Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބަންޑާރަނާއިބު މަޖިލީހަށް ހާޒިރު ކުރުމުގެ "ސިޔާސީ ޑްރާމާ" ބޮޑު ފުލޮޕަކަށް

އެކަމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭނެ އެއްވެސް ކަމެއް ނެތް

ރާއްޖެ އެމްވީ | 1 ޖޫން 2023 | ބުރާސްފަތި 13:17
ބަންޑާރަ ނައިބް އަލްއުސްތާޛް އިބްރާހީމް ރިފްޢަތު

ބަންޑާރަ ނައިބް އަލްއުސްތާޛް އިބްރާހީމް ރިފްޢަތު

ސަރުކާރާ އިދިކޮޅު ފަރާތްތަކުން، ދިވެހި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުއާ މެދު އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅިއިރު ވެސް އެއީ ނުވާނެ ކަމެއްކަން އެކަން ކުރެއްވި މެންބަރުންނަށް ވެސް ވަރަށް ސާފެވެ. އެކަމަށް ބޭނުންވާ އަދަދާ ގާތައް ވެސް އެވެރިންނަށް މެންބަރުން ލިބިފައި ނުވުމެވެ. އެކަން ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެހެންނަމަވެސް އެކަމުގެ ފަހަތުގައި ވަނީ މުޅިން އެހެން ކަމެކެވެ. ސަރުކާރު ޕްރެޝަރަށް ވައްޓާލުމުގެ މުޅިން އައު ޑްރާމާއެކެވެ. ޗާގޯސް މައްސަލައިގާ ރައްޔިތުންނަށް ސާފުނުވާ އެއްވެސް ކަމެއް ނެތްއިރުވެސް ބަހަނާއެއް ދައްކައިގެން ރައްޔިތުންގެ ބޮލުތެރެއަށް ވަނުމެވެ. "ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނުހެން" މަޖިލީހުގެ ތަޅުމުގައި ކިޔާނެ އެއްޗެއް ކިޔާން އަޅުވާނެ އިލްޒާމެއް އަޅުވާން ލިބިދީފައި އޮތް ފުރުސަތުގެ ނާޖާއިޒް ފައިދާ ނަގާށެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ މައްސަލައެއް އުފަން ކުރުވައިގެން ސަރުކާރަށް ހެއްދެވި ނުހެއްދެވިއަށް ގޮވުމެވެ.

އާޚިރުގައި ކަންވީކީ ހިސާބު ޖެހި ގޮތަކަށް ނޫނެވެ. ބަންޑާރަ ނާއިބުގެ ބޯވެސް ވަކިން ކުޑައެއް ނޫނެވެ. "އާނދޮގޭއޭ މަށަކުވެސް ސަހަލެއް ނުވާނެޔޭ" ބުނާ ބީދައިން މަޖިލީހަށް ވަޑައެއް ނުގެންނެވިއެވެ. ޗެމްބަރުގައި ބައިންދަވައިގެން ކުރާނެހާ މައްލަވައެއް ކުރާކަށް ފުރަތަމަ ފުރުސަތެއް ނުދެއްވިއެވެ. ނަމެއްގައި ޗާގޯސް އޭ، ކަނޑު ވިއްކާލިއްޔޭ ކިޔައިގެން ދައްކާނެހާ ވާހަކައެއް ދައްކާކަށް ފަސޭހައިން ޖާގައެއް ނުދެއްވިއެވެ. ކެނޑުމުގެ ކުރިން ވަކަރަށް ޖަހާލުމުގެ އިތުރުން ބަންޑާރަ ނައިބުގެ އެހެން މަޤްސަދެއްވެސް އޮތެވެ. ޗާގޯސް މައްސަލައިގާ އިދިކޮޅު މީހުންވެސް ދެމީހަކު އެކައްޗެއް ނުކިޔާއިރު އެމައްސަލައިގާ ދިވެހި ސަރުކާރުން ކަންކުރި ގޮތާއި ޤާނޫނީ ޕޮއިންޓްތައް ފަހުމް ވާނޭހެން އަދި ބަދަލު ނުކުރެވޭގޮތައް އޮންނާނޭހެން ލިޔުމުން ފޮނުވުމެވެ.

އެކަން އެގޮތައް ކުރެއްވުމުގައި މަޖިލީސް މެންބަރުންނެކޭ އެއްފަދައިން ބަންޑާރަނާއިބު ވެސް ނެންގެވީ ލިބިދީފައި އޮތް ޤާނޫނީ ހައްޤެވެ. ހުއްޖަތު ނެންގެވީ ކަޅާ ހުދުން ޤާނޫން އަސާސީގައި މުތުލަގަށް ލިޔެފައިވާ މާއްދާއެވެ.

ޤާނޫން އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުޘް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެއެވެ. އަދި އެ ބަހުޘްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެން ވެއެވެ.

ދެކޮނޑު ދޭތެރެއިން ބޮލެއް ފެޅި ކޮންމެ މީހަކަށް ވެސް ފަހުމް ވާހާ ސާފެވެ. ހާޒިރު ވެގެން ވެސް އަދި ލިޔުމުން ވެސް ޖަވާބު ދެވިދާނެއެވެ. އަދި އެއީ އޭނާ ބޭނުން ކުރުމާއި ނުކުރުން އިޚްތިޔާރަށް ދޫކޮށްލާފައިވާ ހައްޤެކެވެ. ބަންޑާރަ ނާއިބު ބޭނުންކުރެއްވީ އެ ހައްޤެވެ. ލިޔުމުން ޖަވާބު ދިނުމުގެ ހައްގެވެ.

ޑްރާމާ އެޅުވުމުގެ ކުރިން ފްލޮޕް ވީތީ ރިޔާސަތުން އުފެއްދެވީ ސުވާލެކެވެ. އިސްތިޝާރީ ލަފައޭ ވިދާޅުވެއެވެ. އެ ލަފާ ލިބިގެން ނޫނީ އެކަން ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެ ކުއްލިއަކަށް މައްސަލަ ބޭއްވެވީއެވެ.

އެކަމަކު އެކަމުން ވެސް ނުކުތީ މުޅިން އެހެން ނަތީޖާއެކެވެ. ޤާނޫނީ ވަކީލުން އެކަމާ ދެކޮޅަށް ހައްގު ބަސް ބުނަން ފެށީއެވެ. އެއީ ސުވާލު އުފެދޭވަރު ކަމެއް ނޫންކަމަށާއި ޤާނޫނީ އެއްވެސް މައްސަލައެއް ނެތްކަމަށް އެ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޤާނޫން އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރު އަދި އެ ޤާނޫން އަސާސީ ޑްރާފްޓް ކުރެއްވި ކޮމެޓީގައި ވެސް ހިމެނިވަޑައިގެންނެވި މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛް އަހުމަދު މުއިއްޒު ވިދާޅުވީ ޤާނޫނީ ގޮތުން އެކަމުގައި ސުވާލެއް އުފެދޭނެ އެއްވެސް ކަމެއް ނެތްކަމަށެވެ. އެކަން ތަފްސީލް ކޮށްދެއްވަމުން މުއިއްޒު ވިދާޅުވީ އެއީ ބަންޑާރަ ނާއިބަށް ޤާނޫން އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އަދި އެ ހައްގަކީ އޭގައިވާ ދެގޮތައް ވެސް ބޭނުން ކުރެވިދާނެ ހައްގެއް ކަމަށެވެ. އޭގެ އިތުރުން އެ ހައްގު ބޭނުން ނުކޮށް ހުރެވިދާނެކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސުވާލު އުފެދިގެން އެކަން ސާފު ނުވާކަމަށް ބުނެ އިސްތިޝާރީ ލަފައެއް ހޯއްދަވަން ޖެހޭނޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ނަމަވެސް ބޭނުންނަމަ އެފަދަ ލަފައެއް ހޯދުމުގައި ހުރަހެއް ނެތްކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

އެހެން ޤާނޫނީ ވަކީލަކު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ވެސް އެ ކުޅުއްވަނީ ޗަރުކޭހެއްކަމަށެވެ. އެކަމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭނޭ އެއްވެސް ކަމެއް ނެތްކަމަށާއި އެކަމަކީ ސިޔާސީ ކަމެއް ކަމަށެވެ.

ދެން އޮތީ މަޖިލީހުގައި މީގެ ކުރިން އަމަލު ކޮށްފައިވާ ގޮތެވެ. މަޖިލީހަށް ހާޒިރު ނުވެ ލިޔުމުން ޖަވާބު ދެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިހާރު އިދިކޮޅު ޕީޕީއެމްގައި މަސައްކަތް ކުރައްވާ ކުރީގެ ނާއިބު ރައީސް އަދި ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް މަޖިލީހަށް ޖަވާބު ދެއްވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެންނެވެ. ޖަމީލަށް ފަހު ނާއިބު ރައީސަކަށް ވެވަޑައިގެންނެވި އަހުމަދު އަދީބު އެ މަޤާމުން އެއްފަރާތް ކުރެވިގެން ދިޔައީ ވަޑައިގެން ވިއަސް އަދި ލިޔުމުން ވެސް ޖަވާބު ދެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިނުގަންނަވައެވެ.

ކޮންމެއަކަސް ބަންޑާރަ ނާއިބު ރިއްފަތު މަޖިލީހަށް ހާޒިރު ކުރުވައިގެން ކުޅުއްވަން އުޅުއްވި ޑްރާމާ ކާމިޔާބެއް ނުވިއެވެ. އަދި އިސްތިޝާރީ ލަފައެކޭ ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން އެކުރައްވާ ކަންތައްތަކުގައި ވެސް "ފެން ހިފިދާނެ" ކަމަކަށް ނުބެލެވެއެވެ. އެއަށްވުރެ ބޮޑަށް ބަންޑާރަނައިބު ރިއްފަތުގެ ބޮލެއް ކުޑައެއް ނުވިއެވެ. އެއްދޮނުގައި ދެބުޅި ޖެއްސެވީއެވެ. ލިޔުމުންވެސް ޖަވާބު ދެއްވައި އެލިޔުން މީޑިޔާތަކަށްވެސް އެރީއެވެ. އޭގެ ފަހުން މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވުމުގެ ފުރުސަތަކަށްވެސް އެދިވަޑައި ގަތީއެވެ. ކުރިން އެފުރުސަތު ނެތްކަމަށް ވިދާޅުވެއެވެ. މަޖިލީހަށް ހާޒިރުވާން ކެރިވަޑައިގެ ތައްޔާރަށް ހުންނެވިކަން އަންގައި އެފުރުސަތު ދެއްވުމަށް އެދިވަޑައިގެންނެވީއެވެ.

މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

13 މެއި 2024
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

07 މެއި 2024
މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

19 މާރިޗު 2024

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު