Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާލާތުގެ މައްސަލަތައް

މެޑަމް ފާތުން ދެ ވަނަ އަދީބަށް ވެދާނެބާ؟

މެޑަމަށް ހުޝާމިދު ކުރެއްވުމުގައި އެންމެ އަރާހުންނެވި އެއްބޭފުޅަކީ ނިހާނު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2017 | ހޮނިހިރު 19:26
މެޑަމް ފާތުމަތު އިބްރާހީމް: މިހާރު އެންމެ ގިނައިން އިވޭ އެއް އަޑަކީ އެކަމަނާގެ ވާހަކަ

މެޑަމް ފާތުމަތު އިބްރާހީމް: މިހާރު އެންމެ ގިނައިން އިވޭ އެއް އަޑަކީ އެކަމަނާގެ ވާހަކަ

އެއީވާ ދުވަސްވަރެކެވެ. ދެފަތް ކޭތިލިއަސް އިވެނީ އެއަޑެވެ. ދެމީހަކު ސިމިސިމި ލައްވާލީޔަސް ހަމަ އެވާހަކައެވެ. ސަރުކާރުގެ ޕްރޮޖެކްޓެއް ހިންގިޔަސް ފުރަތަމަ އެ ނަމެވެ. ސަރުކާރުގެ އިސް މީހަކު ޕޯޑިއަމެއްގެ ދޮށުގައި ހުއްޓިހުރެ ވާހަކައެއް ދައްކާނަމަ ދެ ޖުމްލަ ދޭތެރެއިންވެސް އެމީހަކަށް ހުޝާމަދު ކުރުމެވެ. ނެގެނީވެސް އޭނާއާއެކު ނެގޭ ސެލްފީ ތަކެވެ.

އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޗާލާކީ ދުވަސްވަރެވެ. ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ބަހުންނަމަ އެއީ ދީބުގެ އަދީބެވެ.

އަދީބުގެ ވާހަކަ އެންމެ ބޮޑަށް ވައިގައި ހިފަންފެށީ އެމްޕީއެލްގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ޑޮލަރު މާރުކުރަން އަދީބުގެ މަސްލަހަތު އޮތް ކުންފުންޏަކަށް ކްރެޑިޓަށް ދިން ފައިސާތަކާ ހިސާބުންނެވެ. އެއާއެކު އެނަން ބާރުވެ ސަރުކާރުގެ ވެރިންނަށް އަދީބާ ނުލައި ނޫޅެވޭވަރުވިއެވެ. ކޮރަޕްޝަންގެ ބޮޑެތި ޢަމްލަތަކާއި ގުޅޭގޮތުން އަދީބަށް ކުރެވުނު ބޮޑު ތުހުމަތަށް ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދެމުން ގެންދިޔައީ ބީރު ކަންފަތެކެވެ. ކޯލިޝަންގައި ހިމެނުނު ޕާޓީތަކަށް އެކަން އެނގި އިސްލާހު ކުރަން ހުށަހެޅުން، އިސްލާހުނުކޮށް ޕާޓީތައް ކޯލިޝަނުން ބޭރުކޮށް، ކޯލިޝަން ރޫޅާލި އެވެ. އަދީބަށް ލިބުނީ ކުރިއެރުމެވެ. އިތުރަށްވީ ބާރު ގަދައެވެ. ހުޝާމަދުކޮށް ކިޔަމުންދިޔަ ޅެންފަރިހިވީ އިތުރެވެ. ޚާއްޞަކޮށް ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ތެރޭގައެވެ. އަދީބާމެދު ކުރެވެމުންދިޔަ ވައްކަމާއި ޖަރީމާތަކުގެ ތުހްމަތުތައް ހުދު ރައީސް ޔާމީންވެސް ބައްލަވަން ބޭނުންފުޅެއް ނުވިއެވެ. ގޮތް ނޭނގޭގޮތަކަށް މުއްސަނދިވެ ރާއްޖެ ނުދެކޭވަރުގެ ބޮޑު މަހުޖަނަކަށް އަދީބުގެންދިއިރު ފައިސާ ހޯދިގޮތެއްވެސް ބަލާލުމެއްނެތި އަތްތިލަ ބަޑި ޖައްސަވަމުން ގެންދެވީ މަހާރެހެންދިއަށް ދެއްވި އަގުބޮޑު އަނގޮޓިކޮޅާއި އެހާމެ އަގުބޮޑު ކާރަށެވެ.

އަދީބަށް ހުޝާމަދުކޮށް އެވަރެއް ނެތި ލާމަސީލު ނަމޫނާއެއްގެ ގޮތުގައި އަރާހުންނެވި އެއްބޭފުޅަކީ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާނެވެ. އެންމެބޮޑަށް އަދީބު ބުރޯވެފައި އުޅުއްވީ ނިހާނެވެ.

ދައްކާން މިއުޅެނީ އެދުވަސްވަރުގެ ވާހަކައެއް ނޫނެވެ. އޭރު އެހިންގި ކަންކަމުގެ ވާހަކައެއް ނޫނެވެ. މުލިއާގެ ތެރޭގައި ގަތްކަމަށް ބުނާ ގަނޑުތަކެއްގެ ވާހަކައެއްވެސް ނޫނެވެ. އަތުންލަވާ އުޅުނު ކޭކުގެ ރަހަޔާ، ކުލިދައްކައިދިން ކަމަށް ބުނާ އެޕާޓްމަންޓާ އޮހެމުންދިޔަ ފައިސާގެ ފުނިވަރު ތަކުގެ ވާހަކައެއްވެސް ނުމެ ނޫންމެއެވެ. އެކަމަކު ދެވަނަ އަދީބެއް އުފަންވާން އުޅޭކަމަށް ހީވާތީ އެވާހަކައެވެ. ނޫންނަމަ ދެވަނަ އަދީބެއް އުފަންކުރާން އުޅޭކަމުގެ ކުލަވަރުތައް ފެންނާތީ އެ ވާހަކައެވެ.

މިފަހަރުވެސް އެކަމުގައި އެންމެހަރުކޮށް ބަސް ވިދާޅުވާތީ ފެންނަ އެއްބޭފުޅަކީ ޕީޖީ ލީޑަރ ނިހާނެވެ. މިހާރު ތައުރީފުކުރައްވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންއަށެވެ.

މިހާރު އެކަމަނާ ނޫން ކަނބަލެއް ނެތެވެ. އެކަމަނާގެ ދުރު ވިސްނުންފުޅެވެ. ހީވާގިކަމެވެ. ޖެހިލުން ކުޑަކަމާއި ކަމަށް ކަމޭ ހިތުމެވެ. ވަރުހުރުމާއި ހިތްވަރުގަދަ ކަމެވެ. އެކަމަނާގެ ދީލަތިކަމެވެ. ގާތްކަމާއި ކަންކަމުގެ ޝައުގެވެ. ވަރުބަލިކަމެއް ނެތުމާއި ކެރިވަޑައިގެންނެވުމެވެ. ލިސްޓް ދިގު ކުރާކަށް ކިޔާނެ ކަމެއް ނެތެވެ. އެކަމަނާގެ ނެތް ސިފައެއް މިހާރަކު ނެތެވެ. ބައެއް ފަހަރަށް ރައީސްކަމުގައިވެސް ހުންނެވީ އެކަމަނާ ނޫން ބާއޭ ހިތަށް އަރާހާވެއެވެ.

ނިހާނުމެންގެ އެހީތެރިކަމާއެކު އިތުރު އަދީބަކަށް މެޑަމް ފާތުން ނުވެދާނެ ބާވައޭ ހިތަށް އަރައެވެ. އެކަމަށް ބާރުދޭ އެހެން ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އަދީބު ދުވަސްވަރު އަދީބުގެ އެހީތެރިއަކީ އެކަމަނާ ކަމަށް ކިޔާއުޅެމެވެ. ކަންކަން ރޭއްވެވުމާއި ތަންފީޒް ކުރެއްވުމުގައި އެކަމަނާގެ އެހީތެރިކަމެވެ. ހިންގުނު "ތަފާތު ބޮޑެތި ކަންކަމުގައި" ލިބެމުންދިޔަ އެކަމަނާގެ އަތްގާތްކޮށްލަދިނުމެވެ. އަނެއް ސަބަބަކީ މިފަހަރުވެސް ދެކެވޭ ތަފާތު ފައިސާގެ ވާހަކަތަކެވެ. ޕްރޮޖެކްޓްތަކުން އެޅޭ ކަމަށް ދެކެވޭ ބައިގެ ވާހަކައެވެ. މަޝްރޫޢުތައް ހަވާލުކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާކަމަށް ދެކެވޭ ވާހަކަތަކެވެ. ނަންގަވާކަމަށް ބުނެ އުޅޭ ކަޓްތަކުގެ ވާހަކައެވެ.

ކޮންމެއަކަސް އަދީބުގެ ވާހަކަ ދެކެވުނުހާ ބާރަށް މިހާރު ދެކެވެމުން އެދަނީ މެޑަމް ފާތުންގެ ވާހަކައެވެ. ސަރުކާރުގެ ހުރިހާ ހަފްލާތަކެއްގައިވެސް އެކަމަނާއަށް ހުޝާމަދު ކުރުމެވެ. ޚާއްޞަކޮށް މެންބަރުންނެވެ. މިދާވަރުން ދާނަމަ އިތުރު އަދީބެއްގެ ގޮތުގައި އެކަމަނާ ނުވެ ހިނގައިދާނެ ބާވައޭ ހަމަ ހިތަށް އަރައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބަށް ކުރި ޓެރަރިޒަމްގެ ހުކުމް، ޕީޖީއަށް ބޮޑު ލަދެއް!

އަދީބަށް ކުރި ޓެރަރިޒަމްގެ ހުކުމް، ޕީޖީއަށް ބޮޑު ލަދެއް!

29 އެޕްރީލު 2019
މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!

މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!

16 އޯގަސްޓު 2018
އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

07 މެއި 2018
އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

11 އެޕްރީލު 2018
ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު