Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަ ޑިމޮކްރެޓްސް

3560 ފޯމާއެކު ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށަހަޅައިފި

3500 އަކީ ޓާގެޓް ކުރި އަދަދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖޫން 2023 | ބުރާސްފަތި 07:24
ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީކުރަން ފޯމްތައް ހަވާލުކުރަނީ

ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީކުރަން ފޯމްތައް ހަވާލުކުރަނީ

3560 ފޯމާއެކު ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެ ހެނދުނު "ދަ ޑިމޮކްރެޓްސް" އުފައްދަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަންފުޅުގައެވެ.

ޕާޓީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ހަސަން ލަތީފް ވިދާޅުވީ ވީހާވެސް އަވަހަށް ފޯމްތައް ވެރިފައި ކޮށްދެއްވާ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަވާނަމަ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

3560 ފޯމް ހުށަހެޅުއްވީ ކީއްވެތޯ ސުވާލު ދެންނެވުމުން ހަސަން ލަތީފް ވިދާޅުވީ ޓާގެޓް ކުރެއްވީ 3500 ފޯމަށް ކަމަށާއި، ނަމަވެސް ބުރާސްފަތި ދުވަހުގެ ހެނދުނު އިތުރު 60 ފޯމް ލިބުމާއި ގުޅިގެން އެ ފޯމްތަކާއެކު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ޓާގެޓް ކުރި އަދަދުކަމަށް ހަސަން ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އަކީ، އެމްޑީޕީގެ ތެރެއިން، އެ ޕާޓީގެ ނިންމުންތަކާ ދެކޮޅަށް ޕާޓީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ފިކުރެއްގެ ދިރުމުގެ ބައިވެރިން އުފައްދަން ނިންމި ޕާޓީއެކެވެ. މި ޕާޓީއަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން ވަނީ ގުޅިފައެވެ.

ދަ ޑިމޮކްރެޓްސްހަސަން ލަތީފްކުރީގެ ރައީސް، މުހައްމަދު ނަޝީދުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު