Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އިިންތިޚާބުގެ ބައްޔާ އެކު ޑިމޮކްރަޓްސްގެ އޮފިޝަލުންގެ ގެޔަށް ހަމަލާދިން ރިޕަބްލިކަންގެ ކެންޑިޑޭޓެއް 80 އަހަރަށް ޖަލަށް

14 އޯގަސްޓު 2025 | ބުރާސްފަތި 07:49

ނިއު މެކްސިކޯގެ އެލްބަކާކީގައި 2022 ވަަނަ އަހަރު ބޭއްވުނު އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކޮށްފައިވާ ސޮލޮމަން ޕެނާ ވަނީ އެ އިންތިޚާބުން ނާކާމިޔާބުވެފަ އެވެ. އެ ނާކާމިޔާބަށް ފަހު ރިޕަބްލިކަން ޕާޓީގެ އޮފިޝަލުން ތަކެއްގެ ގެޔަށް އޭނާ ހަަމަލާ ދީފައިވާ މައްސަލައިގައި، 80 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ ބުދަ ދުވަހު އެވެ. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2025 | ބުރާސްފަތި 07:49
ނިއު މެކްސިކޯގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ސްޓޭޓް ހައުސްގެ ގޮނޑި އަށް ވާދަ ކުރި ސޮލޮމަން ޕެނާ ހައްޔަރު ކުރުމުގެ ތެރެއިން

ނިއު މެކްސިކޯގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ސްޓޭޓް ހައުސްގެ ގޮނޑި އަށް ވާދަ ކުރި ސޮލޮމަން ޕެނާ ހައްޔަރު ކުރުމުގެ ތެރެއިން

އެމެރިކާގެ ސްޓޭޓް ހައުސްގެ ގޮނޑި ކާމިޔާބު ކުރުމަށް ވާދަ ކުރި އިންތިޚާބުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަކު، ޑެމޮކްރަޓްސް ޕާޓީގެ އޮފިޝަލުންތަކެއްގެ ގެޔަށް ހަމަލާ ދިން މައްސަލައިގައި 80 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި އެވެ.

ނިއު މެކްސިކޯގެ އެލްބަކާކީގައި 2022 ވަަނަ އަހަރު ބޭއްވުނު އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކޮށްފައިވާ ސޮލޮމަން ޕެނާ ވަނީ އެ އިންތިޚާބުން ނާކާމިޔާބުވެފަ އެވެ. އެ ނާކާމިޔާބަށް ފަހު ރިޕަބްލިކަން ޕާޓީގެ އޮފިޝަލުން ތަކެއްގެ ގެޔަށް އޭނާ ހަަމަލާ ދީފައިވާ މައްސަލައިގައި، 80 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ ބުދަ ދުވަހު އެވެ. 

Advertisement - worldAdvertisement

އިންތިޚާބީ ވައްކަމުގެ މައްސަލަ އާއި އެކަމުގެ ތުހުމަތު ވެސް ޕެނާގެ މައްޗަށް އޮތީ ކޮށްފަ އެވެ. ސްޓޭޓް ހައުސްގެ ގޮނޑި އަށް އޭނާ ކުރިމަތިލައި އިންތިޚާބުން ބަލިވުމަށް ފަހު، ޕެނާ ވަނީ އެ ހަަމަލާތައް ރާއްވައިފަ އެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަދި 2023 ވަނަ އަހަރުގެ ޖަނަވަތީ މަހު ޑިމޮކްރަޓްސް ޕާޓީގެ ހަތަރު އޮފިޝަލެއްގެ ގެޔަށް ދިން ހަމަލާތަކާ ގުޅިގެން އޭނާ ވަނީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ 13 ކުށެއްގައި ކުށްވެރިވެފަ އެވެ. 

މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، މިއީ އެމެރިކާގެ ރެޕްރެޒެންޓެޓިވް ނެންސީ ޕެލޯސީގެ ފިރިކަލުުންނަށް ހަތިޔާރަކުން ދެވުނު ހަމަލާއާ އެއް ފަދަ ހަމަލާއެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ. 

ޕެނާގެ މައްޗަށް 80 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، އޭނާގެ ޤާނޫނީ ވަކީލު ނިކޮލަސް ހާޓް ވިދާޅުވެފައި ވަނީ ޕެނާގެ ފަރާތުން އެ ޙުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ. މި ހަމަލާ ދިނުމުގައި ބައިވެރި ކަމަށް ބުނާ ދެ މީހަކު މިއަހަރުގެ ތެރޭގައި ވަނީ ކުށަށް އިއުތިރާފު ވެސް ވެފަ އެވެ.

އިންތިޚާބުން ބަލިވި ނަމަވެސް، ޕެނާ ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރާ ކަމަށް އޭރު ވެސް ބުނެފަ އެވެ. އަދި ޕެނާ ވަނީ އިންތިޚާބުގެ ނަތީޖާ ކަށަވަރު ކުރުމަށް ދެކޮޅު ހަދައި އިންތިޚާބީ ބޯޑު މެމްބަރުންނަށް ވެސް އެކަމަށް އަންގައިފަ އެވެ. ނަމަވެސް އެކަން ކުރުމަށް ދެކޮޅު ހެދުމުން، ޕެނާ މި ހަމަލާތައް ރާވާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ވަނީ ބުނެފަ އެވެ. 

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
09 ޖޫން 2017

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

09 ޖޫން 2017
ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ
08 ޖޫން 2017

ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން

08 ޖޫން 2017
ގަތަރުން އީރާނާ އެކު ބާއްވާ ހުރިހާ ގުޅުމެއް ކަނޑާލާން ޖެހޭ: ބަހުރެއިން
31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
15 މެއި 2017

މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް

15 މެއި 2017
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް