Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެނާންޑޯ ޓޮރޭޒް

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

އެޓްލެޓިކޯގައި މަޑުކުރަން ޓޮރޭޒް ނިންމީ އިތުރު އެއް އަހަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 6 ޖުލައި 2017 | ބުރާސްފަތި 03:10
އެޓްލެޓިކޯއާއެކު އެއްބަސްވުން އާކުރި ފެނާންޑޯ ޓޮރޭޒް

އެޓްލެޓިކޯއާއެކު އެއްބަސްވުން އާކުރި ފެނާންޑޯ ޓޮރޭޒް

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

ބުދަ ދުވަހު ޓޮރޭޒް އޭނާގެ އެއްބަސްވުން އާކޮށްފައިވާއިރު، އެޓްލެޓީކޯ އިން ބުނީ ޓޮރޭޒް އެ ކްލަބުގައި މަޑުކުރަން ނިންމީ އިތުރު އެއް އަހަރަށް ކަމަށެވެ.

މި ސީޒަނަށްފަހު އެޓްލެޓިކޯ އިން ޓޮރޭޒް ދޫކޮށްލާނެ ކަމަށް ބެލެވުނުއިރު، އޭނާ ހޯދުމަށް މެކްސިކޯ، ޗައިނާ އަދި އެމެރިކާގެ ބައެއް ކްލަބްތަކުންވެސް ވަނީ މަސައްކަތްކޮށްފައެވެ.

އުމުރުން 33 އަހަރުގެ ޓޮރޭޒް އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެޓްލެޓިކޯގެ ރަސްމީ ސައިޓަށް ދިން އިންޓަވިއުއެއްގައި ބުނީ އިތުރު އެއް އަހަރު އަނެއްކާވެސް މަޑުކުރަން ޖެހުމުން އޭނާ ވަރަށް އުފާވާ ކަމަށާއި، ކްލަބާއެކު އިތުރު ކާމިޔާބީތައް ހޯދަން ކެތް މަދުވެފައިހުރި ކަމަށެވެ.

އެޓްލެޓިކޯ މެޑްރިޑުން 2001 ވަނަ އަހަރު ކެރިޔަރު ފެށި ޓޮރޭޒް ވަނީ އެ ކްލަބުގައި ހަތް ސީޒަން ހޭދަކޮށްފައެވެ. އެގޮތުން އެ ހަތް ސީޒަނުގައި އޭނާ ވަނީ އެޓީމަށް ކުޅުނު 244 މެޗުގައި 91 ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު އޭނާ ދެން ބަދަލުވީ 2007 ވަނަ އަހަރު ލިވަޕޫލްއަށެވެ. ލިވަޕޫލްގައި ހަތަރު ސީޒަން ޓޮރޭޒް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކްލަބަށް ކުޅުނު 142 މެޗުގައި 81 ލަނޑު ކާމިޔާބުކޮށްފައެވެ.

އެއަށްފަހު ދެން ޓޮރޭޒް ބަދަލުވީ 2010 ވަނަ އަހަރު ޗެލްސީ އަށެވެ. އެގޮތުން ޗެލްސީ އަށް ކުޅުނު 172 މެޗުގައި އޭނާ ވަނީ 45 ލަނޑު ކާމިޔާބުކޮށްފައެވެ. ޗެލްސީއާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި އެފްއޭކަޕްވެސް ކާމިޔާބުކޮށްފައެވެ. ޗެލްސީގައި ހުރެ އޭނާ ވަނީ އެޓްލެޓިކޯ މެޑްރިޑް އަދި އޭސީ މިލާނަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.

ޗެލްސީ ދޫކޮށްލުމަށްފަހު އެޓްލެޓިކޯ އަށް އަނެއްކާވެސް ޓޮރޭޒް ބަދަލުވީ މިދިޔަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 115 މެޗުގައި 28 ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެއިންއާ އެކު ފީފާ ވޯލްޑްކަޕް 2010 ވަނަ އަހަރު ޓޮރޭޒް ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ އެޓީމާއެކު 2008 ވަނަ އަހަރު އަދި 2012 ވަނަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
25 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު