Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ޕާޓީގެ ދަފްތަރު

ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ހުށަހަޅާ ފޯމުތަކަށް ޝަކުވާ ހުށަހެޅުމާބެހޭ އުސޫލަށް އިސްލާޙުތަކެއް

ފޯމުތަކާއެކު ފޮނުވާ ލިސްޓު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަންވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2023 | ބުރާސްފަތި 08:41
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ހުށަހަޅާ ފޯމުތަކަށް ޝަކުވާ ހުށަހެޅުމާބެހޭ އުސޫލަށް އިސްލާޙުތަކެއް ގެނެސްފިއެވެ.

މި އިސްލާޙުތައް ގެނެސްފައިވަނީ ސިޔާސީ ޕާޓީގެ ގަވާއިދަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައެވެ.

Advertisement - newsAdvertisement

އެ އުސޫލަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމު ޕްރޮސެސް ކުރުމުގެ ކުރިނ،ް އެ ފޯމަކީ ޞައްޙަ ފޯމެއްކަން ކަށަވަރު ކުރުމަށް ޓަކައ،ި ފޯމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ހުށަހެޅުމާއ،ި އެ ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

އުސޫލުގައިވާ ކަންކަމަށް ބަލާއިރު، ސިޔާސީ ޕާޓީތަކުން ސިޔާސީ ޕާޓީގައި ދަފުތަރު ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުތަކާއެކު ފޮނުވާ ލިސްޓު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި އެ ލިސްޓުގައި މެންބަރަކަށް ވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ފުރިހަމަ ނަމާއ،ި އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ ފަހު ތިން އަކުރާއ،ި ދަފުތަރުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ޕާޓީގެ ނަން ހިމަނަން ޖެހެއެވެ.

އޭގެ އިތުރުން، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން އާންމުކުރާ ލިސްޓުގައިވާ ނަމަކާ ގުޅޭގޮތުން ހުށަހަޅައިފައިވާ ޝަކުވާއަކީ ޞައްޙަ ޝަކުވާއެއްނަމަ، ސިޔާސީ ޕާޓީން ހުށަހަޅައިފައިވާ ފޯމު ބާޠިލުކޮށް، އެ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން އެކަން އަންގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި ސިޔާސީ ޕާޓީއަކުން ހުށަހަޅާ ޞައްޙަ ނޫން ފޯމަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ ބެލުމަށްފަހު، ޞައްޙަ ނޫން ފޯމު ހުށަހެޅި ޕާޓީއަކާ މެދު ސިޔާސީ ޕާޓީގެ ގަވާއިދުގެ އުސޫލުތައް ތަންދޭ މިންގަނޑުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅަންވާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އުސޫލުގައި ވަނީ ސިޔާސީ ޕާޓީތަކުން ސިޔާސީ ޕާޓީގައި ދަފުތަރުކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުތަކާއެކު ފޮނުވާ ލިސްޓު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަންވާނެކަމަށް ބަޔާންކޮށްފައެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދަފުތަރުވުމަށް ނުވަތަ ޕާޓީ ބަދަލުކުރުމަށް ފޯމު ހުށައަޅައި، އަދި އެއާއެކު ފޯމު އަވަހަށް ޕްރޮސެސްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅައިފައިވާނަމަ، ފޯމުގައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް މައުލޫމާތު އާންމުކޮށް އިއުލާނު ކުރާކަށް ނުޖެހެއެވެ.

އިލެކްޝަންސް ކޮމިޝަންސިޔާސީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު