭންކްފާޓުގެ އެއްބަސްވުން ގޮޓްޒާ އައު ކުރަނީ

ފްރޭންކްފާޓުގެ އެއްބަސްވުން ގޮޓްޒާ އައު ކުރަނީ

ޖަރުމަނު ލީގުގެ އެއިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުން އަންނަ ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު މާރިއޯ ގޮޓްޒާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

ޕީއެސްވީ ދޫކޮށް އޭނާ ފްރޭންކްފާޓަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ އެ ކުލަބާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ، ފްރޭންކްފާޓުން ބޭނުންވީ އެއްބަސްވުން އައު ކުރުމަށެވެ. އެއީ އެ ކުލަބުން ދިގު މުއްދަތަކަށް އޭނާ ބަހައްޓަން ބޭނުންވާތީ އެވެ. އެހެންކަމުން ގޮޓްޒާއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު މިހާރު ވަނީ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ގޮޓްޒާ ބުނީ، އޭނާ ބޭނުންވަނީ ފްރޭންކްފާޓާއެކު ކުރިއަށް ދާން ކަމަށާއި، އެއްބަސްވުން ޤަބޫލު ކުރީ އެ ސަބަބާ ހުރެ ކަމަށެވެ.

ގޮޓްޒާ ވަނީ މިހާތަނަށް ފްރޭންކްފާޓަށް ކުޅެދިން 45 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑުން ސީނިއާ ކެރިއަރު ފެށި ގޮޓްޒާ ވަނީ އެ ލީގުގެ ގަދަ ބާރު ބަޔާން މިއުނިކަށް ވެސް ކުޅެފަ އެވެ. ބަޔާނުން އޭނާ ހޯދީ ޑޯޓްމަންޑުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ބަޔާންގައި ހުރުމަށް ފަހު ދެ ވަނަ ފަހަރަށް އޭނާ ޑޯޓްމަންޑަށް ބަދަލުވި އެވެ. އެއަށްފަހު ގުޅުނީ ޕީއެސްވީއާ އެވެ. ގޮޓްޒާ އަކީ ޖަރުމަނު ޤައުމީ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕްގައި ޖަރުމަނުން އާޖެންޓީނާ ބަލިކުރި ލަނޑު ފަހު ވަގުތު ޖެހީ ވެސް އޭނާ އެވެ. އެއަށްފަހު 2017 ވަނަ އަހަރު އޭނާ އަށް ޤައުމީ ސްކޮޑުން ޖާގަ ގެއްލުނެވެ. ފަސް އަހަރަށް ފަހު އަލުން ޤައުމީ ސްކޮޑުން ޖާގަ ލިބުނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގަ އެވެ.

އެއިންޓްރަކްޓް ފްރޭންކްފާޓްމާރިއޯ ގޮޓްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ދެ ލަނޑުން ބަޔާން މޮޅުވެއްޖެ

ކޭންގެ ދެ ލަނޑުން ބަޔާން މޮޅުވެއްޖެ

28 އެޕްރީލު 2024
ފްރޭންކްފާޓް އަތުން ބަޔާނަށް ލަދުވެތި ބައްޔެއް

ފްރޭންކްފާޓް އަތުން ބަޔާނަށް ލަދުވެތި ބައްޔެއް

10 ޑިސެމްބަރު 2023
ޕީއެސްޖީ އަށް ބަދަލުވާން ބޭނުންވެ، ކޯލޯ މުއާނީ ފްރޭންކްފާޓްގެ ފަރިތަކުރުންތައް ހުއްޓާލައިފި

ޕީއެސްޖީ އަށް ބަދަލުވާން ބޭނުންވެ، ކޯލޯ މުއާނީ ފްރޭންކްފާޓްގެ ފަރިތަކުރުންތައް ހުއްޓާލައިފި

30 އޯގަސްޓު 2023
އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

އަނބުރާ ޔުނައިޓެޑަށް އައުމުގެ ދޮރު އިބްރާހިމޮވިޗަށް ވަނީ ހުޅުވާލެވިފައި: މޮރީނިއޯ

15 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު