Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސެވިއްޔާ

މެންޑިލިބާގެ ތައުރީފާއި ޝުކުރު ސެވިއްޔާގެ ކުޅުންތެރިންނަށް

މެންޑިބިލާ ބުނީ، މިހާ ހިސާބަށް ސެވިއްޔާ އަށް އާދެވުނީ ވަރަށް އުނދަގޫ ހާލަތަކުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖޫން 2023 | ބުރާސްފަތި 08:57
ސެވިއްޔާގެ ކޯޗު މެންޑިލިބާ

ސެވިއްޔާގެ ކޯޗު މެންޑިލިބާ

ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުން ސެވިއްޔާގެ ކޯޗު ހޯސޭ ލުއިސް މެންޑިލިބާ އެ ޓީމުގެ ކުޅުންތެރިންނަށް ޝުކުރު އަދާކޮށް، ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ކުލަބު ސެވިއްޔާ އިން ހަތް ވަނަ ފަހަރަށް ތަށި އުފުލާލީ ފައިނަލްގައި ރޯމާ ބަލިކޮށްގެންނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން މެންޑިލިބާ ބުނީ، ޔޫރޮޕާ ލީގުގެ ފައިނަލްގައި އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަކީ ގޯސް ކުޅުމެއް ނޫން ކަމަށެވެ. އެހެންކަމުން ސެވިއްޔާގެ ކުޅުންތެރިން އެ ޓީމަށް ހޯދައިދިން ފަޚުރައްޓަކައި ކުޅުންތެރިންނަށް ޝުކުރު އަދާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ހަމައެއާއެކު އޭނާ އަށް އިތުބާރުކޮށް ކުލަބުގެ އިސްވެރިން ބެހެއްޓި ގާތް ކަމަށް ވެސް މެންޑިބިލާ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އިތުރަށް އޭނާ ބުނީ ސެވިއްޔާ ގައި ހުރީ މިހާތަނަށް ހިތްހަމަ ޖެހިގެން ކަމަށާއި، ޔޫރޮޕާ ލީގުގެ ތަށި ކާމިޔާބު ކުރެވުމުން އެކަމާ ވެސް އުފާވާ ކަމަށެވެ. އެކަން ފާހަގަކޮށް މެންޑިބިލާ ބުނީ، މިހާ ހިސާބަށް ސެވިއްޔާ އަށް އާދެވުނީ ވަރަށް އުނދަގޫ ހާލަތަކުން ކަމަށާއި، ނަމަވެސް މިހާރު ކުލަބަށް ރަނގަޅު ކަމެއް ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ޕެނަލްޓީ ޖެހުމަކީ ވެސް އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ޚާއްސަކޮށް އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެކަން ކުރަން ޖެހުމަކީ ކުޅުންތެރިންނަށް ވަރަށް ބޮޑު ޕްރެޝަރަކަށް ވާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ކުޅުންތެރިން އިތުބާރާއެކު ޕެނަލްޓީތައް ޖެހިކަން ފާހަގަކުރަމުން މެންޑަބިލާ ބުނީ، އެއީ ވެސް ވަރަށް ގިނަ ދުވަހުގެ ފަރިތަކުރުން ކަމަށެވެ. އިތުރަށް އޭނާ ބުނީ ޕެނަލްޓީ ޖަހަން ދިޔަ ކޮންމެ ކުޅުންތެރިޔަކަށް ވެސް އިތުބާރު އޮތް ކަމަށެވެ. އޭނާ ބުނީ ސެވިއްޔާ އިން ޕެނަލްޓީ ޝޫޓް އައުޓަށް ދާން ބޭނުންނުވި ކަމަށާއި، ބޭނުންވީ ދެ ވަނަ ލަނޑެއް ޖަހައިގެން މެޗު ނިންމާލަން ކަމަށެވެ. އެހެން ނަމަވެސް އެކަން ނުކުރެެވުނީ އިދިކޮޅު ޓީމު ވެސް ވަރުގަދަ ވުމުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސްޕެނިޝް ލީގުގައި މި ސީޒަނުގައި ސެވިއްޔާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެކަމާ ގުޅިގެން އެ ޓީމުން ކުރީގެ ކޯޗު މަގާމުން ވަކިވެސް ކުރި އެވެ.

ޔޫރޮޕާ ލީގުސެވިއްޔާމެންޑިލިބާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

19 އޮކްޓޯބަރު 2025
ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

06 އޮކްޓޯބަރު 2025
ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް

ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް

23 ޑިސެމްބަރު 2024
ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި

ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި

09 ޑިސެމްބަރު 2024
ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާ އިން މަޤާމު ދަމަހައްޓައިފި

ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާ އިން މަޤާމު ދަމަހައްޓައިފި

21 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު