Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ބަންޑާރަ ނާއިބު ރިފްޢަތު ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުން އިދާރީ މައްސަލައެއް ދިމާވެދާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

މަޖިލީހުގެ ރައީސް ނަޝީދު ވަނީ ރިފްއަތު މަޖިލީހަށް ވަޑައިނުގަތުމަކީ އިދާރީ މައްސަލަ އެއް ދިމާވެދާނެ ކަމެއް ކަމަށް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 މެއި 2023 | ބުދަ 04:53
ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތު

ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތު

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާ މެދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވަން ނިންމެވީ ލިޔުމުންކަން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރެއްވީ ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ އާއްމު ކޮމިޓީން ކަންކަން ނިންމާފައިވަނީ ރިފްޢަތު ޖަވާބުދާރީވެވަޑައިގަންނަވަން މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން ބަހުސް ފެށުމަށް 10 މިނެޓު އަދި ބަހުސްގެ މެދުތެރެއިން 10 މިނެޓު ދިނުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ރިފްއަތު މަޖިލީހަށް ވަޑައިނުގަންނަވާ ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަކީ އިދާރީ މައްސަލަ އެއް ދިމާވެދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އޭނާ ވިދާޅުވީ އާއްމު ކޮމިޓީން ނިންމާފައި ވަނީ ބަންޑާރަ ނާއިބު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވާއިރު އަމަލުކުރައްވާނެ ގޮތް ކަމަށެވެ. އަދި ލިޔުމުން ވަޒީރު ޖަވާބުދާރީވެވަޑައިގަންނަވާނެ ގޮތް ކޮމިޓީން ނިންމާފައި ނުވާތީ، އާއްމު ކޮމިޓީން އެކަން ނުނިންމާ މައްސަލަ ކުރިއަަށްގެންދަން ފެނިވަޑައިނުގަންނަވާ ކަމަށް މެންބަރު ހަސަން ލަތީފު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ނަޝީދު ވިދާޅުވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގު ހަނިވާގޮތަށް މަޖިލީހުން އަމަލުނުކުރާނެ ކަަމަށެވެ. އަދި އެ މައްސަލައިގައި ޢަމަލުކުރާނީ ޑިމޮކްރަޓިކް އުސޫލުން ކަމަށާއި މި މައްސަލައިގައި މިފަދަ މައްސަލަތަކުގައި ކުރިން އަމަލުކޮށްފައިވާ ގޮތަށް ބައްލަވާނެ ކަމަށެވެ.

މި މައްސަލައާމެދު މަޖިލީހުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ މީގެ ކުރިން ވެސް އާއްމު ކޮމިޓީން ނިންމަނީ މަޖިލީހަށް ވަޒީރު ހާޒިރުވެވަޑައިގަންނަވާ ހާލަތުގައި ޢަމަލުކުރާނެ ގޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކުރިން ވެސް ޢަމަލުކުރަމުން އައު އުސޫލުކަމަށް އޭނާ ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު މެންބަރުންނެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ލިބުނު ފުރުސަތުގައި ބުދަ ދުވަހު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބަންޑާރަ ނާއިބު ރިފްޢަތު މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިނުގަތުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއީ ޑިމޮކްރަސީ އާއި ބީރައްޓެހި ކަމެއް ކަމަށާއި މިއީ ޑިމޮކްރަސީގައި ބަަނަ ދުވަހެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިސް ވެރިކަން ހިންގާ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ޝަރީފުގެ މި ބަސްފުޅާ ގުޅިގެން ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ އެކަމާމެދު ނުރުހުން ފާޅުކުރައްވާފައެވެ. މެންބަރުންނަށް ނިޒާމަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނަސޭހަތްތެރިވެވަޑައިގަތުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައްސަލަ ހުށަހެޅުމަށް އަލުން އާދަމް ޝަރީފަށް ފުރުސަތުދެއްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ބަންޑާރަ ނާއިބުގެ ޒިންމާ އަދާކުރުމުގައި ތަބާވާން ޖެހެނީ ޤާނޫނު އަސާސީއަށް ކަމަށާއި އެހެން މީހެއް ނުވަތަ އެހެން އިދާރާއަކަށް ބާރު ފޯރައިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަަރަހައްދުގެ މައްސަލައިގައި އިޓްލޮސް އަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރަން ބަންޑާރަ ނާއިބު މަސައްކަތް ނުކުރައްވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މި މައްސަލައިގައި ބަންޑާރަ ނާއިބު އަމަލުކުރައްވާފައި ވަނީ ދިވެހިރާއްޖެ އަށް ގެއްލުންވާ ގޮތަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ.

13 މެންބަރުންގެ ސޮޔާއެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މި ހިނގާ މޭއި މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

21 ޖުލައި 2017

ބަންޑާރަ ނައިބު އަނިލްވަނީ ގާނޫނީ ޒިންމާއަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެފައި:ދިޔާނާ

21 ޖުލައި 2017
ބަންޑާރަ ނައިބު އަނިލްވަނީ ގާނޫނީ ޒިންމާއަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެފައި:ދިޔާނާ
14 ޖުލައި 2017

އަނިލް އަކީ ޕީީޕީއެމްގެ ބަންޑާރަ ނައިބު: ރޮޒައިނާ

14 ޖުލައި 2017
އަނިލް އަކީ ޕީީޕީއެމްގެ ބަންޑާރަ ނައިބު: ރޮޒައިނާ
13 ޖުލައި 2017

ޑިމޮކްރަސީ ގުރުބާން ނުކުރަން އެދި އިލްހާމްގެ ވަރުގަދަ ސިޓީއެއް ބަންޑާރަ ނައިބަށް!

13 ޖުލައި 2017
ޑިމޮކްރަސީ ގުރުބާން ނުކުރަން އެދި އިލްހާމްގެ ވަރުގަދަ ސިޓީއެއް ބަންޑާރަ ނައިބަށް!
12 ޖުލައި 2017

ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

12 ޖުލައި 2017
ބަންޑާރަ ނައިބުގެ މަގާމުގެ ސައްޚަކަން ކަށަވަރުކުރުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
07 ޖުލައި 2017

ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފި

07 ޖުލައި 2017
ބަންޑާރަ ނައިބް މުހައްމަދު އަނިލްއާ، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު