Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ އަތުން ފީ ނެގުން

ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް ސިޓީ ކައުންސިލުން ނިންމައިފި

ކައުންސިލުން ނިންމީ އަންނަ މަހު 15އިން ފެށިގެން ފީއެއް ނަގަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 މެއި 2023 | ބުދަ 12:37
ލޮނުޒިޔާރަތް ޕާކު

ލޮނުޒިޔާރަތް ޕާކު

ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި ނިންމި ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކަށް ވަންނަ ފަތުރުވެރިން އަތުންނާއި ބިދޭސީ މަސައްކަތްތެރިންގެ އަތުން ދެ އަގެއްގައި ފީ ނެގުމަށެވެ.

ކައުންސިލް މެންބަރަކު ހުށަހެޅުއްވި މި ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ ކައުންސިލަރުން އިއްތިފާގުންނެވެ.

ކައުންސިލުން ނިންމީ އަންނަ މަހު 15އިން ފެށިގެން އެ ފީ ނަގާށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަގުތައް ކަނޑައެޅުމަށެވެ.

ކައުންސިލްގެ މިބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކްތަކުން ފީއެއް ނެގުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށާއި، އެއީ ތަފާތުކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ. ބައްދަލުވުމުގައި ބައެެއް ކައުންސިލަރުން ވަނީ މާލޭގައި ޕާކުތައް މަދުވެފައި އަދި ބިދޭސީން ގިނަވެފައިވާތީ، ޕާކުތައް ބޭނުންކުރުމަށް ދިވެހިންނަށް ބޮޑެތި ދަތިތައް ހުރިކަން ފާހަގަކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މުއިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި، ސަލްޓަން ޕާކް މަރާމާތުކޮށް އަލުން ހުޅުވިއިރު އެތަނަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގިއެވެ. ނަމަވެސް، ޔާމީންގެ ސަރުކާރު ބަދަލުވުމާއެކު އެކަން ހުއްޓައިލިއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

23 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
21 މާރިޗު 2017

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު