Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން ވެއްޓި ވަޑައިގަތުން

ވެއްޓި ވަޑައިގަތް ހާދިސާއަށް ފަހު ޖޯ ބައިޑަންގެ ހާލުކޮޅު ރަނގަޅު

2 ޖޫން 2023 | ހުކުރު 16:09

އުމުރުފުޅުން 80 އަހަރުގެ ޖޯ ބައިޑަން އަކީ އެމެރިކާގައި ރައީސްކަމުގެ ޚިދުމަތުގައި މިހާތަަނަށް ހުންނެވި އެންމެ އުމުރުފުޅުން ދޮށީ ރައީސް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 ޖޫން 2023 | ހުކުރު 16:09
އެެމެރިކާގެ ރައީސް ޖޯ ބައިޑަން

އެެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ އެއާފޯސް އެކަޑަމީއާ އަލަށް ގުޅުނު އޮފިސަރުންގެ ގްރެޖުއޭޝަން ފާހަގަކުރުމަށް ކޮލަރާޑޯގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޖޯ ބައިޑަން ސްޓޭޖު މައްޗަށް ވެއްޓި ވަޑައިގެންނެވި ހާދިސާއަށް ފަހު ހާލުކޮޅު ރަނގަޅުކަމަށް ވައިޓް ހައުސްގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ބައިޑަން ވެއްޓި ވަޑައިގަތީ ގްރެޖުއޭޓުންނަށް ސެޓްފިކެޓް ހަވާލުކުރެއްވުމަށްފަހު ގޮނޑިކޮޅުގައި އިށީނދެވަޑައިގެންނެވުމަށް ވަޑައިގަންނަވަނިކޮން ކޮންމެވެސް އެއްޗެއްގައި އަޅައިގަނެފައެވެ. އެއީ ޓެލެޕްރޮމްޕްޓަރުގެ ނަރުތައް ހިފެހެއްޓުމަށް ބޭނުންކޮށްފައިވާ "ބަރު" ކަމަށް ރިޕޯޓްތައް ބުނެއެވެ. ވެއްޓި ވަޑައިގެންނެވުމަށްފަހު ބައިޑަން ތެދުވެވަޑައިގެންފައިވަނީ އެއާފޯސް އަދި ސީކްރެޓް ސަރވިސް އޮފިސަރުންގެ މަދަދާއެކުއެވެ. ނަމަވެސް ގޮނޑިކޮޅާ ހަމަޔަށް ވަޑައިގެންނެވީ އަމިއްލަފުޅަށް ހިންގަވާފައެވެ. އަދި ރަސްމިއްޔާތު ނިމުމުން މޮޓޯކޭޑަށް ވަޑައިގެންނެވީ ވެސް ކުޑަކޮށް "ޖޮގް" ކޮށްލައްވާފަ ކަމަށް ވެއެވެ.

ގްރެޖުއޭޝަން ސެރެމަނީގައި 921 ޒުވާނުންނަށް ސެޓްފިކެޓް ދެވުނު އިރު އެއިން ކޮންމެ އޮފިސަރަކާ ބައިޑަން ސަލާމް ކުރައްވާފައިވެއެވެ. އަދި މިކަމަށްޓަކައި ދޮޅުގަޑިއެއްހާއިރު ކޮޅަށް ހުންނަވާފައިވެއެވެ.

އުމުރުފުޅުން 80 އަހަރުގެ ޖޯ ބައިޑަން އަކީ އެމެރިކާގައި ރައީސްކަމުގެ ޚިދުމަތުގައި މިހާތަނަށް ހުންނެވި އެންމެ އުމުރުފުޅުން ދޮށީ ރައީސްއެވެ. އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި ޖޯ ބައިޑަން އިތުރު ދައުރަކަށް ކުރިމަތިލައްވާވަރަށް ވުރެ މިހާރު ދޮށިވެއްޖެ އެވެ.

ބައިޑަންގެ ފިޒިކަލް އެގްޒަމިނޭޝަނެއް އެންމެ ފަހުން ހެއްދެވީ ފެބްރުއަރީމަހުގައި ކަމަށްވާއިރު، އޭރު ޑޮކްޓަރުން ބުނެފައިވަނީ މަސްއޫލިއްޔަތުތައް ބަރާބަރަށް އަދާކުރައްވަމުން ގެންދެވޭފަދަ ސިއްހަތެއް އެމަނިކުފާނުގެ ކިބައިގައި ހުރި ކަމަށެވެ.

އެމެރިކާޖޯ ބައިޑަންދުނިޔެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

14 ޑިސެމްބަރު 2025
ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި
12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
29 ނޮވެމްބަރު 2025

ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ

29 ނޮވެމްބަރު 2025
ނެޝަނަލް ގާޑުގެ ދެ މެމްބަރުންނަށް ހަމަލާ ދިން މީހާ އަށް ކުރަނީ ފުރަތަމަ ދަރަޖައިގެ މަރުގެ ދައުވާ
27 ނޮވެމްބަރު 2025

ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

27 ނޮވެމްބަރު 2025
ވައިޓް ހައުސް ކައިރިން ނެޝަނަލް ގާޑުގެ ދެ މެމްބަރުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި
26 ނޮވެމްބަރު 2025

ވީ އެންމެ އަވަސް ފުރުސަތެއްގައި ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވަނީ

26 ނޮވެމްބަރު 2025
ވީ އެންމެ އަވަސް ފުރުސަތެއްގައި ޒެލެންސްކީ އެމެރިކާ އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް