Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެންޒެމާ

ސައުދީ ލީގު ކުލަބެއްގެ ހުށަހެޅުން ބެންޒެމާ އަށް

ރިޕޯޓުތަކުގައިވާ ގޮތުން ބެންޒެމާ އަށް ލިބިފައިވާ ހުށަހެޅުމަކީ 374 މިލިއަން ޔޫރޯގެ އަގެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 މެއި 2023 | ބުދަ 06:02
ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ

ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ކުލަބަކުން ބޮޑު އަގުގެ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ރެއާލާއެކު ބެންޒެމާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް ރެއާލުން އޮތީ 2024 ވަނަ އަހަރާ ހަމައަށް ބެންޒެމާގެ އެއްބަސްވުން އައު ކުރުމަށް ތައްޔާރަށެވެ. ނަމަވެސް އެއީ ބެންޒެމާ ކުލަބުގައި މަޑުކުރަން ބޭނުންވާ ނަމަ ކަމަށާއި، ބެންޒެމާ ކޮންމެ ނިންމުމެއް ނިންމި ނަމަވެސް ރެއާލުން އެކަމަށް އިހުތިރާމް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. މިހާރު ރެއާލުން އިންތިޒާރު ކުރަމުން އަންނަނީ ބެންޒެމާގެ ނިންމުމަކަށް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބެންޒެމާ ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސައުދީ ލީގުގެ ކުލަބަކުން ބެންޒެމާ އަށް ބިޑުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. މިދިޔަ ހަފްތާގެ އެއީ ސްޕެނިޝް ލީގުގައި ރެއާލުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ބެންޒެމާ ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް، އޭނާ ވަނީ އެކަމުގައި އާއިލާ އާއި އެހެނިހެން ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ކަމަށް ވަނީ ބުނެފަ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން ބެންޒެމާ އަށް ލިބިފައިވާ ހުށަހެޅުމަކީ 374 މިލިއަން ޔޫރޯގެ އަގެއް ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މިފަހަކަށް އައިސް ބެންޒެމާ އަންނަނީ ރެއާލްގައި މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު ވެސް ޙާސިލްކޮށްފަ އެވެ.

ލިއޯން ދޫކޮށް ބެންޒެމާ ރެއާލަށް ބަދަލުވީޯ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެކުލަބަށް ކުޅެދިން 647 މެޗުގައި 353 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެ ކުލަބާއެކު އޭނާ ވަނީ 24 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު