Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިރުޒާގެ މަރުގެ މައްސަލަ

މިރުޒާގެ ވާރިސުން މައާފު ދިނުމާއެކު ނަޒީފް މަރުގެ އަދަބުން ސަލާމަތްވި ނަމަވެސް ޤާނޫނީ އަދަބު ދޭނެ

މިރުޒާގެ ހުރިހާ ވާރިސުންވެސް ވަނީ ނަޒީފަށް މާފުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2023 | ބުރާސްފަތި 06:58
އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފު

އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފު

ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ ޏ. ފުވައްމުލަކު، ޒާވިޔާ، އަބްދުﷲ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފައިވާތީ އޭނާ މަރުގެ އަދަބުން ސަލާމަތްވެއްޖެއެވެ.

މިރުޒާގެ މަރުގެ މައްސަލައިގައި ދެ މީހަކު މެރުމަށް ދަށު ކޯޓުން މީގެ ކުރިން ވަނީ ޙުކުމްކޮށްފައެވެ. އެއީ ނަޒީފުގެ އިތުރުން، ވ. ފަޒީލާމަންޒިލް، މުހައްމަދު ޝިފާއުއެވެ.

މިރުޒާ މަރާލިކަން ނަޒީފާއި ޝިފާއުގެ މައްޗަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ވާރިސުންގެ ބަހާއެކު، އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ. އެއީ 4 އޭޕްރީލް 2017 ގައެވެ.

އަދި ނަޒީފުގެ މައްޗަށް ކުރި ހުކުމަށް ހައިކޯޓުން މީގެ ކުރިން ތާއީދުކޮށްފައިވާތީ އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު، މިރުޒާގެ ވާރިސުންގެ ފަރާތުން ހުށައަޅާފައިވާ ސިޓީއަކާއި ގުޅިގެން ސުޕްރީމް ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވާފައެވެ.

އެ ސިޓީގައި ނަޒީފަށް މާފު ކުރިކަމަށް މިރުޒާގެ ބައްޕަ ބުނެފައިވާތީ ސުޕްރީމް ކޯޓުން ވަނީ އޭނާގެ ހުރިހާ ވާރިސުން ކޯޓަށް ހާޒިރު ކޮށްފައެވެ. އެ އެންމެންވެސް ވަނީ ނަޒީފަށް މާފު ކޮށްފައެވެ.

ކޯޓުގައި މިރުޒާގެ ބައްޕަ ވަނީ އެގޮތަށް ނިންމީ އިލްމުވެރިންގެ ލަފާވެސް ހޯދާފައި ކަމަށާއި، ނަޒީފް މާފަށް އެދުނުކަންވެސް ހިއްސާކޮށްފައެވެ. އަދި އޭނާ މާފަށް އެދޭނީ އޭނާ ކުރި ކަމަކަށް ވުމުގައިކަން ޤަބޫލު ކުރެވޭކަމަށް މި އަޑުއެހުމުގައި ވާހަކަ ދައްކަމުން މިރުޒާގެ ބައްޕަ ބުނިއެވެ.

އެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ނަޒީފް މިހާތަނަށްވެސް ދައުވާއަށް އިންކާރު ކުރަމުން އަންނައިރު، އޭނާ އިއުތިރާފުވީތޯ ސުވާލު ކޮށްފައެވެ.

ނަޒީފުގެ ފަރާތުން ވަނީ މިރުޒާ މަރާލުމުގައި ބައިވެރިވިކަމަށް އެއްބަސްވެ، ނަމަވެސް މިހާރު އޮތް ދައުވާއަށް އިންކާރުކުރާކަމަށް ބުނެފައެވެ. އެ އަޑުއެހުމުގައި ނަޒީފު އާއި އޭނާގެ ވަކީލުން ވަނީ ނަޒީފު މިރުޒާ މަރާލުމުގައި ބައިވެރިވިކަމަށް އެއްބަސްވާކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާ ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރެއެވެ. އެގޮތުން މިރުޒާއަށް ޙަމަލާ ދިނީ އޭނާ ނޫންކަމަށް ނަޒީފު ބުނެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންނަމަވެސް، މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ފަހުން ބުނެފައިވާތީ ޤާނޫނީ އަދަބެއް ދިނުމަށްޓަކައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނަށް މިރުޒާގެ ބައްޕަ މާފު ދީފައިވާތީ ދަށު ކޯޓުން ކުރި މަރަށް މަރު ހިފުމުގެ އަދަބުގެ ބަދަލުގައި ޝިފާއުއަށް ތައުޒީރީ އަދަބެއް ދިނުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން ވަނީ ނިންމާފައެވެ. އެގޮތުން އޭނާ 17 އަހަރަށް ޖަލަަށްލާން ހައި ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މިރުޒާ އަށް ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު އެވެ. ވިލިމާލޭ ޕާކް ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ލިބުނު އަނިޔާތަކާއި ގުޅިގެން، މިރުޒާގެ ސިކުނޑި މަރުވިއިރު، އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގައި ބާއްވާފައި އޮއްވާ މިރުޒާ މަރުވީ 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުމަރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު