Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓޫޑަންޓް ލޯން

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

1 ޖޫން 2023 | ބުރާސްފަތި 08:27

1،225 ދަރިވަރުން ލިސްޓުގައި ހިމެނޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 ޖޫން 2023 | ބުރާސްފަތި 08:27
ދަރިވަރުން

ދަރިވަރުން

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ވަގުތީލިސްޓުއާންމުކޮށްފިއެވެ.

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައެވެ.

މިއަހަރު ސްޓޫޑަންޓް ލޯނަށް 720 ފުރުސަތު ހުޅުވާލާފައިވާއިރު ލޯނަށް އެދި 1،507 ދަރިވަރުން ކުރިމަތިލިއެވެ. ސަރުކާރުން ވަނީ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައެވެ، އެއާއެކު ލޯނުގެ ވަގުތީ ލިސްޓު އާންމުކުރިއިރު 1،225 ދަރިވަރުންގެ ނަން ހިމެނެއެވެ.

މިއާއެކު ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 11 ޖޫން 2023 ގެ 13:00 އެވެ. އަދި ދާއިމީ ނަތީޖާ، އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2023 ގައެވެ. 

ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލިއެވެ. ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދީފައިވެއެވެ. މިގޮތުން ލޯނު އެހީގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ލޯނު އިޢުލާންގައި ބަޔާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނު އެހީ ފޯރުކޮށްދޭނީ އިޢުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން އެ ދަރިވަރަކު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ސްލޮޓް ކަނޑައަޅައި ފުރުޞަތު ހުޅުވާލިއެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް 120 ފުރުޞަތު ހުޅުވާލާފައިވެއެވެ.

އަދި މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައިވަނީ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް %3 އިން %1 އަށް ކުޑަކުރުމަށްފަހުއެވެ.

ސްޓޫޑެންޓް ލޯންހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
21 ސެޕްޓެމްބަރު 2024

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ

21 ސެޕްޓެމްބަރު 2024
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުން އަވަސް ކުރުމަށް ޑިޖިޓަލައިޒް ސިސްޓަމެއް ތަރައްގީ ކުރަނީ
07 ޖުލައި 2024

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!
30 އެޕްރީލު 2024

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ

30 އެޕްރީލު 2024
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
06 ޑިސެމްބަރު 2023

ޖޭޑީއެސް ސްކޮލަރޝިޕަށް އެދުމުގެ މުއްދަތު އިިތުރުކޮށްފި

06 ޑިސެމްބަރު 2023
ޖޭޑީއެސް ސްކޮލަރޝިޕަށް އެދުމުގެ މުއްދަތު އިިތުރުކޮށްފި
05 އޮކްޓޯބަރު 2023

އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފަށައިފި

05 އޮކްޓޯބަރު 2023
އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ ފަށައިފި
19 ސެޕްޓެމްބަރު 2023

ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފްކުރެވޭނެ ގޮތްތަކެއް މިދަނީ ހަދަމުން: ރައީސް

19 ސެޕްޓެމްބަރު 2023
ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފްކުރެވޭނެ ގޮތްތަކެއް މިދަނީ ހަދަމުން: ރައީސް
22 ޖޫން 2023

ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

22 ޖޫން 2023
ސްޓޫޑަންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި
21 ޖޫން 2023

1275 ދަރިވަރުންނަށް ލޯން ދިނުމަށް ނިންމައިފި

21 ޖޫން 2023
1275 ދަރިވަރުންނަށް ލޯން ދިނުމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް